ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާ ޗުއްޓީ ދަތުރެއްގައި, އަގުބޮޑު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަށް ވަޑައިގެންފި އެވެ.
މުއިއްޒުގެ އަގުބޮޑު ޗުއްޓީ ދަތުރާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެއްވެސް މައުލޫމާތެއް ދިނުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ރައީސް ޗުއްޓީއަށް ވެލާ ރިސޯޓަށް ވަޑައިގެންނެވިކަން "ދިޔަވަރު އޮންލައިން"އަށް ވަނީ ކަށަވަރުވެފަ އެވެ.
އެނގިފައިވާ ގޮތުގައި މުއިއްޒު ޗުއްޓީއަށް ވަޑައިގެންނެވީ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި އެމަނިކުފާނުގެ ދެ ދަރިކަލުން އަދި ދަރިކަނބަލާއެކު އެވެ.
ވެލާ ރިސޯޓަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ލަގްޒަރީ ރިސޯޓެވެ. އަދި އެއީ ރާއްޖޭގަ އޮތް އެންމެ އަގުބޮޑު އެއް ރިސޯޓެވެ. ޗެކް ރިޕަބްލިކްގެ ބަޔަކު ހިންގާ އެ ރިސޯޓަކީ ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އިސްތިހާރުކޮށް ކޮޓަރި ވިއްކާ ރިސޯޓެކެވެ.
ވެލާ ރިސޯޓުގައި ނުވަ ބާވަތެއްގެ ކޮޓަރި ވިއްކަ އެވެ. އޭގެ ތެރޭގައި 10 މީހުންނަށް ތިބެވޭ ހަތަރު އެނދުގެ ޕްރައިވެޓް ދެ ރެސިޑެންސް ހިމެނެ އެވެ. އެއީ އެ ރިސޯޓުގެ އެންމެ އަގުބޮޑު ދެ ތަނެވެ. އެގިފައިވާ ގޮތުގައި ރައީސް މުއިއްޒު ހުންނަވަނީ ރެއަކަށް 40,000 ޑޮލަރުގެ އަގުބޮޑު, މިބާވަތުގެ ސުއިޓެއްގައެވެ.
އޭގެ އިތުރުން، ފަސް މީހުންނަށް ތިބެވޭ ގޮތަށް ހަދާފައި ހުންނަ ބީޗް ޕޫލް ހައުސްއަކާއި އޯޝަން ޕޫލް ހައުސްއަކާއި ތިން މީހުންނަށް ތިބެވޭ ރޮމޭންޓިކް ރެސިޑެންސެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.
މިއީ ނޮވެމްބަރު 17، 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެފި ފަހުން ރައީސް މުއިއްޒު ނަންގަވާ ތިން ވަނަ ޗުއްޓީ އެވެ. މީގެ ކުރިން މުއިއްޒު ވަނީ މާޗް 21، 2024، އަދި އޭޕްރީލް 30، 2024، ގައި އެމަނިކުފާނު ވަނީ ޗުއްޓީ ދަތުރުތަކެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.
މީގެ ކުރިން ދިވެހިރާއްޖޭގެ ރައީސްއަކު ޗުއްޓީއަކަށް ރިސޯޓަކަށް ވަޑައިގެންނެވިކަން އެނގިފައެއް ނުވެ އެވެ. އީދު ބަންދަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އާންމު ރައްޔިތުން ދަތުރު ކުރަމުންދިޔަ ނަމަވެސް, މުއިއްޒު ޗުއްޓީ ހޭދަކުރައްވަން ގަސްތު ކުރެއްވީ އެންމެ އަގު ރިސޯޓުގެ ޕްރެޒިޑެންޝަލް ސުއިޓެއްގައެވެ.
ވެލާ ރިސޯޓުގައި ހިންގާ 67 ކޮޓަރީގައި 134 އެނދު ހުރެ އެވެ. އެތަނުގައި