ޚަބަރު

ވީގާރގައި ގައި ހުރި އިސްލާމީ ނަންތައް ބަދަލުކޮށް، އިސްލާމް ދީނުގެ އަސަރު ފޮހެލި ކަމުގެ ތުހުމަތު ޗައިނާއަށް - ޚަބަރު: އަލްޖަޒީރާ

ދިޔަވަރު
ވީގާރގައި ގައި ހުރި އިސްލާމީ ނަންތައް ބަދަލުކޮށް، އިސްލާމް ދީނުގެ އަސަރު ފޮހެލި ކަމުގެ ތުހުމަތު ޗައިނާއަށް - ޚަބަރު: އަލްޖަޒީރާ

ހިއުމަން ރައިޓްސް ވޮޗުން ރިޕޯޓް ކުރާ ގޮތުގައި ޗައިނާއިން ވަނީ ވީގާރ ދަރިކޮޅުގެ މީހުންގެ އިސްލާމީ ތާރީޚީ ނުވަތަ ސަގާފީ ރަމްޒްކޮށްދޭހެން ތަންތަނަށް ދީފައިވާ އިސްލާމީ ނަންތައް ބަދަލުކޮށް، އިސްލާމީ ސަގާފަތް އެއްކޮށް ފުހެލުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން އިސްލާމީ ނިޝާން ތަކާއި، ނަންތަކާއި، ދީނީ ލިޔެކިޔުންތައް ނަގައި ވަނީ ނައްތާލާފައެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓުގައި 2009 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ހިމަނާފައިވާ މައުލޫމާތު ނަގައިގެން ކުރި ދިރާސާއިން، ޗައިނާއިން އިސްލާމް ދީނުގެ އަސަރު ފުހެލުމަށް ޝިންޖިއާންގެ ހުޅަނގު ގެ ސަރަހައްދުގެ 630 އަވަށެއްގައި މި މަސައްކަތް ކޮށްފައި ވާކަން ދެނެގަނެވިފައިވާ ކަމަށެވެ.

މި ގޮތުން އިސްލާމީ ސަގާފަތް ރަމްޒު ކޮށްދޭހެން އަވަށް ތަކަށް ޗައިނާ މުސްލިމުން އެތައް ސަތޭކަ އަހަރެއް ކުރިން ދީފައިވާ ނަންތައްވެސް ޗައިނާއިން ބަދަލުކޮށްފައެވެ. އިސްލާމީ އަސަރު ޗައިނާއިން ފުހެލުމަށް

ޗައިނާގެ ސިޔާސަތުތައް ބައިނަލްއަގުވާމީ ސަމާލުކަމަށް އައީ 2018 ވަނަ އަހަރު އދ އިން ހާމަ ކުރި މައުލޫމާތު ތަކަކުންނެވެ. މި ގޮތުން މަދުވެގެން އެއް މިލިއަން މުސްލިމް ވީގާރުންނާއި، ޗައިނާގައި އުޅޭ ތުރުކީގެ އެހެނިހެން މައިނޯރިޓީ މުސްލިމުން ރީ އެޑިއުކޭޝަން ސެންޓަރުތަކުގެ ނަމުގައި ޖަލަށް ލަމުން ދާ ކަން ހާމަ ކުރުމުންނެވެ. ބެއިޖިންއިން ބުނީ މި ކޭމްޕްތަކަކީ "ހައްދުފަހަނައެޅުން" ހުއްޓުވުމަށާއި "ޓެރަރިޒަމް" ހުއްޓުވުމަށް ކޮންމެހެން ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ޓްރެއިނިން ސެންޓަރުތަކެއް ކަމަށެވެ.

ލީކް ވެފައިވާ ޗައިނާ ސަރުކާރުގެ ރަސްމީ ލިޔުންތަކުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކޮށްފައިވާ ތަހުގީގާއި، ވީގަރގެ މުސްލިމުންގެ ހެކިބަހުން އެނގުނު ގޮތުގައި ވީގަރގައި މަޖުބޫރުން މުސްލިމުން ނުވިހާ ގޮތް ހެދުމާއި، ދަރިންނާއި މައިން ބަފައިން ވަކިކޮށް، ދީނީ އަޅުކަން ކުރުން މަނާކޮށް، ހިންގި ކަމަށް ތުހުމަތު ކުރެވޭ ގިނަ އަނިޔާތަކެއް ވަނީ ހާމަ ވެފައެވެ.

ޗައިނާގެ ދިރިއުޅޭ މުސްލިމުންގެ މުސްލިމް ނަންތައްވެސް ޗައިނީސް ނަންނަމަށް ބަދަލު ކުރުން ޗައިނާ ސަރުކާރުން މަޖުބޫރު ކޮށްފައި ވެއެވެ. އިސްލާމް ދީނާއި ދެކޮޅަށް ސަރުކާރަކުން ރާވައިގެން މިހާ ބޮޑެތި ކަންކަން ކޮށްފައި ވުމުން މިކަން އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އެންމެ އިސް ފަރާތް ވަނީ މިކަންކަމާއި ކަންބޮޑުވާ ކަން އޭރު ހާމަ ކޮށްފައެވެ.

ޗައިނާއިން ރާވައިގެން އިސްލާމް ދީނާއި ދެކޮޅަށް ހިންގާ މި އަނިޔާތައް ބެލޭނެ އެއްވެސް ގޮތެއް އަދި މިހާތަނަށް ނުފެނެއެވެ. ޗައިނާއަކީ އިޒްރޭލް ފަދަ ބާރުގަދަ ޤައުމަކަށް ވުމުން އެފަދަ ކަމެއް ބެލުމުގެ ބާރެއް ދުނިޔޭގައި ނެތެވެ.

މި ހަބަރު ނަގާފައި ވަނީ އަލްޖަޒީރާއިން