ސިޔާސީ މުއައްޒަފުން ގިނަވެ، އޮގަސްޓް މަހު މުސާރަ ދެވޭނެ ގޮތެއް ސަރުކާރުގައި އަދި ނެތްކަމަށް ދިޔަވަރު ނޫހަށް ފިނޭންސް މިނިސްޓްރީ އިން މައުލޫމާތު ލިބިއްޖެއެވެ. ދިޔަވަރު ނޫހަށް އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުން މިހާރު މަޑު ކުރަމުން ދަނީ ދެވަނަ ކުއަޓަރ (ޖޫން މަސް) ނިމުމުން ބީޕީޓީ އާއި އިތުރު ޓެކްސް ފައިސާއިން ދައުލަތުން ލިބޭ އާމްދަނީ އިން މުސާރަ ދިނުމަށް ކަމަށް ފިނޭންސް މިނިސްޓްރީ އިން މައުލޫމާތު ދެއްވިއެވެ.
ޤައުމު މިސްރާބު ޖަހާފައި ވަނީ ބަނގުރޫޓުވުމާއި ދިމާލަށެވެ. މަސްވެރިންނަށް ޖެހިފައިވާ ހާލު ސިވިލް ސާރވެންޓުންނަށް ޖެހޭނެ ކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.
ދެބައި ކުޅަ އެއްބައި ކުންފުނިތަކުން މި ކުއަރޓަރ ގައި ބީޕީޓީ ދެއްކުމަށް ދެކޮޅު ހެދިޔަސް، ސަރުކާރަށް ކުރިއަށް އޮތް އޮގަސްޓް ސެޕްޓެމްބަރ އޮކްޓޯބަރުގައި ވެސް މުސާރަ ދޭނެ ގޮތެއް ނޯންނާނެ!
އިޤްތިޞާދީ ގޮތުން ފުންނާބު އުސް ފަރާތަކުން ދިޔަވަރު ނޫހަށް ހާމަ ކޮށްދިނެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ހިނގަމުން ދިޔަ %90 ޕްރޮޖެކްޓްތައް ހުއްޓާލާފައެވެ. ނަމަވެސް
ސަރުކާރު އޮތީ ފައިސާ ނުލިބި، ކުރާނެ އެއްވެސް ކަމެއް ނެތިފައެވެ. ފައިސާ ޗާޕް ނުކުރާނެ ކަމަށް ބުނި މުއިއްޒުގެ ސަރުކާރުން މަޖިލީހަށް ފައިސާ ޗާޕް ކުރުމަށް ހުއްދަ އަށް އަހަން ދަނީ މަޝްވަރާ ކުރަމުންނެވެ. އެމްޑީޕީގެ ސަރުކާރުން ވަނީ، ފައިސާ ޗާޕް ކުރުން ހުއްޓާލުމަށް މަޖިލީސް މެދުވެރިކޮށް މަޖިލީސް ހުއްދަ އާއި ނުލައި އެކަން ނުކުރެވޭ ގޮތް ހަދާފައެވެ.
އިތުރަށް ރާއްޖޭގައި ފައިސާ ޗާޕް ކޮށްފިނަމަ، ޑޮލަރު ލިބުން ދަތިވެ، ފައިސާގެ އަގު އިންތިހާއަށް ވެއްޓިގެން ދާނެއެވެ.