13 ބިލިއަން ރުފިޔާ މި ހަތް މަސް ތެރޭގައި ލޯނަށް ދެއްކި ކަމަށް ބުނެ މުއިއްޒު ދޮގު ހަދައިފިއެވެ. ރޭގެ ޖަލސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުރުވެރިކަމާ އެކު ދެއްކެވި ވާހަކަ އަކީ އޮޅުވާލައިގެން ދެއްކި ދޮގު ވާހަކަ އެކެވެ.
އެމަނިކުފާނު ވިދާޅުވީ؛
ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި ހަތް މަސް ތެރޭގައި އަޅުގަނޑުމެން މިއައީ ދައްކާފައި. އެއީ އަޅުގަނޑުމެންނާ ދެކޮޅު ބޭފުޅުން, ވާދަވެރި ބޭފުޅުން ފޮރުވަން ބޭނުންވާ ހަގީގަތް. އަޅުގަނޑުމެން ދައްކާނީ ތެެދު ބަހުން ވާހަކަ.
ޖުމްލަ 18 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު، މުސާރައަށް އެކަނި 5.5 ބިލިއަން ރުފިޔާ ހޭދަވި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރާ ދައުލަތުގެ މާލީ ހިސާބުކިތާބުން އެނގެން އެބަ އޮތެވެ. މީގެ އިތުރުން، މީގެ އިތުރުން އެތައް ބިލިއަނެއް ސަރުކާރުން އޮފީސް ތަކަށާއި، ޕްރޮޖެކްޓްތަކަށާއި، ޑްރޯން ގަތުމަށާއި، ރައީސް އާއި ކެބިނެޓް ވަޒީރުން ދަތުރު ތަކަށާއި އެކި ކަންކަމަށް ޚަރަދު ކޮށްފައިވާއިރު، އެ ހިސާބު ތައް ނުހިމަނާ، ދައުލަތުގެ ޚަރަދުގެ ގޮތުގައި މުސާރައަށް ޚަރަދު ކުރާ މިންވަރަށްވުރެ ވެސް ކުޑަ ކޮށް ޚަރަދު ކުރި ކަމަށް ދޭހަވާހެން މުއިއްޒު ވަނީ މި ޖަލްސާގައި ދޮގު ހަދާފައެވެ.
މީގެ އިތުރުން ދައުލަތުން ކޮށްފައިވާ ޚަރަދުތަކުގެ ތެރޭގައި ސިޔާސީ ވަޒީފާ އިތުރުކުރުމާއި، އެއާ އެމްބިއުލާންސްގެ ހިދުމަތް ފަދަ އާ ހިދުމަތްތައް ތައާރަފު ކުރުމާއި، ސްކޫލް އޭސީ ޕްރޮޖެކްޓާއި، ބަޖެޓަށް ބެލުމެއް ނެތި ހުރިހާ ފަރާތްތަކަށް ސްޓޫޑެންޓް ލޯނު ދިނުމާއި، ގައުމިއްޔަތުގެ މަޝްރޫއު އާއި، އެކި ޖަމިއްޔާ ޖަމާއަތްތަކަށާއި މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.
މިހުރިހާ ކަމެއްގެ ތެރެއިން ކޮރަޕްޝަންގެ ގޮތުގައި އެތައް ފައިސާއެއްވެސް ދައުލަތުން ވަނީ އެކި ނަންނަމުގައި ނަގާފައެވެ.
މުއިއްޒަށް ފައިނޭންޝިއަލް ރިޕޯޓްތައް ބަލަން ނޭނގެއެވެ. އަދި އިޤްތިޞާދީ، ފައިނޭންޝިއަލް ޓަރމްސް ތަކާއި، ދައުލަތެއްގެ ޚަރަދުތައް ހިނގާ ނުހިނގާ ގޮތް އެނގިވަޑައި ނުގަނެއެވެ.