"މިދިޔަ ސަރުކާރު ނިމުނު އިރުގައި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑް (އެސްޑީއެފް) ގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު. އެއީ ބޭރުގެ ދަރަނި ދެއްކުމުގެ ރިޒާވު. އެ ފަންޑުގައި ހުރި ފައިސާކޮޅު ވެސް މިދިޔަ ސަރުކާރުން ބޭނުންކޮށްލީ."
މުއިއްޒު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.
ދެ މިލިއަން ޑޮލަރުން 54 މިލިއަން ޑޮލަރު އެ ފަންޑުގައި ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ފަންޑު ބަލަހައްޓަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.
އެސްޑީއެފްއަކީ ދައުލަތުގެ ދަރަނި ދައްކަން 2017 ގައި އުފެއްދި ފަންޑެކެވެ. އެ ފަންޑުގައި ހުންނަ ގިނަ ފައިސާ ހުންނަނީ އިންވެސްޓުކޮށްފަ އެވެ. އޭގެ އަހަރެއް ފަހުން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަން ނިމިގެންދިޔައިރު އެ ފަންޑުގައި ހުރީ 1.9 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން އެސްޑީއެފް އެކައުންޓަކީ ޕަބްލިކް ބޭންކް އެކައުންޓާ ވަކިން އެމްްއެމްއޭއިން ބަލަހައްޓާ އެކައުންޓެކެވެ.
ނޮވެމްބަރު 2023 ނިމުނުއިރު ފަންޑް ސައިޒަކީ 7.3 ބިލިއަން ރުފިޔާ އެވެ. އެއީ 5 އަހަރު ތެރޭަގައި 5.4 ބިލިއަން ރުިފޔާގެ އިތުރުވުމެކެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ އެއީ އެމްއެމްއޭގެ އެސްޑީއެފް ޑޮލަރު އެކައުންޓުގައި ހުރި ދެ މިލިއަން ޑޮލަރާއި އިންވެސްޓުކޮށްފައި ހުރި 139 މިލިއަން ޑޮލަރެވެ. މުއިއްޒަށް ފައިސާއަށް ވަނީ، މޭޒުމަތީ ފުނިޖަހާފައި ބަހައްޓާފައި ހުންނަ ފައިސާ އެކަނި ތޯއެވެ؟
މީގެ އިތުރުން ޑޮލަރުން އެސްޑީއެފްއަށް ފައިސާ ޖަމާކުރަން ފެށީ މިސަރުކާރުންނޭ ކިޔާފަ ވާހަކަ ދައްކަނީވެސް އޮޅުވާލައިގެންނެވެ. 2020 ވަނަ އަހަރު ޑޮލަރުން އެސްޑީއެފްއަށް ޖަމާކުރުން ހުއްޓާލެވުނު ނަމަވެސް، އަނެއްކާވެސް 2023 ވަނަ ކުރީ ކޮޅު ޑޮލަރުން އެސްޑީއެފް އަށް ފައިސާ ޖަމާކުރަން ފަށާފައި ވެއެވެ.
މުއިއްޒު ފާހަގަ ކުރެވިފައި ވަނީ ބޮޑެތި ދޮގުތައް ހަދާ ފަރާތެއް ގޮތުގައެވެ. ދައުލަތުގެ މާލީ ހިސާބުތަކަކީ އަމާނާތެކެވެ. އެ މައުލޫމާތަށް ބަދަލުގެނެސް އޮޅުވާލުމުގެ ބޭނުމުގައި ދޮގު ހެދުމަކީ، ދައުލަތަށް ވެވޭ ހިޔާނާތެކެވެ.