13 ބިލިއަން ރުފިޔާ މުއިއްޒު ޕްރިންޓް ކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށް ދާ ޕީއެންއެފް ޖަލްސާގައެވެ.
އެމަނިކުފާނު ކަން ހިނގާފައިވާ ގޮތް ތަފްސީލް ކުރަމުން، ގައުމުގައި ދައުރު ކޮށްފައި ނުވާ 13 ބިލިއަން ރުފިޔާ އެއް ލޯނުގެ ގޮތުގައި ސަރުކާރުން އެމްއެމްއޭއިން ނަގާފައި ވާކަމަށެވެ. ގައުމުގައި ދައުރު ކޮށްފައިވާ އާ ފައިސާ އެމްއެމްއޭއިން ނެގުމަކީ ފައިސާ ޗާޕް ކުރުމެވެ.
މުއިއްޒު ވަނީ އޭނާގެ ސަރުކާރުން ފައިސާ ޗާޕް ނުކުރާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރައީސް ޔަމީން އިތުރަށް ތަފްސީލް ދެއްވަމުން ވިދާޅުވީ ފައިސާ ޗާޕް ކުރަނީ ދެ ގޮތަކަށް ކަމަށެވެ. އެއް ގޮތަކީ، އަލަށް ރާއްޖެއިން ބޭރުން ފައިސާ ޗާޕް ކޮށްގެން ގެނައުން ކަމަށާއި، އަނެއް ގޮތަކީ ޗާޕްކޮށް، ގައުމުގައި ބޭނުން ނުކޮށް ހުރި ފައިސާ އެމްއެމް އޭ ތެރެއިން ނެގުން ކަމަށެވެ. މި ދޮގޮތަކީވެސް ފައިސާ ޗާޕް ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މި ދެގޮތުންވެސް ނެތް ފައިސާއެއް ގައުމަށް ވަނުމުން ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ، ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެއެވެ.
މުއިއްޒު 13 ބިލިއަން ރުފިޔާ ޕްރިންޓް ކުރިކަން އެމްއެމްއޭއިން އާންމު ކޮށްފައިވާ ހިސާބުތަކުން ފެންނަން އެބަހުއްޓެވެ.