ޚަބަރު

ކޮންޓެކްޓް ޓްރޭސިންގ ނުނިންމާ، މުއިއްޒު އަންގައިގެން މެނިންޖައިޓިސް ނުފެތުރޭ ކަމަށް މައިމޫނާ ރާއްޖޭގެ ނޫހެއް ކަމަށްވާ "ސަން"އަށް ވިދާޅުވެއްޖެ!

ދިޔަވަރު
ކޮންޓެކްޓް ޓްރޭސިންގ ނުނިންމާ، މުއިއްޒު އަންގައިގެން މެނިންޖައިޓިސް ނުފެތުރޭ ކަމަށް މައިމޫނާ ރާއްޖޭގެ ނޫހެއް ކަމަށްވާ "ސަން"އަށް ވިދާޅުވެއްޖެ!

އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ ޚަލީލުގެ ބެލުމުގެ ދަށުގައިވާ ނޫހެއް ކަމުގައިވާ"ސަން"އަށް ވިދާޅުވި ގޮތުގައި މެނިންޖައިޓިސް ބަލީގެ އެއް ކޭސް މިހާރު ރާއްޖޭގައި އެބަ އުޅޭ ކަމަށާއި، ނަމަވެސް މި ބަލި ފެތުރެމުންނެއް ނުދާކަމަށެވެ.

ހައްޖުގެ އަޅުކަމުގައި ގިނަ ބަޔަކު ތޮއްޖެހިގެން ތިބިއިރު، އަދި މި ވެކްސިން ނުދީ ސަރުކާރުން ހުރިހާ ހައްޖު ވެރިން ހައްޖަށް ފޮނުވާފައި ވާއިރު، މި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަކީ މިފަދަ ބައްޔަކުން ސަލާމަތް ވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މިހާތަނަށް ކޮންޓްކްޓް ޓްރޭސިން ހަދަމުން ދަނީ މިބަލީގައި ނިޔާވި ފަރާތުގެ އާއިލާގެ މީހުން އެކަންޏެވެ.

އާއިލާގެ ކޮންޓެކްޓް ޓްރޭސިންގ ވެސް އަދި ހަދާ ނުނިމެނިކޮށް، މި ބަލި ފެތުރިފައިވާ މިންވަރު އެއްވެސް ވަރަކަށް ދެނެވިފައި ނުވަނިކޮށް، މުއިއްޒު އަންގައިގެން މި މި ބަލި ފެތުރެމުން ނުދާކަމަށް މައިމޫނާ ބުނި ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ.