ﷲ ކަލިމަފުޅު އާންމު ތަންތާ ބޭނުން ކުރުން މަނާކޮފައިވާ އަދި އިސްލާމް ދީނާއި އެންމެ ދެކޮޅު އެއް ޤައުމު ކަމުގައިވާ ޗައިނާއަށް އިސްލާމިކް މިނިސްޓަރ ޝަހީމް ވަޑައިގެންފިއެވެ. އެއަރޕޯޓުގައި ގޮސް ޝަހީމް އިންނެވި ފޮޓޯ ތަކަކާއި އެކު، މިއަދު ޓްވިޓަރ ގައި އެ މިނިސްޓްރީ އިން ޕޯސްޓް ކޮށްފައި ވާގޮތުގައި ޝަހީމް ޗައިނާ އަށް ވަޑައިގަންނަވަނީ ރަސްމީ ދަތުރު ފުޅެއްގައެވެ.
ޝަހީމް ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ ފައިސާ ޚަރަދުކޮށް ވަޑައިގަންނަވާ ސަބަބެއް ބަޔާން ކޮށްފައި ނުވަނީ މިއީ އިސްލާމް ދީނާއި ގުޅުން ހުރި އަދި އެ މިނިސްޓްރީގެ މެންޑޭޓްތެރޭގައި ހިމެނޭ ކަމަކަށް ކުރާ ދަތުރެއް ކަމުގައި ނުވާތީ އެވެ.
2015 އިން ފެށިގެން ޗައިނާ ސަރުކާރުން ދަނީ އިސްލާމް ދީން އެގައުމުން ފުހެލުމުގެ މަސައްކަތް ކުރަމުންނެވެ. މި ގޮތުން ﷲގެ ކަލިމައާއި، ޤްރުއާނުގެ އާޔަތްތަކާއި، ހަދީސް އަދި އަރަބިން ލިޔެފައި ހުންނަ އެއްވެސް އެއްޗެއް އެއްވެސް ތަނެއްގައި، މިސްކިތެއްގެ ބޭރުގައި ވެސް އާންމުންނަަށް ފެންނަ ގޮތަށް ހުރުމަކީ އެ ޗައިނާ ސަރުކާރުން މަނާ ކޮށްފައިވާ ކަމެކެވެ.
ޗައިނާ ސަރުކާރުން ވަނީ ފާއިތުވި 3 އަހަރު ތެރޭ 2000 ވުރެ ގިނަ މިސްކިތްތަކުގެ ގުއްބާއި، މުންނާރު ގަދަކަމުން ހަލާކު ކޮށް، މިސްކިތްތަކުގެ ޑިޒައިން ބުދު ފައްޅިތަކުގެ ޑިޒައިނަށް ބަދަލު ކޮށްފައެވެ. މިވަގުތު ޗައިނާގައި ބުދުފައްޅި ސިފާގައި ނޫން އެއްވެސް ސިފައެއްގައި މިސްކިތެއް ނެތެވެ.
ޗައިނާ ސަރުކާރުން ދެކޭ ގޮތުގައި، އިސްލާމް ދީނަކީ އެހާ ޗައިނީސް ދީނެއް ނޫނެވެ. އަދި އިސްލާމް ދީނަކީ ނަފްސާނީ ބައްޔެއް ކަމަށް ޚުދު ޗައިނާ ސަރުކާރުން ބުނެފައިވެއެވެ.
އިޒްރޭލުން ދޭ އުދުވާނީ ހަމަލާގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، ޗައިނާގައި 1 މިލިއަނަށް ވުރެ މުސްލިމުން ތިބީ އެއްވެސް ކުށެއް ނެތި ޖަލުތަކުގައެވެ. ޗައިނާ ވީގަރ މުސްލިމުންނާއި މެދު އެގައުމުގެ ސަރުކާރުން ކަންކަން ކުރަމުން ދަނީ އިންސާނުންނާއި މެދު ދުނިޔޭގައި މިހާރު އެއްވެސް ތަނެއްގައި އަމަލު ނުކުރާހާ އަނިޔާވެރި ކޮށެވެ. އެތައް މިލިއަން ބަޔަކު ޖަލުތަކުގައި ތިބި، 3 އަހަރު ނުފުރޭ ކުޑަކުދިން މުސްލިމް މައިން ބަފައިންނާއި ދުރުކޮށް، ޔަތީމްހާނާ ތަކަށް ފޮނުވައި، އެކި ދުވަސްވަރު ފުލުހުން އާންމުގެ ގެތަކުގައި ދިރިއުޅެ، އެމީހުން ނަމާދު ކޮށް ރޯދަ ހިފާތޯ ބަލާ، ރޯދަ އަށް ހުރުމަކީ ކުށަކަށް ހަދައި އަނިޔާކޮށް، ޖަލުގެ ކޮންސެންޓްރޭޝަން ކޭމްޕްތަކަށް ފޮނުވަމަކީ އާންމު ކަމެކެވެ.
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމީ މިނިސްޓަރަކު ޗައިނާއަށް ދާ ފަހަރެވެ. މިއީ އިސްލާމް ދީނާއި، ޤައުމިއްޔަތު ހިމާޔަތް ކުރަން އައި ސަރުކާރުގެ ހާލެވެ. މިއީ 100 ޕަސެންޓް އިސްލާމީ ޤައުމަކުން ކުރާނެ ވަރު ކަމެއް ނޫނެވެ. އަދި ޤާނޫނު އަސާސީގެ އެންމެ ފުރަތަމަ އެއް މާއްދާގައިވާ އިސްލާމް ދީން ހިމާތް ކުރުމަށް ސަރުކާރުގެ މައްޗަށް އޮތް އޮތުމާއި ޚިލާފު ލާދީނީ އަމަލެކެވެ. ނަމަވެސް މިކަންކަމަށް ސަލަފުންނާއި އިލްމު ވެރިންގެ ގުޅުމުން