ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މިއަދު ނިޔާވެފައިވަނީ މެނިންޖައިޓިސްއަށް ޕޮޒިޓިވެގެންކަން މިހާރު ކަށަވަރު ވެފައިވާއިރު, ހައްޖަށް ދާ މީހުން ފުރިހަމަކުރާންޖެހޭ ހުރިހާ ޕްރޮޓޮކޯލްއެއް އޭނާ ފުރިހަމަ ކޮށްފައި ނުވާކަންވެސް ވަނީ ކަށަވަރުވެފައެވެ.
އެކަން ޔަގީން ކުރެވިފައިވަނީ ސައުދީ އަރަބިއާގެ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް, ހައްޖަށް ފުރުމުގެ ކުރިން ހުރިހާ ހައްޖާޖީންވެސް ފުރިހަމަ ކުރަން ޖެހޭ ޓްރެވަލް ވެކްސިން ކަމުގައިވާ ޕޯލިއޯ އާއި މެނިންޖައިޓިސް އަދި އިންފްލެންޒާ ވެކްސިންތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އޭނާ ފުރިހަމަ ކޮށްފައިވާކަން ހާމަވެގެން ދިއުމާއި ގުޅިގެންނެވެ.
ބަކާ ނިޔާވެފައިވަނީ ނުރައްކާތެރި ބައްޔެއްކަމަށްވާ ންވޭސިވް މެނިންގޯކޮކަލް ބައްޔަށް ޕޮޒިޓިވް ވެގެންކަން މިއަދު މެންދުރުފަހު ހެދި ޓެސްޓުތަކުން ވަނީ ޔަގީންކުރެވިފައެވެ.
ބަކާއަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ މީހެކެވެ.
ސައުދީ ސަރުކާރުން ދޭ ފުރުސަތުގައި ހައްޖަށް ދާ އެންމެވެސް އެގައުމުން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަކީ ލާޒިމް ކަމެކެވެ. އެގޮތުން ގައުމުތަކުން ހައްޖަށް ދާ ހުރިހާ ހައްޖާޖީންވެސް ސައުދީ ސަރުކާރުގެ ގައިޑްލައިންތަކަށް ތަބާވާކަން ކަށަވަރުކުރުމަކީ ހައްޖާޖީން ނިސްބަތްވާ ގައުމެއްގެ ޒިންމާއެކެވެ. އެގޮތުން ރާއްޖެއިން ސައުދީއަށް ދާ ހުރިހާ ހައްޖާޖީންވެސް ސައުދީ ސަރުކާރުގެ ގައިޑްލައިންތަކަށް ތަބާވެފައިވާކަން އިސްލާމިކް މިނިސްޓްރީންނާއި ހެލްތު މިނިސްޓްރީންވެސް ކަށަވަރު ކުރަންޖެހެއެވެ.
އެހެންނަމަވަސް, ސައުދީ ސަރުކާރުން ދިން ފުރުސަތުގައި ރާއްޖެއިން ހައްޖަށްދިޔަ ފަރާތްތަކުން ވެކްސިލް ޕްރޮޓޮކޯލްތައް ފުރިހަމަ ކޮށްފައި ވާކަން ސަރުކާރުން ޔަގީން ކޮށްފައި ނުވާކަން މިހާރު ވަނީ ހާމަވެގެން ގޮސްފައެވެ. އެހެންނަމަވެސް ބަކާގެ މަރާއި ގުޅިގެން ސަރުކާރުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާފަކޮށްފައެއް ނުވެއެވެ.
މެނިންޖައިޓިސްއަކީ ނުރައްކާތެރި ބެކްޓީރިއާއެއްކަމަށްވާ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
މިއީ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނާއި ޒުވާން އުމުރުގެ މީހުންނަށް އެންމެ ގިނައިން ކުރިމަތިވާ ބައްޔެކެވެ. މެނިންޖައިޓިސް އަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ ވަރަށް ސީރިއަސް ވެދާނެއެވެ.
މެނިންޖައިޓިސްގެ އަލާމާތްތަކުގެ ތެރޭގައި:
- ހުންއައުން
މާބޮޑަށް ބަލިވުން
ބޮލުގައި ރިއްސުން
ކަރުހިއްކުން - ބޭރަށް ހިންގުން
- ގަދަ އަލި ހުންނަތަންތަނުގައި ނުހުރެވުން.
- ހިނގާ ބިގާވެ އުޅެން އުނދަގޫވުން.
- ގިނައިން ނިދުން.
މެނިންޖައިޓިސް އަކީ އާންމުގޮތެއްގައި ބެކްޓީރިއަލް ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
މެނިންޖައިޓިސް އަށް މަގުފަހިވާ ޖަރާސީމުތައް ފެތުރޭނީ:
- ކިނބިހި އެޅުން
ކެއްސުން
ބޮސްދިނުން