ޚަބަރު

ހުރިހާ ހައްޖާޖީންވެސް ކޮންޓެކްޓް ޓްރޭސިންގައި ބައިވެރިކުރަން އެޗްޕީއޭއިން ނިންމާފައިވަނީ ހައްޖާޖީން ވެކްސިން ފުރިހަމަ ކުރިކަން ހައްޖު ކޯޕަރޭޝަނަށް ޔަގީން ކޮށް ނުދެވިގެން! ހައްޖު ކޯޕަރޭޝަނުން ދަނީ ހަގީގަތް އޮޅުވާލަމުން!

ދިޔަވަރު
ހުރިހާ ހައްޖާޖީންވެސް ކޮންޓެކްޓް ޓްރޭސިންގައި ބައިވެރިކުރަން އެޗްޕީއޭއިން ނިންމާފައިވަނީ ހައްޖާޖީން ވެކްސިން ފުރިހަމަ ކުރިކަން ހައްޖު ކޯޕަރޭޝަނަށް ޔަގީން ކޮށް ނުދެވިގެން! ހައްޖު ކޯޕަރޭޝަނުން ދަނީ ހަގީގަތް އޮޅުވާލަމުން!

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މެނިންޖައިޓިސްއަށް ޕޮޒިޓިވެގެން ނިޔާވުމާއި ގުޅިގެން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދަން ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

"ދިޔަވަރު އޮންލައިން" އެނގިފައިވާ ގޮތުގައި އެޗްޕީއޭއިން މިހާރުދަނީ މިއަހަރު ރާއްޖެއިން މައްކާއަށްދިޔަ ހުރިހާ ހައްޖާޖީންގެވެސް ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ. އަދި ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސްވެސް އެޗްޕީއޭއިންވަނީ ބައެއް ފަރާތްތަކަށް ދޭން ފަށާފައެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މެނިންޖައިޓިސްއަށް ޕޮޒިޓިވެގެން ނިޔާވުމާއެކު ހައްޖު ކޯޕަރޭޝަންއިން ބުނެފައިވަނީ އެ ކޯޕަރޭޝަންގެ އެހީގައި ރާއްޖެއިން ހައްޖަށްދިޔަ ހުރިހާ ހައްޖާޖީންވެސް ވެކްސިން ފުރިހަމަ ކޮށްފައިވާކަމުގައެވެ.

"ދިޔަވަރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި, ހައްޖު ކޯޕަރޭޝަންއިން މިހެން ބުނިކަމުގައިވި ނަމަވެސް, އެޗްޕީއޭއިން ދިވެހި ހުރިހާ ހައްޖާޖީންގެވެސް ކޮންޓެކްޓް ޓްރޭސިން ހަދަން ފަށާފައިވަނީ, ހުރިހާ ހައްޖާޖީން ވެކްސިން ފުރިހަމަ ކޮށްފައިވާކަމުގެ ޔަގީންކަން ހައްޖު ކޯޕަރޭޝަނަށް ނުދެވިގެންނެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަންއިން ކަމުގެ ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް, ކަމުގެ ހަގީގަތް އެނގޭ ބައެއް ފަރާތްތަކުން ވަނީ "ދިޔަވަރު އޮންލައިން"އަށް ކިޔައިދީ ދީފައެވެ. އަދި ހައްޖު ކޯޕަރޭޝަންއިން ހުރިހާ ހައްޖާޖީން ހުރިހާ ވެކްސިނެއް ފުރިހަމަ ކޮށްފައިވާކަން ޔަގީން ކޮށްފައި ނުވާކަަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދީފައި ވެއެވެ.

ސައުދީ އަރަބިއާގެ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް, ހައްޖަށް ފުރުމުގެ ކުރިން ހުރިހާ ހައްޖާޖީންވެސް ފުރިހަމަ ކުރަން ޖެހޭ ޓްރެވަލް ވެކްސިން ކަމުގައިވާ ޕޯލިއޯ އާއި މެނިންޖައިޓިސް އަދި އިންފްލެންޒާ ވެކްސިންތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން ބަކާ ފުރިހަމަ ކޮށްފައިވާކަން މިހާރު ވަނީ ހާމަވެގެން ގޮސްފައެވެ.

ބަކާ ނިޔާވެފައިވަނީ ނުރައްކާތެރި ބައްޔެއްކަމަށްވާ ންވޭސިވް މެނިންގޯކޮކަލް ބައްޔަށް ޕޮޒިޓިވް ވެގެންކަން މިއަދު މެންދުރުފަހު ހެދި ޓެސްޓުތަކުން ވަނީ ޔަގީންކުރެވިފައެވެ.

ބަކާއަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ މީހެކެވެ.

ސައުދީ ސަރުކާރުން ދޭ ފުރުސަތުގައި ހައްޖަށް ދާ އެންމެވެސް އެގައުމުން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަކީ ލާޒިމް ކަމެކެވެ. އަދި ގައުމުތަކުން ހައްޖަށް ދާ ހުރިހާ ހައްޖާޖީންވެސް ސައުދީ ސަރުކާރުގެ ގައިޑްލައިންތަކަށް ތަބާވާކަން ކަށަވަރުކުރުމަކީ ހައްޖާޖީން ނިސްބަތްވާ ގައުމެއްގެ ޒިންމާއެކެވެ. އެގޮތުން ރާއްޖެއިން ސައުދީއަށް ދާ ހުރިހާ ހައްޖާޖީންވެސް ސައުދީ ސަރުކާރުގެ ގައިޑްލައިންތަކަށް ތަބާވެފައިވާކަން އިސްލާމިކް މިނިސްޓްރީންނާއި ހެލްތު މިނިސްޓްރީންވެސް ކަށަވަރު ކުރަންޖެހެއެވެ.

އެހެންނަމަވަސް, ސައުދީ ސަރުކާރުން ދިން ފުރުސަތުގައި ރާއްޖެއިން ހައްޖަށްދިޔަ ފަރާތްތަކުން ވެކްސިލް ޕްރޮޓޮކޯލްތައް ފުރިހަމަ ކޮށްފައި ވާކަން ސަރުކާރުން ޔަގީން ކޮށްފައި ނުވާކަން މިހާރު ވަނީ ހާމަވެގެން ގޮސްފައެވެ. އެހެންނަމަވެސް ބަކާގެ މަރާއި ގުޅިގެން ސަރުކާރުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާފަކޮށްފައެއް ނުވެއެވެ.

މެނިންޖައިޓިސްއަކީ ނުރައްކާތެރި ބެކްޓީރިއާއެއްކަމަށްވާ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

މިއީ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނާއި ޒުވާން އުމުރުގެ މީހުންނަށް އެންމެ ގިނައިން ކުރިމަތިވާ ބައްޔެކެވެ. މެނިންޖައިޓިސް އަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ ވަރަށް ސީރިއަސް ވެދާނެއެވެ.

މެނިންޖައިޓިސްގެ އަލާމާތްތަކުގެ ތެރޭގައި:

  • ހުންއައުން
    މާބޮޑަށް ބަލިވުން
    ބޮލުގައި ރިއްސުން
    ކަރުހިއްކުން
  • ބޭރަށް ހިންގުން
  • ގަދަ އަލި ހުންނަތަންތަނުގައި ނުހުރެވުން.
  • ހިނގާ ބިގާވެ އުޅެން އުނދަގޫވުން.
  • ގިނައިން ނިދުން.

މެނިންޖައިޓިސް އަކީ އާންމުގޮތެއްގައި ބެކްޓީރިއަލް ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

މެނިންޖައިޓިސް އަށް މަގުފަހިވާ ޖަރާސީމުތައް ފެތުރޭނީ:

  • ކިނބިހި އެޅުން
    ކެއްސުން
    ބޮސްދިނުން