ޚަބަރު

ޝަމްނާޒް މުއިއްޒަށް ސިހުރު ހަދާފައިވަނީ މުއިއްޒާއި ލޯބީގެ ގޮތުން ގުޅުމަށް! މިކަން ޝައްކުވީ ސާޖިދާއަށް! ޝަމްނާޒް އާއި ސިހުރު ހެދި ތ. ކިނބިދޫ ސަމީރު ހައްޔަރު ކޮށްފި!

ދިޔަވަރު
ޝަމްނާޒް މުއިއްޒަށް ސިހުރު ހަދާފައިވަނީ މުއިއްޒާއި ލޯބީގެ ގޮތުން ގުޅުމަށް! މިކަން ޝައްކުވީ ސާޖިދާއަށް! ޝަމްނާޒް އާއި ސިހުރު ހެދި ތ. ކިނބިދޫ ސަމީރު ހައްޔަރު ކޮށްފި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ލޯބީގެ ގޮތުން ގުޅުމަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި، ފަންޑިތަ ހެދި ފަރާތް ކިބިދޫ ހުސެން ސަމީރު ހައްޔަރުކޮށްފި އެވެ.

ޝަމްނާޒް ތިމާވެއޓާއި ބެހޭ މިނިސްޓްރީއަށް ބަަދަލު ކުރުމުގެ ކުރިން މަސައްކަތް ކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރު މުލީއާގޭގަ އެވެ. މުލިއާގޭގައި މަސައްކަތް ކުރި އިރު، ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ވަނީ މުއިއްޒަށް ސިހުރު ހަދާފައި ކިޔަވާފައިވާ ފެން މުލިއާގެއަށް އަޅާފައެވެ. މިކަން ސާޖިދާގެ ސަމާލު ކަމަށް އައިސްފައިވަނިކޮށް، ޝަމްނާޒް ވަނީ ސާޖިދާގެ އަގު ވައްޓާލުމަށް ސާޖިދާގެ ކަރޯކޭ ވީޑިޔޯ ސޯޝަލް މީޑިޔާއަށް ލީކް ކޮށްލާފައެވެ. މިކަމާއި ގުޅިގެން އިތުރަށް ކަންކަން ގޯސްވެ، ސާޖިދާ އެދިގެން ޝަމްނާޒް މުލިއާގެއިން ވަނީ ބޭރުކޮށް،

މުލިއާގެއިން ދިޔަވަރު ނޫހަށް ޔަގީން ކޮށް ދިން ގޮތުގައި، ޝަމްނާޒް ސިހުރު ހަދާކަން ޝައްކު ކުރެވިގެން މުއިއްޒުގެ އަނބި ކަނބަލުން ސާޖިދާ، ފުލުހުގައި އުޅޭ އޭނާގެ ކޮއްކޮ އެއް މެދުވެރި ކޮށް މިކަން ތަހުގީގް ކުރަން ފެށީ، ކުޑަ އީދު ދުވަހު މުއިއްޒު އާއި ސަލާން ކުރަން އޮތް ހަފުލާގައި، ޝަމްނާޒްގެ އަމަލުތައް ހުރި ގޮތުން، ސިހުރުގެ ހަރަކާތްތަކެއް އޭނާގެ ކިބައިން ސާޖިދާއަށް ފާހަގަ ވެގެންނެވެ.

އީދު ދުވަހު މި ހިނގި ހާދިސާއަށް ފަހު، ސާޖިދާގެ ކޮއްކޮ އިސްވެހުރެ މި މައްސަލަ ފުލުހުން ތަހުގީގް ކުރަން ފެށިއެވެ. އަދި ފުލުހުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ހިންގި ތަހުގީގުން ފުލުހުން ވަނީ މުއިއްޒަށް ސިހުރު ހަދަން ޝަމްނާޒް އަށް އެހީތެރި ވެފައި ވަނީ ތ. ކިބިދޫ ހުސެން ސަމީރު ކިޔާ މީހެއްކަން ހޯދާފައި ކަމަށް މައުލޫމާތު ލިބެއެވެ..

މިއީ މި މައުލޫމާތު މުލިޔާގެއިން ލިބުނު ގޮތެވެ. ސިހުރު ހެދި ތޯ ބެލުމަށް ހިންގި ތަހުގީގަކީ ކިހާވަރެއްގެ ހަގީގަތެއްގެ މައްޗަށް ބިނާ ކޮށް ހިނގާފައިވާ ތަހުގީގެއް ކަމެއް ސާފުނުވިއަސް، ޝަމްނާޒް ހައްޔަރު ކޮށްފައިވަނީ މުއިއްޒާއި، ލޯބީގެ ގޮތުން ގާތްވުމަށް ކުރި މަސައްކަތުން، ސާޖިދާ ހިތްހަމަ ނުޖެހިގެންނެވެ.

ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ތިން ކުދިން ތިބެ އެވެ. އޭގެ ތެރޭގައި އުމުރުން އެއް އަހަރު ނުފުރޭ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.

މުއިއްޒު އާއި ހިތާވުމަށް ސިހުރުު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ފިރިމީހާ އާދަމް ރަމީޒު ވަނީ ދާދި ފަހުން ޝަމްނާޒް ވަރިކޮށްފައެވެ.

މުއިއްޒު ވެރިކަމުން އައުމަށް ސިހުރު ހަދާފައި ކަމަށް ގިނަ ރައްޔިތުން ތުހުމަތު ކުރެއެވެ. އަދި މުއިއްޒުގެ އާއިލާގެ މުއިއްޒުގެ ކޮއްކޮމެން ތަކެއް ގެއަކަށް ސިހުރު ހަދައި، އެ އެޕާޓްމެންޓް ދޮރުމައްޗަށް ފެން ޖަހާތަން ވަނީ މީގެ ކުރިން ލީކް ވެފައެވެ. މުއިއްޒު ވަނީ ޔާމީން މިނިވަން ވެދާނެކަމަށް އެކަމަށް ވެސް ސިހުރު ހަދާފައި ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް މިއިން އެއްވެސް ތުހުމަތެއް ފުލުހުން ބަލާފައެއް ނުވެއެވެ.