މުއިއްޒު އާއި ލޯބީގެ ގޮތުން ގުޅުމަށް، ސިހުރު ހެދުމުގައި ޝަމްނާޒް ގެ ކޮއްކޮ، ސަނާ ސަލީމް ބައިވެރި ވެފައިވާތީ އޭނާ ވެސް ހައްޔަރު ކޮށްފިއެވެ. ސަނާ ސަލީމް ވަނީ މުލިއާގެއަށް ސިހުރު ފެން އެޅުމުގައި ބައިވެރި ވެފައެވެ. އަދި މުއިއްޒު ސެޓްކޮށް ދިނުމަށް ސިހުރަ ހަދައި ދިނުމުގައި އެކި ގޮތްގޮތުން ބައިވެރި ވެފައެވެ.
މި ވާހަކަ ނޫސްތަކަށް އެރުމުން، ޝަމްނާޒްގެ އިތުރުން، ދެމީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ވެއެވެ. އަދި މި ދެ މީހުން ހައްޔަރުކުރީ ޖޫން 23, ގަ ކަމަށް އެ މެސެޖްގައި ވެއެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ހާޒިރުކޮށް، މުއްދަތު ޖެހީ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުންނެވެ.