އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރާނެ ކަމަށް ނިންމި ނިންމުން އަނބުރާގެނެސް، އެމެރިކާގެ އަރިހުން ދިވެހި ސަރުކާރުން މިއަދު މާފަށް އެދެފިއެވެ. މާފަށް އެދިފައި ވަނީ، އެމެރިކާގެ ފޮރިންގ ސެކްރެޓަރީގެ އަރިހުގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
މުއިއްޒުގެ ފަރާތުން ފޮރިންގ މިނިސްޓަރ އެމެރިކާއަށް ގޮސްފައި ވަނީ، އެމެރިކާއިން އޭނާ އައުމަށް އަންގައިގެން އިތުރު ގޮތެއް ނެތިގެންނެވެ. ފޮރިންގ ސެކެރެޓަރީ ބްލިންކިންގ އާއި އެކު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަ ފުޅުގައި، ޒަމީރު ވިދާޅުވެފައިވާ ކަމަށް ވޮޝިންޓަންގައި ހުންނަ ރާއްޖެ އެމްބަސީއިން ތައްޔަރު ކޮށް ފޮނުވާފައިވާ މީޓިންގ ރިޕޯޓް ގައި ވަނީ "on behalf of our president I apologize on the hasty decision regarding Israel passport" . އެވެ. މާފަށް އެދިފައި ވަނީ އިޒްރޭލާއި، އެމެރިކާ ހިމެނޭ ހެން ދެ ޤައުމުގެ ކިބައިންނެވެ.
ދިޔަވަރު ނޫހަށް މި މިނިޓްސްގެ ސްކްރީ ޝްޓް ލިބިފައިވާއިރު، މީގެ ކުރިން މި ނޫހުން ވަނީ ޒަމީރު އީދު ބަންދަށް ފަހު އެމެރިކާއަށް ހާޒިރު ކުރަން ނިންމާފައި ވާކަން ހާމަ ކޮށްފައެވެ. ދިޔަވަރު ނޫހުން އެ ޚަބަރު ކުރި ގޮތަށް އީދު ބަންދަށް ފަހު، ޒަމީރު ވަނީ އެމެރިކާއަށް ވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ނިންމާފައިވަނީ، އިޒްރޭލު ސަރުކާރުގެ ގަތުލު އާންމު ހިންގާފައިވާ ފަރާތްތަކުގެ ޕާސްޕޯޓުވެސް ބޭން ނުކުރުމަށެވެ.
އިޒްރޭލް މަނާ ކުރަން ނުކުތް މުއިއްޒު ވަނީ އެމެރިކާއާއި ގުޅި، އިޒްރޭލުގެ އެޖެންޓަކަށް ވެފައެވެ. އަދި ޒަމީރު އެނބުރި ރާއްޖެ ވަޑައި ގަންނަވަނީ އިޒްރޭލުން ދިން 20 މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައިގެންނެވެ.