ޚަބަރު

ޓެލެކޮމް އޮޕަރޭޓަރުންގެ ޚިދުމަތްތަކުން ނަގާ ފީތައްވެސް ބޮޑު ކުރަނީ! ރައްޔިތުންގެ ފޯން ބިލް އިންތިހާއަށް ބޮޑުވެގެންދާނެ! މަޖިލިސް އިންތިޚާބު ނިމުމާއެކު ރައްޔިތުންގެ ޖީބުތައް "ފެލާލަން" ކުރިންވެސް އޮތީ ރާވާފަ!

ދިޔަވަރު
ޓެލެކޮމް އޮޕަރޭޓަރުންގެ ޚިދުމަތްތަކުން ނަގާ ފީތައްވެސް ބޮޑު ކުރަނީ! ރައްޔިތުންގެ ފޯން ބިލް އިންތިހާއަށް ބޮޑުވެގެންދާނެ! މަޖިލިސް އިންތިޚާބު ނިމުމާއެކު ރައްޔިތުންގެ ޖީބުތައް "ފެލާލަން" ކުރިންވެސް އޮތީ ރާވާފަ!

ފާއިތުވި ރިޔާސީ އިންތިޚާބުގައި, ރައްޔިތުން އަތުން ނަގާ އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެކަމަށް ވައުދު ވުމަށްފަހު, އާންމު ރައްޔިތުން ދައުލަތަށް ދައްކާ ޖީއެސްޓީ ބޮޑު ކުރުމަށް ނިންމާ, އުރީދޫ އަދި ދިރާގުން ދައުލަތަށްދައްކާ ފީތައްވެސް ބޮޑު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް ސާލިހުގެ ސަރުކާރުން ޖީއެސްޓީ %8 އަށް ބޮޑު ކުރުމުން އެ ސަރުކާރުގެ އެ ނިންމުމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުއިއްޒުއެވެ. އެގޮތުން ރައީސް މުއިއްޒު ފާއިތުވި ރިޔާސީ އިންތިޚާބުގައި ވައުދުވެފައިވަނީ, ރައްޔިތުން އަތުން ނަގަމުން އަންނަ އެއްވެސް ޓެކުހެއް ބޮޑު ނުކުރައްވާނެކަމަށާއި, ރައްޔިތު މީހާގެ ޖީބަށް ބުރަ ބޮޑުވާނެ އިގްތިސާދީ ބަދަލުތައް ނުގެންނަވާނެ ކަމުގައެވެ.

އެހެންނަަމަވެސް އާންމުން ގަންނަ ތަކެއްޗާއި ހޯދާ ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ މިހާރު ނަގާ އަދަދު ބޮޑުކުރަން ސަރުކާރުން މިހާރުވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން ޓެލެކޮމް އޮޕަރޭޓަރުން (އުރީދޫ, ދިރާގުން) ދައުލަތަށް ނަގާ ފީތައް ބޮޑު ކުރުމުން, ރައްޔިތުންގެ ފޯނުބިލަށް އިންތިހާއަށް ބުރަ ބޮޑުވެގެން ދާނެއެވެ.

ރައްޔިތުން އަތުން ނަގާ ޓެކުހާއި އަދި އެހެން އެތައް އާންމު ޚިދުމަތަކުން ނަގާ އަގުތައް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކެބިނެޓުން ފާސްކޮށް މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓްގަ އެވެ. 

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އާމްދަނީ އިތުރުކުރުމުގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން އަޅާނޭ ފިޔަވަޅުތަކަކީ:

  • އެއާޕޯޓް ބޭނުން ކުރާ މީހުންގެ އަތުން މިހާރު ނަގަމުން އަންނަ ފީތަކާއި ޓެކްސްތައް ބޮޑުކުރުން؛ އެނގިފައިވާ ގޮތުގައި އެއާޕޯޓް ޑިވަލޮޕްމަންޓް ފީ ޑަބަލް ކުރަން ރާވާފައިވޭ
  • ދެން އަޅާނޭ ފިޔަވަޅަކީ މިހާރު އިމްޕޯޓް ޑިއުޓީ ނުނަގާ ބައެއް ތަކެތިން އިމްޕޯޓް ޑިއުޓީ ނަގަން ފެށުން 

އާމްދަނީ އިތުރުކުރަން އެންމެ ގިނަ ފިޔަވަޅުތައް ތަންފީޒު ކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން އެ ރިޕޯޓްގައިވާ ގޮތުގައި އަންނަ އަހަރު ތެރޭ އަޅާނޭ ފިޔަވަޅުތަކަކީ:

  • ގްރީން ޓެކްސް ބޮޑުކުރުން
  • ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން
  • އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން 
  • ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން
  • ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ބޮޑުކުރުން
  • ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން

އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ވަރަށް ގިނަ ފިޔަވަޅުތައް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަޅަން ފަށާނެ އެވެ.