ރައީސް މުއިއްޒު، ޚަރަދު ކުޑަ ކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކުން މީހުން ވަކި ކުރާނެ ކަމަށް ވިދާޅުވެ ދާދި ދެންމެއަކު ޓްވީޓް ކުރެއްވި އިރު، މިއަދު ލަންކާގެ އެމްބަސީއިން 2 މީހަކަށް ވަޒީފާ ދީފައި ވާކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ. މި ގޮތުން އައްޔަން ކޮށްފައިވާ 2 ޑިޕްލޮމެޓުންނަށް އަހަރެއްގެ މައްޗަށް 6.8 މިލިއަން ރުފިޔާ މަދުވެގެން ޚަރަދު ވާނެއެވެ. އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި ފައިސާ ދެނީ ޑޮލަރުން ކަމަށް ފޮރިން މިނިސްޓްރީއިން މި މައުލޫމާތު ދިޔަވަރު ނޫހާއި ހިއްސާ ކުރި ފަރާތުން ސާފު ކޮށް ދެއްވިއެވެ.
ހަރަދު ކުޑަ ކުރަމަށް ސިޔާސީ މަގާމުތައް މަދު ކުރަން ޖެހޭ ކަމަށް ރައްޔިތުން ބުނަމުން ދާތީ، އެކަމާއި ގުޅުވައިގެން މުއިއްޒު ކޮށްފައިވާ ޓްވީޓަކީ އެއްވެސް ގޮތަކަށް އެކަން ކުރުމުގެ ހިތް ނިޔަތުގައި އިހްލާސްތެރިކަމެއް ހުރެގެން ކުރި ކަމެއް ކަމަށް ނުބެލެވެއެވެ. ރައްޔިތުންގެ ހާސްތައް ފިލުވުމަށް އާންމުކޮށް އެމަނިކުފާނު ހައްދަވާ ފަދަ އިތުރުފުޅެއް އަނެއްކާވެސް ހެއްދެވީ ކަމުގައި، ސިޔާސީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ސިޔާސީ ވަޒީފާއިން މީހަކު ވަކި ކުރެވޭނީ، ވަޒީފާގައި ތިބި ބަޔަކު، ތިބި ވަރެއް ރައްޔިތުންނަށް ހާމަ ކުރުމަށް ފަހު! ވަކި ކުރިއްޔާ ވަކިކުރިކަން، މަދު ކުރިއްޔާ މަދުކުރި ވަރެއް އެނގޭނީ ތިބި ވަރެއް ސާފުވެގެން. އެ މައުލޫމާތު ސިއްރު ކޮށްގެން ހުރެ، ސިޔާސީ ވަޒީފާތައް މަދު ކުރާނެ ކަމަށް އެ ވިދާޅުވާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް. އޮޅުވާލުމެއް.
އޭނާ ދިޔަވަރު ނޫހަށް ކިޔައި ދިނެވެ.
ރައީސް މުއިއްޒު ގެންގުޅުއްވަނީ ހުރިހާ ކަމެއްގައިވެސް ދޮގު ހަދައި އޮޅުވާލުމުގެ ސިޔާސަތެކެވެ. މިކަމުގެ ސަބަބުން އެމަނިކުފާނަށް ވަނީ އެއް ދޮގު ފޮރުވަން އިތުރު އެތައް ދޮގެއް ހަދަން ޖެހިފައެވެ. މިކަމާއި ގުޅިގެން ރައްޔިތުން ރައީސް އަށް މުހާތަބުކޮށް، ދަނީ "ކައްޒާބު" ކިޔަމުންނެވެ. ކައްޒާބުގެ މާނަ އަކީ ދޮގު ހަދާ މީހާއެވެ.