ޝަހީމް ޗައިނާއަށް ގެންގޮސްފައިވަނީ، އިސްލާމުންނަށް ކުރިޔާ އަނިޔާ ފޮރުވައި، ޗައިނާގެ މޫނުމަތި ރީތި ކުރުމަށް ކަން ޝަހީމް ކޮށްފައިވާ ޓްވިޓަރ ޕޯސްޓް ތަކުން ސާފު ވެއްޖެއެވެ. އިސްލާމީ ޤައުމަކަށް ޗައިނާ ނުވާއިރު، އަދި އިސްލާމުންނާއި އެންމެ އަދުއްވުކަން ބޮޑު ކޮށް އިސްލާމުންނަށް އެ ސަރުކާރަކުން އަނިޔާ ކުރާ އެންމެ ބޮޑު އާބާދީއެއް އޮތް ގައުމަކީ އިޒްރޭލާއި ޗައިނާއެވެ.
ޗައިނާއިން ވީގަރ މުސްލިމުންނަށް ކުރަމުންދާ އަނިޔާ ބައިނަލްއަޤްވާމީ މުޖުތަމަޢު އަށް ފޮރުވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ގޮތުން ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ އިސްލާމިކް މިނިސްޓަރ ގެންގޮސް، އެ ޤައުމުގައި މި ގޮތަށް ގެންނަ ފަރާތްތަކަށް ދެއްކުމަށް ހަމަ ޖެހިފައި ހުންނަ މިސްކިތަށް ގެންގޮސް ޝަހީމަށް ވަނީ މިސްކިތް ދައްކާލާފައެވެ. ޝަހީމް ވަނީ ޗައިނާ އިން ބޭނުންވާ ފޮޓޯ ގަނޑު ނަގައި ޓްވީޓް ކޮށްފައެވެ.
1 މިލިއަނަށް ވުރެ ގިނަ މުސްލިމުން ޖަލަށް ލައިގެން އުޅޭ ޗައިނާ ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް ބޭނުންވާ ފޮޓޯ ޝަހީމް ޓްވީޓް ކުރުމުން، ރާއްޖޭގެ ރައްޔިތުންނަށް އެ ފޮޓޯ ފެނި ޗައިނާއިން ހިންގާ އިންސާނިއްޔާތާއި ޚިލާފު އަމަލުތައް އެއީ ނުހިނގާ ކަމެއްކަމަށް ދެއްކުމަށް ފުރުޞަތު ލިބެއެވެ. މިއީ މުޅި އިސްލާމީ އުންމަތަށް ޝަހީމްގެ ފަރާތުން ލިބުނު އަނިޔާވެރި ކަމެކެވެ. އެއް މިއަނަށް ވުރެ ގިނަ މުސްލިމުން ރީއެޑިޔުކޭޝަން ކޭމްޕް ތަކުގައި ހައްޔަރުގައި ތިބި ވާހަކަ ތައް، އަލްޖަޒީރާއާއި، އދ. ގެ ކަމާއި ބެހޭ އިދާރާތަކުން ދިރާސާކޮށް ހާމަ ކޮށްފައިވާކަން ސީދާ ޝަހީމަށް ވެސް އެނގޭނެއެވެ. ނަމަވެސް މުސްލިމުންނަށް ދޭ އަނިޔާތައް ފޮރުވުމުގައި ޝަހީމް މިވަނީ މިއަދު ބައިވެރި ވެފައެވެ.
ޗައިނާގެ މަދު މިސްކިތެއްގައި ނޫނީ މިއަދު ގުއްބެއް މުންނާރެއް ނެތެވެ. ޗައިނާ ސަރުކާރުން ވަނީ ފާއިތުވި 2 އަހަރު ތެރޭ 4000 މިސްކިތް ބުދު ފައްޅިތަކުގެ ސިފައަށް ބަދަލު ކޮށްފައެވެ. ބަދަލު ނުކޮށް ހުރީ، މޫނު މަތި ރީތި ކުރަން، މި ގޮތަށް ގެންނަ މީހުންނަށް ދެއްކުމަށް ބަހައްޓާފައިހުރި ދެތިން މިސްކިތެކެވެ.
ޗައިނާގައި ވީގަރ މުސްލިމުން ރޯދަ ހިފުން މަނާކޮށް، ނަމާދު ކުރުން މަނާ ކޮށް، އެމީހުންގެ ދަރިން 3 އަހަރުގައި މައިންބަފައިންނާއި ވަކިކޮށް، ޔާތީމް ހާނާ ތަކަށް ގެންދާ ވާހަކަ ތަކަކީ އިތުބާރު ހުރި އަލްޖަޒީރާ ފަދަ ބައިނަލްއަގުވާމީ ހުރިހާ ނޫސްތަކަކުންނާއި، އދ.ގެ ރިޕޯޓްތަކުގައި ކަނޑައެޅިގެން ހިމަނާފައިވާ ވާހަކަ ތަކެވެ.