ޚަބަރު

ޝަމްނާޒް ލައްވާ މުއިއްޒުވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސިހުރު ހާހޫރު ހަދާ ޖިންނި ޝައިޡާނުންގެ އެހީތެރިކަން ހޯދާފަ! ސިހުރު ހާހޫރުގެ ޝިކާރައަކަށް އެންމެފަހުން މިވީ ޚުދު މުއިއްޒު! ޝަމްނާޒް ހައްޔަރު ކުރީ ސާޖިދާގެ އަމުރަށް!

ދިޔަވަރު
ޝަމްނާޒް ލައްވާ މުއިއްޒުވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސިހުރު ހާހޫރު ހަދާ ޖިންނި ޝައިޡާނުންގެ އެހީތެރިކަން ހޯދާފަ! ސިހުރު ހާހޫރުގެ ޝިކާރައަކަށް އެންމެފަހުން މިވީ ޚުދު މުއިއްޒު! ޝަމްނާޒް ހައްޔަރު ކުރީ ސާޖިދާގެ އަމުރަށް!

ރައީސް މުއިއްޒު އާއި ލޯބީގެ ގޮތުން ގުޅުމަށް، ސިހުރު ހެދުމުގެ ތުހުމަތުގައި މިހާރު ހައްޔަރު ކޮށްފައިވާ, މިހާރު ސަސްޕެންޑް ކޮށްފައިވާ ރައީސް އޮފީހުގެ މިނިސްޓަރ އަދި މުއިއްޒުގެ ގާތް އެކުވެރިޔާ ރަމީޒުގެ ކުރީގެ އަނބިކަނބަލުން ޝަމްނާޒް ލައްވާ ޚުދު ރައީސް މުއިއްޒުވެސް އެތައް ފަހަރެއްގެ މަތިން ސިހުރު ހާހޫރު ހަދާފައިވާކަމުގެ މައުލޫމާތު "ދިޔަވަރު އޮންލައިން"އަށް ލިބިއްޖެއެވެ.

މައުލޫމާތު އެނގިހުރި ފަރާތަކުން, ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި, ޝަމްނާޒް ލައްވާ މުއިއްޒު އެންމެ ފުރަތަމަ ސިހުރު ހަދާފައިވަނީ ފާއިތުވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށެވެ. އެހެންނަމަވެސް މާލޭގެ މޭޔަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށްވެސް, ޝަމްނާޒް ސިހުރު ހަދާފައިވި ނަމަވެސް, ސީދާ ރައީސް މުއިއްޒު މެދުވެރިވެ, އަދި މުއިއްޒު ޚަރަދު ކޮށްގެން "މުޖައްރިބު ސިހުރު ހާހޫރު" ޝަމްނާޒް މެދިވެރިކޮށް ހަދާފައިވަނީ ފާއިތުވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްކަމަށް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދީފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ޝަމްނާޒްގެ އާއިލާއަކީ ސިހުރު ހާހޫރު ހެދުމަށް މަޝްހޫރު އައިލާއެކެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް މުއިއްޒުވަނީ އެއާއިލާގެ އެހީތެރިކަމުގައި, ސިހުރު ހާހޫރުގެ ބާރުން, ޖިންނި ޝަައިޡާނުންގެ އެހީތެރިކަން ހޯދާފައިކަމަށް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދީފައިވެއެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުންވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް, ރައީސް މުއިއްޒުގެ އެދުމަށް ޝަމްނާޒް ހެދި ސިހުރު ހާހުރުގެ ތަފްސީލުތައްވެސް ހިއްސާކޮށްފައެވެ.

އެގޮތުން, ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ހަދާފައިވާ ސިހުރު ހާހޫރުގެ ތަފްސީލުތައް ކިޔައިދެމުން މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައިވަނީ, އެކަމަށްޓަކާ އެންމެ ފުރަތަމަ ހޯދާފައިވަނީ 10 ވަރަކަށް އިންޗި ހުންނަވަރުގެ ވާތު ސަންގެއް ކަމުގައެވެ. ވާތު ސަންގަކީ ކަނޑުގެ ފުނުން (ގާތްގަޑަކަށް 30 މީޓަރާއި 40 މީޓަރުގެ ފުނުން) ނަގާ އެއްޗެކެވެ. އެއީ ޑައިވިނަށް ދާ ފަރާތްތަކަށް ވަރަށް މަދުން ފެންނަ އެއްޗަކަށްވާއިރު ވާތު ސަންގު އާންމުކޮށް ފެންނަނީވެސް ގިނަ ފަހަރަށް ރެނދުލާ ނުވަތަ ވަަރަށް ބޮޑަށް ހަލާކުވެފައި ހުއްޓައެވެ. އެހެންކަމުން ގެއްލުމެއް ނުވެ, ފުރިހަމައަށް ހުންނަ ވާތު ސަންގު ކަނޑުގެ ފުނުން ފެންނަނީ ވަަރަށްވެސް މަދުންނެވެ. އަދި ފެންނަ ވާތު ސަންގުތައްވެސް ގިނަފަހަހަރަށް ފެންނަނީ ވެލިގަޑުގެ ތެރެއަށް ވަދެއްފައި ހުއްޓައެވެ. ގިނަފަހަރަށް ފެންނަން ހުންނަނީ އޭގެ ނިގޫކޮޅު ވެލިގަޑުން މައްޗަށް ހިއްލިފައި ހުއްޓައެވެ.

އޭނެ ނަތީޖާއެއްގެ ގޮތުން ވާތު ސަންގަނީ މަދުން ލިބެން ހުންނަ އަގުބޮޑު އެއްޗެކެވެ. ސިހުރު ހާހޫރު ހަދާ މީހުން ބޮޑެތި ކަންކަމުގައި ސިހުރު ހާހޫރު ހެދުމަށް ވާތު ސަންގުގެ ބޭނުން ކުރަނީ ވާތު ސަންގަކީ ޖިންނި ޝައިޡާނުން ވަރަށް ބޮޑަށް ދޯޅުވާ ނުވަތަ އަވަލާ އެއްޗަކަށް ވާތީއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވި ގޮތުގައި, މުއިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ޝަމްނާޒްއާއި އޭނާގެ އާއިލާއިން ސިހުރު ހާހޫރު ހަދާފައޮތް ވާތު ސަންގު ފައްތާލާފައިވަނީ ބަރަވެލި ކަނޑުގެ ފުނަށެވެ. އަދި ކިޔެވެލި ކިޔެވުމަށްފަހު ވާތު ސަންގު ބަރަވެލި ކަނޑަށް ފައްތާލީ ރޭގަނޑުގެ ކަނު އަނދިރީގައި މެންދަމުން 12:00 ގައިކަމަށްވެސް އޭނާ ކިޔައިދީފައި ވެއެވެ. އޭނާ ވިދާޅުވީ މުޖައްރިބު ސިހުރެއްގެ ގޮތުގައި ހެދި މި ސިހުރު ހެދީ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ 10 ވަރަކަށް ދުވަސް ކުރިންނެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވެފައިވަނީ, ވާތު ސަންގު ގަތުމަށާއި އަދި ހެދި ސިހުރު ހާހޫރަށް ރައީސް މުއިއްޒުވަނީ ޖުމްލަ 10 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމުގައެވެ.

ޖިންނި ޝައިތާނުންގެ އެހީތެރިކަމުގައި ސިހުރު ހާހޫރު ހެދުމަކީ ކަނޑައެޅިގެން ހަރާމް ކަމެކެވެ. އަދި ޖިންނި ޝައިޡާނުންގެ އެހީގައި ހަދާ ސިހުރު ހާހޫރުގެ އެހީގައި އިންތިޚާބުތައް ކާމިޔާބުވާކަމަށް އީމާންވުމަކީވެސް ދީނީ އަގީދާގައި ހިމެނިފައިވާ ކަމެއް ނޫނެވެ.

އެހެންނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މުއިއްޒުވަނީ ރިޝްވަތުގެ ހަރާމް ފައިސާ ބަހާ, ސިހުރު ހާހޫރުވެސް ހަދާފައެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅިވި ގޮތުގައި, ސިޓީ ކައުންސިލްގައި މުއިއްޒު މަސައްކަތް ކުރެއްވިއިރުވެސް, މުއިއްޒު އުޅުއްވީ ޝަމްނާޒްއާއި "ހިތާ ވެގެން" (ލޯބީގެ ގޮތުން ގުޅިގެން)ނެވެ. އަދި އޭރުވެސް މުއިއްޒުގެ ހިތް ލެންބެވުމަށް ޝަމްނާޒް ސިހުރު ހަދާފައިވާކަމަށް މިހާރު ޔަގީން ކުރެވޭކަމަށްވެސް މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ އޭގެ އެންމެ ބޮޑު ހެއްކަކީ ރައީސް މުއިއްޒު އެންމެ ފުރަތަމަ މުލިއާގެއިން ޝަމްނާޒްއަށް ވަޒީފާ ދިން ދިނުމެވެ. އެހެންނަމަވެސް ޝަމްނާޒް މުލިއާގެއިން އެންވަޔަރމަންޓް މިނިސްޓްރީއަށް ބަދަލު ކޮށްފައިވަނީ ސާޖިދާ ޝަމްނާޒް މުލިއާގޭގައި ބަހައްޓަން ބޭނުން ނުވުމުންކަމަށް އެނގިފައި ވެއެވެ.

އެއަށްފަހު މުއިއްޒުއާއި ސާޖިދާ ދުރު ކުރުުވުމަށް ޝަމްނާޒް ފަހުން ސިހުރު ހަދަމުން ގެންގޮސްފައިވަނީ ސްރީ ލަންކާގައެވެ. އަދި އެ މައުލޫމާތު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާއަށް ކަށަވަރުވެ ޔަގީންވުމާއެކު, ޝަމްނާޒް މިހާރު ހައްޔަރު ކޮށްފައިވަނީ ސީދާ ސާޖިދާގެ އަމުރަށްކަމަށް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައި ވެއެވެ.

ޝަމްނާޒް ހައްޔަރުކޮށް މިހާރުވަނީ 7 ދުވަހުގެ މުއްދަތުވެސް ޖަހާފައެވެ.