ޚަރަދު ކުޑަ ކުރުމުގައި އިހްލާސްތެރިކަން ނެތް ކަމާއި، ދައްކަނީ ދަޅަކަން އެންމެ ބޮޑަށް އެނގި ފާޅުވެގެން ދަނީ، އެކަމަށް އެންމެ ބާރަށް ގޮވާލަމުން ދާ ފަރާތްތައް ފެނުމުންނެވެ. އެއީ މަލްޝާއާއި، ޝިއުނާއެވެ.
ދެމީހުންވެސް ވަނީ ޓްވިޓަރ ގައި ސަރުކާރުގެ ޚަރަދު ކުޑަ ކުރާނެ ކަމަށް ބުނެ މުއިއްޒު ކޮށްފައިވާ ޓްވީޓް އަށް ތާޢީދު ކޮށް ޓްވީޓް ކޮށްފައެވެ. އަދި ޚަރަަދު ކުރުމުގެ ވާހަކަ އެންމެ ހަރު އަޑުން ދައްކަނީ މި ދެ މިނިސްޓަރުންނެވެ.
ދެމީހުންވެސް ޓްވިޓާރ ގައި ރައްޔިތުންނަށް އޮޅުވާލުމަށް ދަނީ ކަނޑައެޅިގެން ބޮޑެތި ދޮގު ހަދަމުންނެވެ. މި ގޮތުން ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި ކަމަށް ބުނެ، ބޮޑެތި އަދަދު ތައް އުފައްދައިގެން ޖަހައި އެ ދަނީ ފަތުރަމުންނެވެ.
ލިޔެމުން ދަނީ ޑެޕިއުޓީ މިނިސްޓަރުންގެ އަހުލާގީ މިންގަނޑުން ބޭރުން ދަށު ދަރަޖައިގެ ބަހުރުވަ ބޭނުން ކޮށްގެންނެވެ. އަޅުގަނޑުމެންގެ ނިކަމެތި ރައްޔިތުންގެ އަތުން ޓެކްސް ބޮޑުކޮށް، ޓުއަރިޒަމް ސިނާއަތަށް ރާއްޖޭގެ ތާރީޚުގައި ނުލިބޭ ބޮޑެތި ގެއްލުން މި ވެރިކަމުގައި ދީފައިވާ ބަޔަކު އަނެއްކާ ޓުއަރިޒަމް ޓެކްސް ތައް ބޮޑު ކުރަނީ، މަލްޝާ އާއި ޝައުނާ ފަދަ މީހުންނަށް މުސާރަ ދިނުމަށެވެ.
ގިނަ ބަޔަކު ދަނީ މި މީހުންގެ ދަށް އަޚުލާގީ ފެންވަރާއި، ތައުލީމީ ނާގާބިލު ކަމާއި، މުއިއްޒުގެ ދެފުއްކެހެރި އަމަލު ތަކަށް ނުރުހުން ފާޅު ކުރަމުންނެވެ.