ޚަބަރު

ގައުމީ ގުރުއާން މުބާރާތް އިފްތިތާހު ކޮށްދެއްވަން މުއިއްޒު ވަޑައެއް ނުގެންނެވި! އެ މުބާރާތް ހެއްދެވީ ދެވަނަ ދަރަޖައިގެ މުބާރާތަކަށް!

ދިޔަވަރު
ގައުމީ ގުރުއާން މުބާރާތް އިފްތިތާހު ކޮށްދެއްވަން މުއިއްޒު ވަޑައެއް ނުގެންނެވި! އެ މުބާރާތް ހެއްދެވީ ދެވަނަ ދަރަޖައިގެ މުބާރާތަކަށް!

36 ވަނަ ގައުމީ ގުރުއާން މުބާރާތް އިފްތިތާހު ކޮށްދެއްވުމަށް ރައީސް މުއިއްޒު ވަޑައި ނުގެން, އެ މުބާރާތް ހުޅުއްވައި ދެއްވުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ފޮނުއްވައިފިއެވެ.

1029 ބައިވެރިންނާއެކު 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ފަށާފައިވަނީ ރޭގައެވެ. ރޭގެ މުބާރާތް އިފްތިތާހު ކޮށްދެއްވާފައިވަނީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއެވެ.

"ދިޔަވަރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ރޭގެ މުބާރާތް އިފްތިތާހު ކޮށްދެއްވުމަށް ވަޑައިގެން ދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ ދައުވަތު ފޮނުއްވީ ރައީސް މުއިއްޒުއަށެވެ. އެހެންނަމަވެސް ވަގުތު ނެތްކަމަށް ވިދާޅުވެ އެ މުބާރާތް އިފްތިތާހު ކޮށްދެއްވުމަށް ވަޑައި ނުގެންނެވޭނެކަން މުއިއްޒު ވަނީ އަންގަވާފައެވެ.

އަދި މުބާރާތް އިފްތިތާހު ކޮށްދިނުމަށް މުއިއްޒު ވަޑައިގެން ނުގެންނެވުމުން, މުބާރާތް އިފްތިތާތހު ކޮށްދެއްވާފައިވަނީ ހުސެއިން މުހައްމަދު ލަތީފްއެވެ.

ގައުމީ ގުރުއާން މުބާރާތް އިފްތިތާތާހުކޮށް ދެއްވުމަށް މުއިއްޒު ވަޑައިގެންފައި ނުވާއިރު, މި މުބާރާތަށްވުރެ މާ އާދައިގެން އިވެންޓުތައް އިފްތިތާހު ކޮށްދެއްވުމަށް މުއިއްޒު ވަަޑައިގަންނަވާކަން ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް, ދީނީ ވަހުދަތު ކުރިއެރުވުމަށް ވައުދުވެގެން ވަޑައިގެންނެވި މުއިއްޒު ވެރިކަން ލިބިވަޑައިގަތުމަށްފަހު ގެންދަވަނީ, ވެވަޑައިގެންނެވި ވައުދުތަކަށް ޚިޔާާތްތެރިވެ, ލާދީ އެތައް ހަރާކާތަކަށް ރާއްޖޭގައި ފުރުސަތު ދެމުންނެވެ. އެގޮތުން އެކިއެކި މުނާސަބަތުތަކުގައި ދެޖިންސުގެ ޒުވާނުން އެއްތަންވެ މިއުޒިކު ކުޅުމާއި, މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް އޮންލައިން ޖުއާ ތައާރަފް ކުރުންވެސް ހިމެނެއެވެ.

އަދި މުއިއްޒު ގެންދަވަނީ އިޒްރޭލު ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ދެކޮޅު ހައްދަވަމުންނެވެ.