ޚަބަރު

އެމްޕީއެލް ގަންނަ ކުންފުނި އަތުން ޓެކްސް ނުނަގަން މުއިއްޒު ނިންމަވައި، އިނދަ ޖެހެމުންދާ ޓުއަރިޒަމް ސެކްޓާރ އިން ޓެކްސް ނެގުމަކީ ސީދާ މި އިންޑަސްޓްރީ ނައްތާލުން: އިންޑަސްޓްރީގެ އިސް ފަރާތްތައް

ދިޔަވަރު
އެމްޕީއެލް ގަންނަ ކުންފުނި އަތުން ޓެކްސް ނުނަގަން މުއިއްޒު ނިންމަވައި، އިނދަ ޖެހެމުންދާ ޓުއަރިޒަމް ސެކްޓާރ އިން ޓެކްސް ނެގުމަކީ ސީދާ މި އިންޑަސްޓްރީ ނައްތާލުން: އިންޑަސްޓްރީގެ އިސް ފަރާތްތައް

އެމްޕީއެލް ގަންނަ ކުންފުނި އަތުން ޓެކްސް ނުނަގަން މުއިއްޒު ނިންމަވައި، އިނދަ ޖެހެމުންދާ ޓުއަރިޒަމް ސެކްޓާރ އިން ޓެކްސް ނެގުމަކީ ސީދާ މި އިންޑަސްޓްރީ ނައްތާލުން ކަމަށް ބުނެ ދިނުމަށް، ޓުއަރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކެއް ދިޔަވަރު ނޫހާއި ވާހަކަ ދައްކައިފިއެވެ.

މުއިއްޒުގެ ސަރުކާރު އައިސް އިންޑިޔާގެ ވެރިންނަށް ހުތުރު ބަހުން އެއްޗެހި ގޮވުމުގެ ސަބަބުން ފަތުރުވެރި ކަމުގެ ސިނާއަތަށް ވަނީ 3.8 ބިލިއަން ޑޮލަރުގެ ގެއްލުން މިއަހަރު އެކަނި ކުރި މަތިވެފައެވެ. މީގެ އިތުރުން އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް އަމިއްލައަށް ނިންމި ނިންމުމުގެ ސަބަބުން ބޭރުގެ މީޑިޔާތަކުން ރާއްޖެ ނުދިޔުމަށް ވަނީ އެދިފައެވެ. މިގެއްލުން ކުރިމަތިވީ ޚާރިޖީ ގޮތުން ބަލަން ޖެހޭ ކަންކަމަށް ނުބަލައި އަދި ޚިކުމަތްތެރި ކަމާއި އެކު އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ އުސޫލެއް ސަރުކާރުން ނަހަދައި ކުއްލިއަކަށް ކެބިނެޓުން އިޒްރޭލް ޕާސްޕޯޓް މަނާ ކުރަން ނިންމުމުންނެވެ.

މީގެ އިތުރުން މުއިއްޒު އިންޑިޔާއަށް އިންޑިޔާ ސަރުކާރުގެ މެހެންދާރީގައި ވަޑައިގެން ހުންނަވައިގެން، ކުރީ ސަރުކާރުން އިންޑިޔާ އެކުގައި ހަދާފައިވާ އެއްބަސް ވުންތައް އިންވެސްޓިގޭޓް ކުރަން ފަށައިފި ކަމަށް 241 ކޮމިޓީ އިން ނިންމުމުން، އިންޑިޔާ މީޑިޔާއިން އެކަން ގެނެސް ދިނީ މުއިއްޒު އަކީ ވަރަށް ގޮތެއް ނެތް މީހެއް ގޮތުގައިއެވެ. މިކަމުގެ ސަބަބުން އިންޑިޔާއިން ރާއްޖެއަށް މީހުން އަންނަ ވަރު އިތުރަށް މަދުވެފައި ވެއެވެ.

މި ފަހުން މުއިއްޒު އާއި ލޯބީގެ ގޮތުން ގުޅުންތަކެއް ބޭއްވުމަށް މަސައްކަތް ކުރި އަންހެނަކު، ސާޖިދާގެ ބާރުން ޖަލަށް ލުމަށް ފަހު، ސާބިތު ނުވަނީސް، އެ އަންހެން މީހާ ސިހުރު ހެދިކަމަށް ބުނެ، ހައްޔަރު ކުރުމުން، ރާއްޖެއަކީ ސިހުރު ހަދާ އަނިޔާވެރި ޤައުމެއް ގޮތުގައި ބޭރުގައި އިސްތިހާރުވެ، ރާއްޖޭގެ ރީތި ނަމަށް އޭގެ އަސަރު ވަނީ ކޮށްފައެވެ.

މުއިއްޒުގެ ސަބަބުން ފަތުރުވެރި ކަމަށް އިންތިހާއަށް އަސަރު ކޮށް، އެތައް ބިލިއަން ޑޮލަރަކުން ފަތުރުވެރި ކަމުގެ އިންޑަސްޓްރީ އަށް ގެއްލުން ދިނުމަށް ފަހު، އެ ވަރުން ނުވެގެން، ގްރީން ޓެކްސް އާއި ޓީޖީއެސްޓީ ބޮޑު ކުރަން ނިންމު މަކީ، މުޅި އިންޑަސްޓްރީ ދޮވެލުން ކަމުގައި މި ސިނާއަތުގެ ގިނަ މީހުން ދެކެއެވެ. މި ގޮތުން އިންވެސްޓަރުން އިތުރަށް ރާއްޖޭގެ ރިސޯޓްތަކަށް އިންވެސްޓް ނުކުރުމާއި، ރިސޯޓްތައް ދޫކޮށްލާފައި ދިޔުމުގެ ބިރު އޮތް ކަމަށް އިންޑަސްޓްރީގެ އިސް ފަރާތްތަކުން ދަނީ ހާމަ ކުރަމުންނެވެ.