ޚަބަރު

ސައުދީ ސަރުކާރުން ބަލައި ނުގަތުމުން, ޠާހާ އެންމެ ފަހުން ޕާކިސްތާން ސަފީރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި!

ދިޔަވަރު
ސައުދީ ސަރުކާރުން ބަލައި ނުގަތުމުން, ޠާހާ އެންމެ ފަހުން ޕާކިސްތާން ސަފީރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި!

ދިވެހިރާއްޖެއިން ސައުދީ އަރަބިއާއަށް ކަނޑައަޅާ ސަފީރުކަމަށް ނ. ހޮޅުދޫ، އުފަންވެލި މުޙައްމަދު ޠާހާ އައްޔަން ކުރުމަށް ސައުދީ ސަރުކާރުން ދެކޮޅު ހެދުމާއި ގުޅިގެން, ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަޑައަޅާ ސަފީރުކަމަށް އޭނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ރައީސް މުއިއްޒު ޠާހާ ސައުދީ ސަފީރުކަމަށް އައްޔަން ކުރުމަށް އެންމެ ފުރަތަމަ މަޖިލީހަށް ނަން ފޮނުއްވާފައިވަނީ ފާއިތުވި އެޕްރިލްމަހުގެ 2 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް އޭނާ އެމަގާމަށް އައްޔަން ކުރުމަށް ސައުދީ ސަރުކާރުން ރުހުން ނުދޭނެކަން މި ސަރުކާރަށް އަންގާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ މެދުވެރިކޮށެވެ. މުއިއްޒު ސިޔާސީ މަގާމްތަކަށާއި, އަދި ސަފީރުކަމަށާއި, އެމްބަސީތަކަށް އައްޔަންކުރާ އެހެން ފަރާތްތަކެކޭ އެއްފަދައިން, ޠާހާއަކީވެސް އެފަދަ މަގާމަކަށް ގާބިލް ނޫން, އަދި އެކަށީގެންވާ އިލްމެއްވެސް ލިބިފައިވާ ފަރާތެއް ނޫނެވެ.

އެގޮތުން އޭނާވެސް އެ މަގާމަށް އައްޔަން ކޮށްފައިވަނީ މުއިއްޒުއާއި އޮންނަ ގުޅުމަށް އެކަނި ބަރޯސާ ކޮށްފައެވެ.

ސަފީރެއްގެ ގޮތުހައި ތާހާ ބަލައި ނުގަންނާނެކަން ސައުދީ ސަރުކާރުން އެންގުމާއި ގުޅިގެން އޭނާގެ ނަން އަނބުރާ ގެންދިއުމަށްފަހު, ޕާކިސްތާނަށް އައްޔަންކުރާ ސަފީރެއްގެ ގޮތުގައި, ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯދުމަށް މުއިއްޒު ވަނީ މިދިޔަ މަހުގެ 19ވަނަ ދުވަހު މަޖިލީހަށް އަނެއްކާވެސް އޭނާގެ ނަން ފޮނުވާފައެވެ.

އެއަށްފަހު އެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހެވެ. ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޓީން ނިންމީ އޭނާއަކީ އެ މަގާމުތަކަށް އެކަށީގެންވާ ފަރާތް ކަމަށެވެ.

އަދި މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމުން ޕާކިސްތާނު ސަފީރުކަމަށް ބަދަލުކުރުމަށް ތާހާއަށް ވަނީ 82 މެންބަރުން ވަނީ ވޯޓު ދީފައެވެ.

މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމްތަކަށް މުޅިންވެސް ހަމަޖައްސަވަމުން ގެންދަވަނީ މުއިއްޒުއާއި ސާޖިދާއާއި ގުޅުން އޮންނަ ފަރާތްތައް އެކަންޏެވެ.