ޚަބަރު

‏މާތްކަލާކޯ – ފައިދާއެއް ނެތް ގެއްލުމުގެ ކުންފުންޏަކުން ކޮށްލާ ބޭކާރު ޚަރަދުތައް!

ދިޔަވަރު
‏މާތްކަލާކޯ – ފައިދާއެއް ނެތް ގެއްލުމުގެ ކުންފުންޏަކުން ކޮށްލާ ބޭކާރު ޚަރަދުތައް!

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެއްވެސް ފައިދާއެއްނެތް ބޭކާރު ކުންފުނިތައް އުވާލާނެކަމަށް ފިނޭންސް މިނިސްޓަރު ޑރ ޝަފީޤު ވަނީ ވިދާޅުވެފައެވެ. މިފަދަ ކޮންމެ ޚަބަރެއްގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާ ކުންފުނިތަކުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަން އާއި އެމްއައިޓީޑީސީ ހިމެނެއެވެ. އެމްއައިޓީޑީސީން ދަޢުލަތަށް އެއްވެސް ފައިދާއެއް ލިބޭ މަސައްކަތެއް ނުކޮށްތިބެ ބޮޑެތި ސިންގާ ޚަރަދުތައްކުރަނީއެވެ.
‏މިގޮތުން ވޭތުވެދިޔަ 2 މަހެއްހާ ދުވަހުގެ ސަރުކާރުގެ ގެޒެޓް ބައްލަވާލައްވާށެވެ.
‏ބަރެސްދޫ އާއި ކާށިދޫ ވެލުއޭޝަން ހަދަން އިއުލާނުކޮށްފިއެވެ. މިއީވެސް ލައްކަ ގިނަ ފައިސާއެވެ. ދޭން ބޭނުންވަނީ މިނިސްޓަރު ފައިސަލް ބުނާ ކުންފުންޏަކަށެވެ.
‏އޮފީސް ހިންގާނެ އިމާރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. 3,000 އަކަފޫޓުގެ އޮފީސް އިމާރާތެއް ލިބޭނީ މަހަކު އެންމެ މަދުވެގެން 75,000 ރުފިޔާއަށެވެ. ބޭނުމަކީ ކޮބައިތޯއެވެ؟ މިހާރު މަސައްކަތްކުރަން ތިބި އޮފީސް ކުޑަވީއެވެ.
‏މާކެޓިންގ ކުންފުންޏެއް ހޯދަން އިއުލާނުކޮށްފިއެވެ. މިމަސައްކަތް އޮތީ އެމްޑީ ޝިއުނާ ބޭނުންވާ ބަޔަކަށް މަހަކު 30,000 ރުފިޔާއަށް ދީފައެވެ. އެމްއައިޓީޑީސީން ކޯންޗެއް މާކެޓް ކުރަންތޯއެވެ؟
‏އެމްޑީ ޝިއުނާއަށް ޕާސަނަލް އެސިސްޓެންޓެއް ހޯދަން އިއުލާނުކޮށްފިއެވެ. ދުވަހުން ދުވަހަށް އޮފީހުގައި ކުރާނެ މަސައްކަތް އަމިއްލައަށް ކުރާނެހާ ޤާބިލްކަން ނެތުމުން ގާތް ރައްޓެއްސަކު ވައްދަން އިއުލާނުކޮށްލީއެވެ.
‏އޭގެ އިތުރުންވެސް އެތައް ބައިވަރު ވަޒީފާއެއް ހޯދަން ހަމަ ހެސްކިޔާފަ އިއުލާނުކުރަނީއެވެ.
‏އެމްއައިޓީޑީސީން ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި ކުރި މަސައްކަތަކީ ކޮބައިތޯއެވެ؟
‏ޓޫރިޒަމް މިނިސްޓަރު ފައިސަލް ފަހަތުން ރާއްޖެއިން ބޭރަށް ދަތުރުކުރުމާއި ލ.އަތޮޅަށް ޕިކްނިކް ދިޔުން ނޫންކަމެއް ނުކުރެއެވެ. މިހާރުވެސް ލ.އަތޮޅުގައި އޮންނަ އުރީދޫ ރަން ގައި ބައިވެރިވަނީ އެމްއައިޓީޑީސީގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.
‏ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން މިމައްސަލަތައް ބައްލަވާ މިކުންފުނި އަވަހަށް އުވާލަ ދެއްވާށެވެ.