ޚަބަރު

މަޝްހޫރ ޓުއަރ އޮޕަރޭޓަރަކު އިންސްޕެކްށަނަށްފަހު ފުރަން ދިޔައިރު އައްޑޫ އެއަރޕޯޓުގަ ކަރަންޓެއް ނެތް! އައްޑޫ އެއަރޕޯޓު ހިންގަނީ ބެކްއަޕް ޖެން ސެޓެއް ނެތި! މިއީ އައްޑޫގެ ފަތުރިވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް!

ދިޔަވަރު
މަޝްހޫރ ޓުއަރ އޮޕަރޭޓަރަކު އިންސްޕެކްށަނަށްފަހު ފުރަން ދިޔައިރު އައްޑޫ އެއަރޕޯޓުގަ ކަރަންޓެއް ނެތް! އައްޑޫ އެއަރޕޯޓު ހިންގަނީ ބެކްއަޕް ޖެން ސެޓެއް ނެތި! މިއީ އައްޑޫގެ ފަތުރިވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް!

އައްޑޫ އެއަރޕޯޓު އަދިވެސް ހިންގަނީ ބެކްއަޕް ޖެން ސެޓްއަކާ ނުލާކަން ހާމަވެއްޖެއެވެ.

އެކަން ހާމަވީ މިއަދު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ދިއުމާއެކު އައްޑޫ އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އޭގެ އަސަރުކޮށް އެއަރޕޯޓުގެ މަސައްކަތްތައްވެސް ހުއްޓުމަަކަށް އައުމާއި ގުޅިގެންނެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ގޮސްފައިވަނިކޮށް, އައްޑޫ އަތޮޅަށް ދަތުރުކުރި މަޝްހޫރ ޓުއަރ އޮޕަރޭޓަރަކު އިންސްޕެކްށަނަށްފަހު ފުރަން އެއަރޕޯޓަށް ދިޔައިރު އެއަރޕޯޓުގައި ކަރަންޓު ނެތިގެން އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެހެންނަމަވެސް ބައިނަލްއްގުވާމީ އެއަރަޕޯޓެއްގެ ގޮތުގައި ހިންގާ މިފަދަ އެއަރޕޯޓެއްގައި ބެކްއަޕް ޖެންސެޓެއް ނެތި އެއަރޕޯޓުގެ އޮޕަރޭޓް ކުރަމުން ދިއުމަކީ ދަތުރުފަތުރާއި އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހި, އަދި ވަކީން ޚާއްސަކޮށް ފަތުރުވެރިކަމަށް އެގެ ނޭދެވޭ އަސަރު ކުރާނެކަމެއްކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން އައްޑޫގެ ފަތުރުވެރިކަން ތަަރައްގީކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާއިރު, މި އެއަރޕޯޓް ބެކްއަޕް ޖެންސެޓަކާ ނުލާ ހިންގަމުންދިއުމަކީ އެއަތޮޅުގެ ފަތުރުވެރިކަމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފަތުވެރިކަމު ސިނާއަތުގައި މަސައްކަތް ކުރައްމުންދާ ފަރާތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ފެނަކައިން މިއަދު ބުނެފައިވަނީ، ސ.ހިތަދޫ ސީ.ޕީ.އެސްއާ ގުޅިފައިވާ ރަށްތަކުން މިއަދު ކަރަންޓު ކެނޑިފައިވާ ކަމުގައެވެ.

ފެނަކައިން ބުނެފައިވަނީ، މި މައްސަލަ ދިމާވީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެޗް.ވީ ކޭބަލްއަކަށް ގެއްލުން ވެގެންކަމުގަވެ. އަދި މިހާރު މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފެނަކައިްނ ބުނެފައި ވެއެވެ.

މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު ރައްޔިތުންނަށް ކުރިމަތި ވާނެ އުނދަގޫތަކަށް ފެނަކައިން މަޢާފަށް އެދިފައި ވެއެވެ.