ޚަބަރު

ސިޔާސީ މަޤާމުތައް މަދު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި ފަހުން 4 ދުވަސް! ސިޔާސީ މުއައްޒަފުން އިތުރުކޮށް، ސިޔާސީ މުއައްޒަފުން ދާއިމީ ކޮށް، އެއް ތަނުން އަނެއް ތަނަށް ދަނީ ބަދަލު ކުރަމުން! އެންމެ މީހަކުވެސް ވަކި ނުކުރޭ!

ދިޔަވަރު
ސިޔާސީ މަޤާމުތައް މަދު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި ފަހުން 4 ދުވަސް! ސިޔާސީ މުއައްޒަފުން އިތުރުކޮށް، ސިޔާސީ މުއައްޒަފުން ދާއިމީ ކޮށް، އެއް ތަނުން އަނެއް ތަނަށް ދަނީ ބަދަލު ކުރަމުން! އެންމެ މީހަކުވެސް ވަކި ނުކުރޭ!

ރައީސުލް ޖުމްހޫރިއްޔާ ޚަރަދު ކުރުމުގެ ސިޔާސަތު ހާމަ ކުރުމަށް ސިޔާސީ މުއައްޒަފުން މަދު ކުރާނެ ކަމަށް ވިދާޅުވީ މީގެ 4 ދުވަސް ކުރިން 27 ޖޫން 2024 ގައެވެ. މިއަދަށް ހަތަރު ދުވަސް ވީއިރު، އެހެން ވިދާޅުވި ދުވަހު ވެސް 2 ފަރާތަކަށް ލަންކާ އެމްބަސީއިން މުއިއްޒު ވަޒީފާ ހަމަ ޖައްސަ ދިނެވެ.

މީގެ އިތުރުން މިހާރު ވަނީ އިސްލާމިކް މިނިސްޓްރަ ޝަހީމުގެ ދަރިއަށް މެލޭޝިއާ އެމްބަސީ އިން ބޮޑު މަގާމެއް ހަމަ ޖައްސަ ދީފައެވެ.

ސިޔާސީ މުއައްޒަފުން ވަކި ކުރުމުގެ ނަމުގައި، ސިވިލް ސާރވިސް އިން ހުސްވާ އިސް މަގާމުތަކަށް ސިޔާސީ ފަރާތްތައް އައްޔަން ކުރަން މުއިއްޒު ވަނީ މިހާރު ފަށާފައެވެ. މިއީ ވަޒީފާ ބޭނުންވެފައިވާ، އާންމު ރައްޔިތުންނަށް އޮތް އާދައިގެ ވަޒީފާ ގަނޑުވެސް ލިބުމުން އެއްކޮށް މަހުރޫމް ކޮށްލުމެވެ.

އިންޑިޔާ ބޮޑު ވަޒީރަށް ހުތުރު ބަހުން މުހާތަބު ކޮށް އިންޑީޔާ ރައްޔިތުންގެ ނުރުހުން ލިބިގެން ރާއްޖޭގެ ފަތުރުވެރިކަމަށް 3.8 ބިލިއަން ޑޮލަރެއްގެ ގެއްލުން ދީފައިވާ މަލްޝާ އާއި، ޝިއުނާ އަށް ވެސް މިހާރަށް ވުރެ ރަނގަޅު ވަޒީފާތަކެއް ހަމަ ޖެއްސުމަށް މުއިއްޒު ވަނީ އަންގާފައެވެ. މިގޮތުން ޝިއުނާއަށް ވެމްކޯ އިން ދާއިމީ ވަޒީފާއެއް ހަމަ ޖައްސައި ދިނުމަށާއި، މަލްޝާއަށް އެސްޓީއޯއިން ދާއިމީ ވަޒީފާއެއް ހަމަ ޖައްސައި އުމުރަށް ރައްޔިތުންގެ ފައިސާއިން އުޅެވޭނެ ގޮތް ހަދައި ދިނުމަށް މުއިއްޒު ވަނީ އަންގާފައެވެ. މިއީ ސިޔާސީ މުއައްޒަފުން މަދު ކުރާ ގޮތް ތޯއެވެ. ނޫނީ މިއީ ރައްޔިތުންނަށް އަނިޔާވެރި ވުން ތޯއެވެ؟

ސިޔާސީ މުއައްޒަފުން މަދު ކުރާނެ ކަމަށް ވިދާޅުވިތާ 4 ދުވަސް ވެފައިވާއިރު، ސިޔާސީ މުއައްޒަފުން ތިބި އަދަދެއް އަދިވެސް ހާމަ ކޮށްފައި ނުވެއެވެ. 4 ދުވަސް ވީއިރު އެންމެ މީހަކުވެސް ވަކި ނުކުރެއެވެ. މުއިއްޒު ހަދަމުން ދަނީ ދޮގެވެ. އޮޅުވާލަމުން ދަނީ ރައްޔިތުންނަށެވެ.

ސަރުކާރުން އަޅާ އިގްތިސާދީ "އިސްލާހީ ފިޔަވަޅުން" ސިޔާސީ މީހަކަށް މަދުވާނެ ލޯ ލާރިއެއްވެސް ނޯންނާނެއެވެ. ގެއްލުން ވާނީ އާންމު ނިކަމެތި ރައްޔިތުންނަށެވެ. މުއިއްޒު އެކަން އޮޅުވާލަން ކިތަންމެ ދޮގެއް ހެއްދެވިއަސް ދިވެހިން އެއަކަށް ދެނެއް ނުހެއްލޭނެއެވެ.