3 މިނިސްޓްރީ އެއް އުވާލައި މަގާމުތަކަށް ބޮޑެތި ބަދަލު ތަކެއް ގެންނަން މުއިއްޒު ނިންމައިފިއެވެ. ވެރިކަން ހިންގުމުގެ އިލްމެއް ލިބިވަޑައިގެންފައި ނުވާތީ، ފަހަރަކު ކަމެއް ތަޖުރިބާކޮށް، Trial and error ކޮށް ވެރިކަން ކުރަމުންގެންދާ މުއިއްޒު އުވާލުމަށް ނިންމާފައިވާ މިނިސްޓްރީ ތަކާއި ގެންނަން ނިންމާފައިވާ ބަދަލުތައް ތިރީގައި މިވަނީ އެވެ.
އުވާލަން ނިންމާފައިވާ މިނިސްޓްރީތަކަކީ، މިނިސްޓްރީ އޮފް ޔޫތް، އަދި ފިޝަރީޒް މިނިސްޓްރީއެވެ. މިނިސްޓްރީ އޮފް ޔޫތް، މިނިސްޓްރީ އޮފް ސްޕޯޓްސް އާއި އެއްކޮށް، އެއް މިިނިސްޓްރީއަކަށް ބަދަލު ކުރަން ވަނީ ނިންމާފައެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެއްކޮށްލަން ވަނީ ނިންމާފައެވެ.
މަގާމު ތަކަށް ގެންނަން ނިންމާފައިވާ ބަދަލު ތައް
- ވެމްކޯގެ އެމްޑީ މުޖުތަބާ (މުޖޭ) އަށް ރައީސް އޮފީސް މިނިސްޓަރު ކަން ދޭން ވަނީ ނިންމާފައި
- އާރު ސީ އެލް ގެ އެމްޑީ އަހުމަދު މުބީން، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ ބަދަލު ކުރަން ނިންމާފައި
- އެމްޑަބްލިއުއެސްއީގެ އެމްޑީ އަބްދުލް މަތީން، އެންވަރމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކަށް
- އެމްޓީސީސީގެ އެމްޑީ ޒިޔާދު، ކޮންމެވެސް ޤައުމެއްގެ ޑެޕިއުޓީ އެމްބަސަޑަރ އަކަށް ނޫނީ އެންވަރމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކަށް
- މޯލްޑިވްސް ގޭސްގެ އެމްޑީ ބޯފަން އަބްދުﷲ، ގައުމެއްގެ ޑެޕިއުޓީ އެމްބަސަޑަރ އަކަށް
- ޕީއެސްއެމް ނިވްސްގެ އެމްޑީ: ޒީނާ ޒާހިރު، ޤައުމިއްޔަތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކަށް
- ކަސްޓަމް ކޮމިޝަނަރ ޖެނެރަލް: ޔޫސުފް މާނިއު ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް އައްޔަން ކުރަން މުއިއްޒު ވަނީ ނިންމާފައި
- ޔޫތް މިނިސްޓަރ އަސްވާޑް؛ މިނިވަން މުއައްސަސާތަކަށް ނޫނީ ޑެޕިއުޓީ އެމްބަސަޑަރ އަކަށް
- ހައުސިންގ މިނިސްޓަރ ބަދަލު ކުރާތަން އެނގިފައެއް ނުވޭ ނަމަވެސް އޭނާ އެ މަޤާމުން ވަކިކޮށް ހައުސިންގ މިނިސްޓަރުކަން ދެނީ ސްޓޭޓް މިނިސްޓަރ މުހައްމަދު ފާއިޒުއަށް
- ޓުއަރިޒަމް މިނިސްޓަރ ފައިސަލް އެ މަގާމުން ވަކިކޮށް، އެމްބަސަޑަރ އަކަށް އައްޔަން ކޮށް ރާއްޖެއިން ވެސް ބޭރު ކޮށްލަން ވަނީ ހަމަ ޖެހިފައި
- ރައީސް އޮފީސް މިނިސްޓަރ ޝާހިދު އަދި އާދަން ރަމީޒްގެ މަގާމަށް ގެންނަ ބަދަލު ވަނީ ސާފު ނުވެފައި ނަމަވެސް ބަދަލު އަންނާނެ
- ހެރިންސް އައްލޯ މަގާމުން ވަކި ކުރުމާއި ނުކުރުމާއި މެދު މުއިއްޒު ނިންމި ގޮތެއް ހާމަ ނުކުރައްވާ
ދިޔަވަރަށް ލިބިފައިވާ މި މައުލޫމާތަކީ މިހާތަނަށް މިކަން ކުރުމަށް މުއިއްޒު ނިންމާފައިވާ ގޮތުގެ މައުލޫމާތެވެ. މިއަށް ކުޑަ ބަދަލު ތަކެއް އައުން އެކަށީގެން ވެއެވެ. މީގެ އިތުރުން އާދަން ރަމީޒު ވަޒީފާ ތަކަށް އައްޔަން ކުރި މީހުން ބަލައި އެމީހުން ވަޒީފާ ތަކުން ވަކި ކުރުމަކީ އެކަށީގެން ވާ ކަމެކެވެ. އާދަން ރަމީޒް ހައްޔަރު ކުރުމަށް މުއިއްޒު ރާވަމުން ދަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ފިލާފައެވެ.