ޚަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ އިޒްރޭލަށް ދަތުރުކުރާ އިޓަލީގެ އެއަރފޯސްގެ ބޯޓުތަކެއް! އިޒްރޭލަށް ދަތުރުކުރާ އިޓަލީގެ އަސްކަރީ ބޯޓުތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ހުޅުވާލީ އެމެރިކާގެ ޕްރެޝަރަށް!

ދިޔަވަރު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ އިޒްރޭލަށް ދަތުރުކުރާ އިޓަލީގެ އެއަރފޯސްގެ ބޯޓުތަކެއް! އިޒްރޭލަށް ދަތުރުކުރާ އިޓަލީގެ އަސްކަރީ ބޯޓުތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ހުޅުވާލީ އެމެރިކާގެ ޕްރެޝަރަށް!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު ޖެއްސީ އިޒްރޭލަށް ދަތުރުކުރާ އިޓަލީގެ އެއްރފޯސްގެ ބޯޓުތަކެއްކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ. މި ބޯޓުތައް ރާއްޖެއަށް ޖައްސާފައިވަނީ ތެޔޮ އެޅުމަށެވެ. އިޒްރާއީލަށް ދަތުރުކުރާ އަސްކަރީ ބޯޓުތައް އާންމުކޮށް ޖައްސަނީ ޑީއޭގޯގާސިއާއަށެވެ. އެހެންނަމަވެސް ރާއްޖެއަށް ޖައްސަނީ ދަތުރު ކުރުކުރުމުގެ މަގުސަދުގައެވެ.

މިއީ އިޒްރޭލަށް ދަތުރުކުރާ ބޭރުގެ އަސްކަރިއްޔާގެ ހަނގުރާމަމަތީ ބޯޓުތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ހުޅުވާލި ފުރަތަމަ ފަހަރެވެ.

"ދިޔަވަރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އިޒްރޭލަށް ދަތުރުކުރާ ބޭރުގެ ފައިޓަރ ޖެޓްތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ހުޅުވާލުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވަނީ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެވިގެންދިޔަ މަޝްވަރާތަކުގައެވެ.

މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިޓާރލިއަން އެއަރފޯސް ޔޫރޯފައިޓަރ ޓައިފޫން މިލިޓަރީ ފައިޓަރޖެޓް އެއަރކްރާފްޓް ތަކެކެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވީ އިޒްރޭލަށް ދަތުރުކުރާ އިޓަލީގެ ހަނގުރާމަތީ ބޯޓުތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ހުޅުވާލީ އެމެރިކާގެ ޕްރެޝަރަށް ކަމުގައެވެ. އަދި ރާއްޖެއިން އިޒްރޭލާއި ގުޅުންހުރި މައްސަލަތަކުގައި ދޫ ނުދީފިނަމަ, ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ދެމުންދާ އެހީތަކަށް ބުރޫ އަރާނެކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ދާދިފަހުން މޫސާ ޒަމީރު އެމެރިކާއަށް ދަތުރު ކުރެއްވީ, ރާއްޖެއިން އިޒްރޭލުގެ ރައްޔިތުންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނިންމުމާއި ގުޅިގެން, އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ޒަމީރު ހާޒިރު ވުމަށް އެމެރިކާއިން އެންގުމުންނެވެ.

އަދި އެއަށްފަހު އިޒްރޭލު ޕާސްޕޯޓު ރާއްޖެއަށް މަނާކުރުމަށް ނިންމި ނިންމުން ތަންފީޒުކުރުމަށް މިސަރުކާރުން ފަސްޖެހި, އެވާހަކަ ދެއްކުންވެސް ސަރުކާރުން ވެރިން ވަނީ އެކީއެކަށް ހުއްޓާލާފައެވެ.

މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލުމަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.