ފުލުހުންގެ މުއައްސަސާގެ ކޮމިޝަން އޮފިސަރުން ގޮތުގައި ޕްރޮމޯޓްކޮށްފައިވާ ފުލުހުން ލާނެ ޑިޕާރޓްމާންޓް އަދި ޔުނިޓް ނެތިގެން 300 އާއި ފުލުހުންނަށް މާލެ ޑިޕާރޓްމަންޓް ޔުނިޓްތައް ހެދުމަށްފަހު ވެރިގެ ގޮތުގައި އައްޔަން ކޮށްފިއެވެ.
އަތޮޅު ތެރޭގައި އެތައް ޕޮލިސް ސްޓޭޝަނެއް ތިބި އިރު މިއިންވެސް ތަނަކަށް ކޮމާންޑަރު ނުވަތަ އެޓޯލް ލެވަލް ފުލުހުން ފިޔަވައި އިތުރު ފަރާތެއް އައްޔަން ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އަތޮޅު ތެރޭގެ ރަށްތަކަށް ކޮމިޝަން އޮފިސަރުން އައްޔަން ކުރިޔަސް ނުދާނެކަމަށް ބުނުމުން އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކަށް ނުފޮނުވީއެވެ. މީގެ އިންސްޕެކްޓަރ ލެވެލްގެ ޕޮލިސްގެ ފުލުހުންގެ މުސާރައަކީ އެލަވަންސާސް އެކު 60,000 ރުފިޔާއެވެ.
މީގެ އިތުރުން މެޑިކަލް އިންސުއުރެންސް އާއި ރޭއްޖޭއިން ބޭރުން ބޭސް ފަރުވާ ކުރުމުގެ ހަރަދު ހަމަޖައްސައެވެ.
ދައުލަތުގެ ޚަރަދު ބޮޑުވެ, ގައުމުގެ އިގްތިސާދީ އަދަވަޅަކަށް ވެއްޓެމުންދާއިރުވެސް, މުއިއްޒުގެ އަމުރަށް ފުލުހުންގެ މުވައްސަސާއިން ދަނީ ސިޔާސީ ވިސްނުމުގައި, އެއްވެސް އިންސާފެއްނެތި ފުލުހުންގެ ތެރޭގައި ޕްރޮމޯޝަނާއި ވަޒީފާގެ ކުރިއެރުން ދެމުންނެވެ.