ޚަބަރު

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ސޯސަންވިލާގެ ހުރިހާ މުވައްޒަފުންނަށް އާސަރީ ހޮސްޕިޓަލުން ފުލްކޮށް ބޭސްކުރެވޭ އަގުބޮޑު އިންސޫރަންސް ޕެކޭޖްތަކެއް ނަގަނީ! މިއީ މެރިނާސް ސްކީމުންވެސް ބޭސްފަރުވާ ކުރެވޭ މުވައްޒަފުން!

ދިޔަވަރު
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ސޯސަންވިލާގެ ހުރިހާ މުވައްޒަފުންނަށް އާސަރީ ހޮސްޕިޓަލުން ފުލްކޮށް ބޭސްކުރެވޭ އަގުބޮޑު އިންސޫރަންސް ޕެކޭޖްތަކެއް ނަގަނީ! މިއީ މެރިނާސް ސްކީމުންވެސް ބޭސްފަރުވާ ކުރެވޭ މުވައްޒަފުން!

‏ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ދަށްވެ, ގައުމު ބަނގުރޫޓު ވެދާނެކަމުގެ ބިރު ހީވެފައިވަނިކޮށް, ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ހުރިހާ މުވައްޒަފުންނާއި ސޯސަންވިލާގެ ހުރިހާ މުވައްޒަފުންނަށް ސްރީލަންކާގެ އާސަރީ ހޮސްޕިޓަލުން ފުލްކޮށް ބޭސްކުރެވޭ އަގުބޮޑު އިންސޫރަންސް ޕެކޭޖްތަކެއް ނެގުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން އާސަރީ ހޮސްޕިޓަލާއެކު އެއްބަސްވެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އާސަރީ ހޮސްޕިޓަލުން ފުލްކޮށް ބޭސް ފަރުވާ ލިބޭނެ އަގު ބޮޑު ޕެކޭޖްތަކެއްް ހެދުމަށް އާސަރީގެ ހޮސްޕިޓަލުގެ ފަރާތްތަކާއިއެކު މިއަދު އެމްބަސީންވަނީ ބައްދަކު ކޮށްފައެވެ. މި ބައްދަލުވުމުގައި އެއްބަސްވެފައިވަނީ, އެމްބަސީން ފަހުން ފައިސާ ދައްކާ ގޮތަށް 300,000 ރުފިޔާއާއި ހަމައަށް އިން ޕޭޝަންޓް އަދި އައުޓްޕޭސަންޓްގެ ސާވިރސް ލިބޭ ގޮތަށް ހަމަޖެއްސުމަށެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ހުރިހާ މުވައްޒަފުންނާއި ސޯސަންވިލާގެ ހުރިހާ މުވައްޒަފުންނަކީ އާސަންދައިގެން ދަށުންވެސް އިންސޫރަންސްގެ ކަވަރޭޖް ލިބޭ މުވައްޒަފުންނެވެ. އާސަންދައިން ބޭސްކުރުމަށް ރާއްޖެއިން ބޭރުގެ އަވައްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެކަށައަޅާފައިވާ ސްކީމަކީ މެރިނާސް ސްކީމެވެ.

އެހެންނަމަވެސް, ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ހުރިހާ މުވައްޒަފުންނާއި ސޯސަންވިލާގެ ހުރިހާ މުވައްޒަފުންނަށް ޚާއްސަކޮށް ނަގާ އިންސޫރަންސް ޕެކޭޖަށް, ކޮންމެ ބޮލަކަށް 6,000 އެމެރިކާ ޑޮލަރު އެމްބަސީން ދައްކާނެއެވެ. އެމްބަސީގެ ހުރިހާ މުވައްޒަފުންނަށް ބަލާނަމަ, ޕްރީމިއަމްގެ ގޮތުން ދައުލަތުގެ ބަޖެޓުން 5 މިލިއަނަށްވުރެ ބޮޑު އަދަދެއް ދިވެހި ފައިސާގެ ގޮތުގައި އަހަރަކު އާސަރީ ހޮސްޕިޓަލަށް ދައްކަން ޖެހޭނެއެވެ.

އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކުގައި ހުންނަ ހޮސްޕިޓަލްްތަކުން އާންމުކޮށް ދިވެހިންނަށް ބޭސް ފަރުވާގެ ޚިދުމަތްދެނީ އަގު ބޮޑުކޮށެވެ. އަދި ދިވެހިންނަށް އިންޝޫރަންސް އާންމުކޮށް ފޯރުކޮށްދެނީވެސް އާދަޔާ ޚިލާފަށް އަގު ބޮޑުކޮށެވެ. އަދި މި މުއާމަލާތުގެ ތެރޭގައި ކޮރަޕްޝަން ހިމެނި, މުއާމަލާތުގައި ހިމެނޭ ދިވެހިން ރިޝްވަތަށްވެސް ބޮޑެތި އަދަދުތަކުން ފައިސާވެސް ނަގަމުން ދެއެވެ.

އެމްބަސީ އަދި ސޯސަންވިލާގެ ހުރިހާ މުވައްޒަފުންނަށް ޚާއްސަކޮށްގެން އަގުބޮޑު އިންޝޫރަންސް ޕެކޭޖްތައް ނަގާއިރު, ސްރީލަންކާ ގެ ދިރިއުޅޭ ދިވެހިނަށް މެރިނާސް ސްކީމުން ބޭސް ފަރުވާ ކުރުމުގެ ޚިދުމަތް އަދިވެސް އެކަށީގެންވާ ގޮތުގައި ފޯރުކޮށް ދެވެމުން ނުދެއެވެ. ޚިދުމަތް ލިބޭއިރުވެސް އެ ސްކީމުން ޚަރަދު ލިބެނީ %60 އާއި ހަމައަށެވެ.

މިސަރުކާރުން, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް, ޚަރަދު ކުޑަކޮށް, އާސަންދަ އިންޝޫރަންސްއާއި އެންސަޕާއިން ދޭ އެހީގެ ނިޒާމަށް ހެޔޮ ބަދަލު ގެންނާނެކަމަށް ބުނަމުން އައިނަމަވެސް އަމަލުތައް ބަހަޓަމުންދަނީ ދައްކަމުންދާ ވާހަކަތަކާއި ދިމާ އިނދިކޮޅަށްކަން ފާހަގަ ކޮށްލެވެއެވެ.