މާލީ ދަތިކަން ބޮޑުވެ، ހަރަދު ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައި ވަނިކޮށް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަށް އާ ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފި އެވެ.
"ދިޔަވަރު އޮންލައިން" އެނގިފައިވާ ގޮތުގައި އެންވަޔަރަމެންޓު މިނިސްޓްރީ އަށް އަލަށް އައްޔަންކުރީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ ފަޒުނާ ޖަލީލެވެ.
އެ މައުލޫމާތު ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ފަޒުނާ އައްޔަންކުރިކަން ސަރުކާރުގެ އިސް އޮފިޝަލަކު ކަށަވަރުކޮށް ދެއްވި އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ މިނިސްޓްރީގައި މިހާރު ވެސް ޖުމުލަ 46 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވި އެވެ. ފަޒުނާއާއެކު އެ އަދަދު 47 އަށް އަރާނެ އެވެ.