ޚަބަރު

ފަޒުނާ ޖަލީލު ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކުރުމާއެކު ޝިއުނާ މުއިއްޒުއަށް: ‏"މޯޑީ އޯކޭ، ފަޒުނާ ކޮން މައްސަލަ"!

ދިޔަވަރު
ފަޒުނާ ޖަލީލު ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކުރުމާއެކު ޝިއުނާ މުއިއްޒުއަށް: ‏"މޯޑީ އޯކޭ، ފަޒުނާ ކޮން މައްސަލަ"!

ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ ފަޒުނާ ޖަލީލު އެންވަޔަރަމެންޓު މިނިސްޓްރީ ނައިބު މިނިސްޓަރުކަމަށް އައްޔަންކުރުމުން, އިންޑިއާގެ ބޮޑުވަޒީރަށާ އެގައުމުގެ ވެރިންނަށް މައްލަވަކޮށް ބުލީ ކޮށްގެން މުސާރައާއި ކޮއްތު ލިބޭގޮތަށް ނަމެއްގަ ސަސްޕެންޑް ކުރި ޝިއުނާ ރައީސް މުއިއްޒުއަށް ޖޯކު ޖަހައިފިއެވެ.

ފަޒުނާ ޖަލީލު ނައިބު މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރުމާއެކު ޝިއުނާ ހިންހަމަ ނުޖެހިގެން އުޅެނީ އިންޑިއާގެ ބޮޑުވަޒީރަށް މައްލަވަކޮށްގެ މިސަރުކާރުން ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރުމުން, އެކަމަށް ފަޒުނާ ޖަލީލު މީގެ ކުރުން ޖޯކު ޖަހާފައި ވާތީއެވެ.

ޝިއުނާއާއި މަލްޝާ ސަސްޕެންޑް ކުރުމުން ފަޒުނާ ޖަލީލު ސޯޝަލް މީޑިއާގައި ޖޯކު ޖަހާފައިވަނީ "މިގޮތައް ސަސްޕެންޑް ކުރަންޏާ (މުސާރަ ލިބޭގޮތަށް ސަސްޕެންޑް ކުރަންޏާ) މަވެސް ޓުވީޓު ކޮށްފާނަން" މި އިބާރާތުންނެވެ.

އެއާއެކު މި ހަފްތާގައި ފަޒުނާ ޖަލީލު ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކުރުމުން ޕީއެންސީގެ އެކްޓިވިސްޓުން ތިބޭ ވައިބަރ ގުރޫޕުގައި ނުރުހުން ފާޅުކޮށް ޝިއުނާ ބުނެފައިވަނީ, "މިހާރު މޯޑީ އޯކޭ, ފަޒްނާ ކޮންމައްސަލަ ހުންނަނީ" ކަމަށެވެ. ޝިއުނާ ޖޯކު ޖަހަމުން, މުއިއްޒުއަށް ނިސްބަތްކޮށް ބުނެފައިވަނީ ރައީސް މުއިއްޒުއަށް މޯޑީ އޯކޭ ވަންޏާ ފަޒުނާ ޖަލީލު އޯކޭ ނުވާންވީ ސަބަބެއް ނެތްކަމުގައެވެ.

މާލީ ދަތިކަން ބޮޑުވެ، ހަރަދު ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައި ވަނިކޮށް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަށް މިސަރުކާރުން ވަނީ އާ ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފައެވެ.

”ދިޔަވަރު އޮންލައިން“ އެނގިފައިވާ ގޮތުގައި އެންވަޔަރަމެންޓު މިނިސްޓްރީ އަށް އަލަށް އައްޔަންކުރީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ ފަޒުނާ ޖަލީލެވެ.

އެ މައުލޫމާތު ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ފަޒުނާ އައްޔަންކުރިކަން ސަރުކާރުގެ އިސް އޮފިޝަލަކު ކަށަވަރުކޮށް ދެއްވި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ މިނިސްޓްރީގައި މިހާރު ވެސް ޖުމުލަ 46 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވި އެވެ. ފަޒުނާއާއެކު އެ އަދަދު 47 އަށް އަރާނެ އެވެ.

ސިޔާސީ މަގާމްތަކަށް އައްޔަންކުރާ މީހުންގެ އަދަދު ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން, މިސަރުކާރުން ވަނީ ސިޔާސީ މަގާމްތަކަށް އައްޔަންކުރާ މީހުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކުރުން ހުއްޓާލާފައެވެ.