ޚަބަރު

އަގު ބޮޑު ކަމަށް ބުނެ ދޮގުހަދައިގެން މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން ހުއްޓާލީ ފައިސާނެތިގެން! އަގުތައް ކަނޑައަޅަނީ އާސަންދަ އާއި ހޮސްޕިޓަލުން މަޝްވަރާ ކޮށްގެން! ބަލިމީހުން މަރުވާން ސަރުކާރުން ދޫކޮށްލަނީ!

ދިޔަވަރު
އަގު ބޮޑު ކަމަށް ބުނެ ދޮގުހަދައިގެން މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން ހުއްޓާލީ ފައިސާނެތިގެން! އަގުތައް ކަނޑައަޅަނީ އާސަންދަ އާއި ހޮސްޕިޓަލުން މަޝްވަރާ ކޮށްގެން! ބަލިމީހުން މަރުވާން ސަރުކާރުން ދޫކޮށްލަނީ!

ޑުބާއީ އާއި، ތައިލެންޑަށް އާސަންދާގައި މީހުން ފޮނުވާނެ ކަމަށް ބުނެފައިވާ މުއިއްޒު، ދައުލަތުގެ ޚަރަދުތައް މެނޭޖް ނުކުރެވިގެން، ދައުލަތުން ފައިސާ ހުސްވެގެން އިންޑީޔާގެ މަނިޕާލް ހޮސްޕިޓަލަށް އަށް އާސަންދަ ދިނުން ހުއްޓާލައިފިއެވެ. މަނިޕާލް ހޮސްޕިޓަލުގެ އަގުތައް ބޮޑުވުމުގެ ސަބަބުން ކަމަށް ބުނެ، ޖުލައި 1، ގެ ފަހުން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް އާ ޕޭޝަންޓުންނަށް ދިނުން ހުއްޓާލާފައިވާއިރު، މި އަގުތައް ކަނޑައަޅަނީ އާސަންދައާއި މަޝްވަރާ ކުރެވިގެން ދެފަރާތުން ބޭނުންވާ ގޮތަށެވެ.

ދިޔަވަރު ނޫހުން ބެލި ބެލުމުން، އަގުތައް ބޮޑުވެގެން އާސަންދައިން މަނިޕާލް ހޮސްޕިޓަލާއި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާއިރު، ސަރުކާރުން ވަނީ ރައްޔިތުންނަށް ދެމުންދާ އާސަންދަ އެކި ގޮތްގޮތުން ކުޑަ ކުރުމަށް މަސައްކަތް ފަށާފައެވެ. މިކަން އިންޑިޔާގައި އޮތް ހޮސްޕިޓަލެއްގެ ބޮލަށް ޖަހައި އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރިއަސް، މިއީ ސިޔާސީ މުއައްޒަފުން އިތުރުކޮށް، ދައުލަތުގެ ޚަރަދުތައް ބޮއްސުންލައިގެން ގޮސް، ސަރުކާރު ބަނގުރޫޓު ވަމުންދާތީ އެޅި ފިޔަވަޅެކެވެ.

މަނިޕާލް ހޮސްޕިޓަލާއި ވާހަކަ ދައްކައިގެން އަގުތައް ކުޑަކޮށް، ޚިދުމަތް ހޯދުމަށް ސަރުކާރުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާއިރު، މިހާރު މަނިޕާލް ހޮސްޕިޓަލުން ޚިދުމަތް ދެމުންދާ އަގަކީ ދެފަރާތުން މަޝްވަރާ ކޮށްގެން ކުރިން ހަމަ ޖައްސާފައިވާ އަގެކެވެ.

މި އެޅި ފިޔަވަޅުން ހުރިހާ ގެއްލުމެއް ލިބެނީ ނިކަމެތި ރައްޔިތު މީހާއަށެވެ. ރާއްޖޭއިން އިންޑިޔާއަށް ދާ ގިނަ ބަޔަކު، ބޮޑެތި ބަލިތަކާއި އޮޕަރޭޝަން ތަކަށް ފަރުވާ ހޯދަނީ މަނިޕާލް ހޮސްޕިޓަލުންނެވެ. ސަރުކާރުން މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން ހުއްޓާލުމުން، މިފަދަ ބަލިތަކަށް އެކަށޭނެ ފަރުވާ ނުލިބި ކުރިއަށް އޮތް 5 އަހަރު އެތައް ސަތޭކެ ބައެއް މަރުވެގެން ދާނެއެވެ.

ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅު ނުކުރެވި މިދާ މިސްރާބުން އާސަންދަ ޚިދުމަތް ބޭރު ޤައުމުތަކަށް ދިނުން އެއްކޮށް ހުއްޓާލައި، ރާއްޖޭގެ ބައެއް ހޮސްޕިޓަލް ތަކަށްވެސް މެދު ކަނޑާލުން އެކަށީގެން ވެއެވެ. މި ގޮތުން ހަމައެކަނި އާސަންދަ ލިބޭނީ އައިޖީއެމްއެޗް އިން ކަމަށް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

ރައީސް އޮފީހުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި އާސަންދައިން އިންޑިޔާގައި ޚިދުމަތްދޭ ކޮންމެ ހޮސްޕިޓަލްތަކަށް 2 މިލިއަން ޑޮލަރާއި 10 މިލިއަން ޑޮލަރާއި ދެމެދު އަދަދަކަށް މިހާރުވެސް ވަނީ ދަރާފައެވެ. އަދި އެފައިސާ ދެއްކެނެ ގޮތެއް ސަރުކާރުގައި ނެތްކަމަށް މައުލޫމާތު ލިބެއެވެ. މިހެން މިކަން އޮތުމުން، އިންޑިޔާއިން އެއްކޮށް ބޭސްފަރުވާ އާސަންދައިން ދިނުން ހުއްޓާލުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ މިފަދަ ދަށު ދަރަޖައަކަށް މާލީ ގޮތުން ރާއްޖޭގެ ސަރުކާރެއް ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ވެއްޓުނު ފަހަރެވެ. ވެރިކަމުގައި ހުރީ ވެރިކަން ކުރުމުގެ ޤާބިލު ކަމެއް ނެތް ފަރާތެއް ކަމުން، ބޭރުގެ ބޭސް ފަރުވާއިން ދިވެހިން އެކީ މަހުރޫމް ކުރުމަކީ ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ.