ސަމޯވާ އެއްބަސްވުން، ފާޅުވެގެން ދިޔައީ މުއިއްޒުގެ ސަރުކާރުގެ ލާދީނީ ކަމެވެ. އެއްޖިންސުން ގުޅުން ހިންގުމާއި، ދަރި ވެއްޓުމަކީ ކުރެވެނެ ކަމެއް ކަމަށް އޮތް އޮތް އެއްބަސް ވުމެއްގައި ސަރުކާރުން ސޮއެ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މިއަދު މިކަންކަމަށް ހެދިފައިވާ ރާއްޖޭގެ ޤާނޫނުތަކުގެ ބޭނުން މި އެއްބަސް ވުމުގައި ސޮއެ ކުރުމާއި އެކު ކެނޑިގެން ގޮސްފިއެވެ. އޮޅިގެން ދައުލަތުން އެއްޖިއްސުން ގުޅުން ހިނގާފައިވާ މީހަކަށް ފިޔަވަޅު އެޅިއަސް، ރާއްޖެއާއި މެދު ޔޫރަޕާއި އެފްރިކާ ހިމެނޭހެން ފިޔަވަޅު އަޅާނެއެވެ.
މިފަދަ އެއްބަސް ވުމެއްގައި ސޮއެ މިކުރީ ޤައުމިއްޔަތާއި، ދީނުގެ ހިމާޔަތް ކުރަން އައި ސަރުކާރުންނެވެ. ދީން ހަތިޔާރަކަށް ބޭނުން ކޮށްގެން ވެރިކަމަށް އަންނަ ޕާޓީއިންނެވެ. ސަމޯވާ އެއްބަސް ވުމުގައި ސޮއެ ކުރި އިރު ސަލަފުން އޮތީ ނިދާފައެވެ. އެއްކަލް ސަތޭކަ އިލްމު ވެރިންނަށް ބައެއް ޤައުމުތަކުގެ ކާފަރު ފަދިރީން މިކަމާއި ކަންބޮޑުވެގެން ވާހަކަ ދެއްކި އިރުވެސް ބަހެއް ބުނެލަން ނުކެރުނެވެ.
މުއާހަދާ ތަކުގައި އާއި އެއްބަސްވުން ތަކުގައި ސޮއެ ކުރަންވާނީ، ޤައުމާއި ދީން ރައްކާތެރި ކުރުމަށް ފަހުގައެވެ.
މިއެއްބަސް ވުމުގައި ސޮއެ ކުރި އިރު، އޭގައިވާ 2.5 ވަނަ މާއްދާގައި އާއި، 29.5 ވަނަ މާއްދާގައި ވާ ގޮތުން، އޭގައި ސޮއެ ކުރާ ކޮންމެ ގައުމަކުންވެސް، އެލްޖީބީޓީ އާއި، ޖިންސް ބަދަލު ކުރުމާއި، ދަރިވެއްޓުމާއި، ޓީނޭޖް ކުދިން ޖިންސީ ގުޅުން ހިންގުން ހުއްދަ ކުރުމަށް ލާޒިމް ކުރެއެވެ. އެ ހުއްދަ، ފިޔަވަޅު ނާޅައި އެފަދަ ކަންކަން ދޫކޮށްލުމުންވެސް ފުދެއެވެ.
ހުޅަނގުގެ ކާފަރުން ދުނިޔޭގެ މާއްދީއަތު ދައްކައިގެން އެފްރާކާގައި ތިބި، އިސްލާމީ ޤައުމުތައް މަގުފުރެއްދުމަށް އުފައްދާފައިވާ ސަމޯވާ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެ ކުރީ ރާއްޖޭގެ ވެރިން އެ ލާދީނީ ހަމަތައް ޤާބޫލު ކުރާތީއެވެ.
ބައިނަލްއަގުވާމީ އިސްލާމީ ފިގުހު އެކަޑަމީ އިން ވަނީ ސަމޯވާގައި އިސްލާމީ ޤައުމުތަކުން ސޮއެ ނުކުރުމަށް ގޮވާލާފައެވެ. މިކަމާއި ގުޅިގެން ފިގުހު އެކަޑަމީއިން ނެރުނު ފަތުވާގައި ބަޔާން ކޮށްފައިވާ މުހިންމު ނުކުތާ ތަކަކީ ދިވެހިން އެއަށް ވިސްނާލުން މުހިންމު ނުކުތާ ތަކެކެވެ.
މުޢާހަދާގައި ހިމެނޭ "ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތުގެ ޙައްޤުތައް" ގެ މާނައިގައި އިސްލާމް ދީނާއި ފުށު އަރާ ގިނަ ކަންތައްތަކެއް ހިމެނޭ ކަމުގައި އެ ފަތުވާގައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ އުފަން ނުވާ ކުދިން ނައްތާލުމާއި، އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމާއި، ޖިންސީ ތަޢުލީމު އަދި ހަށި ވިއްކުމުގެ މަސައްކަތް ހުއްދަ ކުރުން ހިމެނޭ ކަމަށް އެ ފަތުވާގައި ވެއެވެ.
އަދި މުޢާހަދާގައި ކުޑަކުދިންނަށް "ފުޅާ ދާއިރާއެއްގައި ޖިންސީ ތަޢުލީމު" ދިނުމަށް ލާޒިމުކުރާ ކަމުގައި އާއި، އަދި އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
އަދި އިސްލާމީ ރިވެތި އުސޫލުތައް ދޫކޮށް، އާއިލާ މައްސަލަ ތައް ހައްލު ކުރުމަށް "ފެމިލީ ވޮޗް އިންޓަނޭޝަނަލް" ކިޔާ ޖަމިއްޔާއަކުން އަންގާ މިންގަނޑުގެ ތެރެއިން މަސައްކަތް ކުރުމަށް ސަރުކާރު ތަކަށް ލާޒިމް ކުރެއެވެ.
މީގެ އިތުރުން މި ފަތުވާގައި މި މުއާހަދާއާ ދެކޮޅަށް އެފްރިކަން ބާ އެސޯސިއޭޝަނުން ކަންބޮޑުވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
ޔޫރަޕާއި އެކު މިފަދަ އެއްބަސް ވުމަކަށް ދާއިރު، މިއިން ހުޅަނގަށް ފައިދާވާ ލާދީނީ ހުރިހާ ނުކުތާއެއް ނަގާފައި، ހުޅަނގުގެ ލާދީނީ ޕްރޮޕަގަންޑާ ނުހިންގޭ ހެން، އެމީހުންނަށް ފައިދާ ނުވާހެން ސޮއެއް ނުކުރާނެއެވެ.
މުއިއްޒުގެ ކިބާގައި އިޤްތިޞާދު ހިނގޭނޭ ބާރެއް ނެތުމުން މިފަދަ އެއްބަސް ވުންތަކުގައި ސޮއެކޮށް، ދީނާއި ޤައުމު ހުޅަނގުގެ ލާދީނިއްޔަތަށް ވިއްކާ ލުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.