ޚަބަރު

ބިލަބޮން ހިންގާ އިމާރާތަކީވެސް އިއްޒުއްދީން ސްކޫލާ އެއް އުމުރެއްގެ އިމާރާތެއް! ލީ ރެނދެއް އުޒުރަކަށްދާ އިއްޒުއްދީން ސްކޫލު އެކީ ބަންދު ކޮށްލުމަށް ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަ!

ދިޔަވަރު
ބިލަބޮން ހިންގާ އިމާރާތަކީވެސް އިއްޒުއްދީން ސްކޫލާ އެއް އުމުރެއްގެ އިމާރާތެއް! ލީ ރެނދެއް އުޒުރަކަށްދާ އިއްޒުއްދީން ސްކޫލު އެކީ ބަންދު ކޮށްލުމަށް ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަ!

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގަން މީގެ 25 ވަރަކަށް އަހަރު ކުރިން ސަރުކާރުން ހަދައި ދިން ތަނެކެވެ. އެތަންނަށް މިހާރު 25 ވަރަކަށް އަހަރު ވެފައިވާއިރު, ހަމަ އެސްކޫލް ހުންނަ މަގުގައި ހުންނަ ބިލަބޮން ހިންގަމުންދާ, ކުރީގެ އީޕީއެސް ހިންގި އިމާރާތަކީވެސް އެއް ދުވަސްވަރެއްގައި އޭރު އީޕީއެސް ސްކޫލު ހިންގަން ސަރުކާރުން އަޅާދިން އިމާރާތެކެވެ. މި ދެ އިމާރާތަކީވެސް އެއް އުމުރެއްގެ ދެއިމާރާތެވެ.

އެހެންނަމަވެސް އެމްއީއެސް ހިންގި އިމާރާތުގައި އެޅި ރެނދެއް އުޒުރަކަށް ދައްކާ އެ އިމާރާތް ބޭނުންކުރުން ހުއްޓާލަން ޖެހޭކަމަށް މި ސަރުކާރުން ބުނަމުންދާއިރު, އީޕީއެސް ހިންގި އިމާރާތް, މިހާރު ބިލަބޮން ސްކޫލް ހިންގަމުންދާ އިމާރާތް ދަނީ ބަރާބަރަށް ބޭނުން ކުރަމުންނެވެ.

ފާރުތަކުގައި ރެނދުލާފައި ވާތީ އެމްއީއެސް ހިންގި އިމާރާތް ބަންދުކޮށްލަން ޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނަމުންދާއިރު, އެއިމާރާތުގައި ރެނދުލުމުގެ ސަބަބުން އިއްޒުއްދީން ސްކޫލްގެ ލައިބްރަރީ ވެސް ބަންދު ކޮށްފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެ އެވެ.

އެހެންނަމަވެސް މާލޭގެ ހަދާފައިވާ އެތައް އިމާރާތެއްގައި މިބީދައިން ރެނދު ލާފައި އެބަހުއްޓެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކޮންކްރީޓުން ހަދާ އިމާރާތްތަކުގެ ރެނދު ލުމަކީ އާންމު ކަމެކެވެ. މިގޮތުން ލާ ރެނދުތައް މަރާމާތުކޮށް, އިމާރާތް ބޭނުން ކުރަމުން ދިއުމަށް, ޚާއްސަ އެތައް ޓެކްނޮލޮޖީއެއް މިއަދު އެބަހުއްޓެވެ. އަމުދުން ކޮންކުރީޓުން ހަދާ އިމާރާތަކަށް 25 އަހަރު ދުވަހަކީ ވަރަށްވެސް ކުރު މުއްދަތެއްކަން ފާހަގަކޮށްލާން ޖެހެއެވެ.

އެހެންނަމަވެސް އިއްޒުއްދީން ސްކޫލުގެ ލައިބްރަރީއާވީ ފަޅީގައި އެޅި ރެނދެއް އުޒުރަކަށް ދައްކައިގެން މުޅި ސްކޫލު ބަންދުކޮށްލުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. އިއްޒުއްދީން ސްކޫލުގެ ލައިބްރަރީއާވީ ފަޅިއަކީ ކިޔަވަން އެއްގޮތަކަށްވެސް ބޭނުންކުރާ ފަޅިއެއްވެސް ނޫނެވެ. އެފަޅި ކިޔަވަން ބޭނުން ނުކޮށް, ލާފައިވާ ރެނދު މަރާމާތު ކޮށްލުމަކީ ފަސޭހަ މަސައްކަތެއްގެ ގޮތުގައި އިމާރާތްކުރުމާބެހޭ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވައެވެ.

އެގޮތުން, އެގޮތަށް ލާ ރެނދުތަކަކީ ޓެކްނިކަލީ ވަރަށް ފަސޭހައިން މަރާމާތު ކޮށްލެވޭ ކަމަކަށްވިނަމަވެސް, އެޑިއުލޭޝަން މިނިސްޓްރީން އެ ސްކޫލު ބަންދުކޮށް ލުމަށް ދައްކާ ހަމައެކަނި އުޒުރަކީ އެ ރެނދެވެ.

އެހެންނަމަވެސް ފާހަގަވާން އޮތް ކަމަކީ, އެމްއީއެސް ހިންގުމަށް ރައީސް މައުމޫންގެ ވެރިކަމުގައި އިމާރާތްކުރި އެ ބިލްޑިންއަކީ, މިހާރު ބިލަބޮން ހިންގާ, ކުރީގެ އީޕީއެސްގެ އިމާރާތާ އެއް އުމުރެއްގެ ބިލްޑިންއެއްކަން އަކަށްވެސް, ބިލަބޮން އިމާރާތް ހުރިގޮތަށް ހުރެފައި, ލީ ރެނދެއް އުޒުރަކަށް ހަދާ އެމްއީއެސް ހިންގި އިމާރާތް އެކީ ބަންދުކޮށްލުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ހީލްތްތެރިކަމާއެކުކަން މިއީ މިއަދު ސާފުކޮށް އެނގެން އޮތް ކަމެއްކަމެވެ.

ހީލަތްތެރި ރޭވުމެއްގެ ދަށުން އިއްޒުއްދީން ސްކޫލުގެ 600 ދަރިވަރުންގެ ތައުލީމު ބަރުބާދުކޮށް, އެސްކޫލުގެ ބިން ފޭރިގަތުމާއި ދެކޮޅަށް އެ ސްކޫލުގެ ބެލެވެރިން މުޒާހިރާ ކުރުމަށް އެންމެފަހުން ނިންމައިފިއެވެ.

"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ބައެއް ބެލެނެވެރިން ބުނެފައިވަނީ, ހީލަތްތެރި ރޭވުމެއްގެ ދަށުން, ރައީސް މުއިއްޒުއާއި ޑީލް ހައްދަވާ, އިއްޒުއްދީން ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ 600 ދަރިވަރުންގެ މުސްތަގުބަލް އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި ”ފުނޑާލަނީ" މަހުޖަނު ގާސިމް އަޑީގައި ހުރެގެން ކަމުގައެވެ.

އެގޮތުން, ބެލެނެވެރިންގެ ޑިމާންޑްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ދޫ ނުދިނުމާއެކު މުޒާހިރާކުރުމަށް ބެލެނެވެރިން މިހާރު ތައްޔާރުވަމުންދާކަމަށާއި, މި މުޒަހިރާތައް ވިލާ ކޮލެޖް ކުރިމަތީގައާއި, ރައީސް އޮފީސް އަދި އެޑިއުކޭޝަން މިނިސްޓްރީ ދޮށުގައިވެސް ކުރިމަށްދާނެކަމަށް "ދިޔަަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ބެލެނެވެރިން ބުނެފައި ވެއެވެ.

ހީލަތްތެރި ރޭވުމެއްގެ ދަށުން, ރައީސް މުއިއްޒުއާއި ޑީލް ހައްދަވާ, އިއްޒުއްދީން ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ 600 ދަރިވަރުންގެ މުސްތަގުބަލް އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި ”ފުނޑާލުމަށްފަހު“ މަހުޖަނު ގާސިމް އަދިވެސް ހުންނެވީ ހަނުއެވެ.

ރައީސް މުއިއްޒު ގާސިމް އިބުރާހިމްޢާއެކު ހެއްދެވި ޑީލެއްގެ ދަށުން, މި ސަރުކާރުން މިހާރުވަނީ އިއްޒުއްދީން ސްކޫލް އެންމެ ފަހުން ބަންދު ކުރަން ނިންމާ, އަދި އެ ސްކޫލުގައި ކިޔަވަމުންދާ އެތައްސަތޭކަ ދަރިވަރުން ސަރުކާރުގެ އެހެން ސްކޫލުތަކަށް ބަހާލުމަށްވެސް ހަމަޖައްސާފައެވެ.

”ދިޔަވަރު އޮންލައިން“އާއި ވާހަކަ ދެއްކި އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ޢިއްޒުއްދީން ސްކޫލް ހިންގި އިމާރާތް, މަހުޖަނު ގާސިމް އިބުރާހިމްއަށް ދިނުމަށް މުއިއްޒު ވައުދުވީ ފާއިތުވި މަޖިލިސް އިންތިޚާބަށް ގާސިމް އިބުރާހިމް ޚަރަދު ކޮށްދިނުމަށް ވީ އެއްބަސް ވުމާއެއްގޮތަށް ކަމުގައެވެ.

ގާސިމް އިބުރާހިމް ވަނީ ފާއިތުވި މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް 50 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އޭގެ ބަދަލެއްގެ ގޮތުން, ގާސިމް އިބުރާހިމްގެ ވިލާ ކޮލެޖްއާއި އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ހުރި ބިން އެއްކޮށްލުމަށް ބޭނުންވެ ގާސިމް އެދުނު އެދުމާއި އެއްގޮތަށް އިއްޒުއްދީން ސްކޫލު ހުރި އިމާރާތް ވިލާ ކޮލެޖަށް ދިނުމަށް މުއިއްޒު އެއްބަސްވެފައިވާކަމަށް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި މިނިސްޓްރީގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް މިކަން ރަސްމީކޮށް މިސަރުކާރަށް އިއުލާން ނުކުރެވިގެން އުޅެނީ އެ ސްކޫލުގެ ބެލެނެވެރިން ޕްރެޝަރާހެދިއެވެ. ސްކޫލުގެ ބެލެނެވެރިން ބުނަމުންދަނީ, އެހެން ސްކޫލެއް ތޮށްޖައްސާން, އިއްޒުއްދީން ސްކޫލުގެ ދަރުވަރުން އެހެން ސްކޫލަކަށް ބަދަލުކުރުމަށް އެއްބަސް ނުވާނެކަމުގައެވެ. އޭގެ ސަބަބަކީ މިހާރުވެސް މާލޭގެ ސްކޫލުތައް ފުރިބާރުވެފައިވާއިރު, އިއްޒުއްދީން ސްކޫލުގެ 600 މާލޭގެ އެހެން ސޫލުތަކަށް ބަލާހައިފިނަމަ ސްކޫލުތައް އިތުރަށް ތޮށްޖެހި, ކުރިންގެ ކިޔެވުން ބަރުބާދު ވެގެން ދާނެކަމުގައެވެ.

މަކަރުވެރި ހީލަތްތެރި ރޭވުމެއްގެ ދަށުން އިއްޒުއްދީން ސްކޫލު ބަންދު ކުރުމަށް ނިންމުނާއި ގުޅިގެން އެ ސްކޫލުގެ 600 ދަރިވަރުންގެ ބެލެނެވެރިން އެތައް ޝަކުވާއެއްކޮށް, ނުރުހުން ފާޅުކުރަމުންދާއިރުވެސް, މަހުޖަނު ގާސިމް އިބުރާހިމް އަދިވެސް ހުންނެވީ ހަނުއެވެ. އަދި ހުންނެވީ ނުދަންނަ މީހާކަމަށް ހެދިގެންނެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އިއްޒުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ބަހާލަނީ މާލޭގެ އެކި ސްކޫލްތަކަށެވެ. މިނިންމުން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ބެލެވެރިންގެ ނުރުހުމުގައެވެ.

”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ބެލެނެވެރިޔަކު ވިދާޅުވީ, ބެލެނެވެރިންގެ ރުހުމާއި ދެކޮޅަށް އިއްޒުއްދީން ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަމުން އެކި ސްކޫލުތަކަށް ބަދަލުކުރަން ނިންމައިފިނަމަ މުޒާހިރާކުރުމަށް ބެލެނެވެރިން ދަނީ ތައްޔާރު ވަމުންނެވެ. އަދި މި މުޒާހިރާތައް މަހުޖަނު ގާސިމްގެ ވިލާ ކޮލެޖް ކުރިމަތީގައާއި ގޭދޮށުގައިވެސް ކުރާނެކަމުގައި ބެލެނެވެރިން ބުނެފައި ވެއެވެ.

ރައީސް މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިޚާބު ނިމުމާއެކު ރައްޔިތުންގެ އިހުސާސްތަކާއި ވިންދަށް ބެލުމެއްނެތި ސިޔާސީ މަންފާއަށް, ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމަވަމުންނެވެ.