އެމްޕީއެލް ސަރަހައްދުގެ މަގުމަތީ ތަޅުން އެޅުމަށް ބޭނުން ކުރާ (އިންޓަރ ލޮކިންގ ޕޭވިންގ ބްލޮކްސް) ގެ 240،000 ގާ ގަތުމަށް އެމްޕީއެލް އިން ބިޑު ކުރުމަކާއި ނުލައި، ކޮރަޕްޝަން ނަގައިގެން ރާއްޖެއިން ބޭރުގެ ކުންފުންޏަކަށް ދީފިއެވެ.
އެމްޕީއެލް އިން ވަނީ މި ކަމަށް ބޭނުންވާ ފައިސާ ވެސް، އެޑްވާންސް ކޮށް އެކުންފުންޏާއި ހަވާލު ކޮށްފައެވެ. މާލޭގެ ބަނދަރާއި ހަމަ އަށް ފައިދާއާއި އެކު 4ރ ގެ ރޭޓޫން ޖެހޭ މި ގާ ގަތުމަށް، އެ ކުންފުންޏާއި ހަވާލު ކޮށްފައި ވަނީ، 20ރ ރޭޓުންނެވެ. މި މައުލޫމާތު ދިޔަވަރު ނޫހަށް ލިޔެކިޔުންތަކާއި އެކު ވަނީ ލިބިފައެވެ.
އޭސީސީއިން ސަލާމަތް ވުމަށް، އަދި މިކަން ކުރަނީ ގަވާއިދުގެ ތެރެއިން ކަމަށް ދެއްކުމަށް، އެމްޕީއެލް އިން ވަނީ އެމީހުންގެ ބޭނުންވާ ގޮތަކަށް އަގު ހުށެއެޅުމަށް އެމްޕީއެލްގެ ވެރިންނާއި ގުޅުން އޮންނަ ކުންފުނިތަކަށް، މި ތަކެތި ފޯރުކޮށްދިނުމަށް 7 ޖުލައި 2024 (މާދަމާ)ގެ ކުރިން އަގު ހުށައެޅުމަށް އެދި އީމެއިލް ކޮށްފައެވެ. މި ގޮތަށް ސިލެކްޓް ކޮށްފައިވާ ކުންފުނިތައް ބޭނުން ކޮށްގެން އަގު ބޮޑުކޮށް އަގު ހުށައެޅުވުމަށް ހަމަ ޖެހިފައި ވެއެވެ.
މި ގޮތަށް އެޑްްވާންސް ކޮށް އެކުންފުންޏަށް ފައިސާ ދޫކޮށް، 4ރ އަށް ލިބޭ ގަލެއް 20ރ ރޭޓުން ގަނެ 48 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ހިނގަމުން މިދަނީ މުއިއްޒުގެ ލަފައާއި އެކީ ކަމަށް އެމްޕީއެލްގެ ސީއީއޯ ވަޖީހު އެކުންފުނީގެ އެހެން ވެރިން ކައިރީ ބުނެފައި ވެއެވެ.
މި ކޮރަޕްޝަނުން 3.8 މިލިއަން ރުފިޔާ މުއިއްޒު އަށް ލިބިގެން ދެއެވެ.