ޚަބަރު

ޚަރަދު ކުޑަ ކުރާނެ ކަމަށް ވިދާޅުވުމަށްފަހު, ހުރިހާ ޚަރަދެއް ދީގެން 33 ރަށެއްގެ މެނޭޖަރުން މާލެ ގެނެސް, 5 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ސްޓެލްކޯއިން ބޮޑު މަހާސިންތާއެއް ބާއްވައިފި! ސަރުކާރުގެ އެއްވެސް ވެރިއެއްގެ އަމަލާބަހާ ދިމަލެއް ނުވޭ!

ދިޔަވަރު
ޚަރަދު ކުޑަ ކުރާނެ ކަމަށް ވިދާޅުވުމަށްފަހު, ހުރިހާ ޚަރަދެއް ދީގެން 33 ރަށެއްގެ މެނޭޖަރުން މާލެ ގެނެސް, 5 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ސްޓެލްކޯއިން ބޮޑު މަހާސިންތާއެއް  ބާއްވައިފި! ސަރުކާރުގެ އެއްވެސް ވެރިއެއްގެ އަމަލާބަހާ ދިމަލެއް ނުވޭ!

ޚަރަދު ކުޑަ ކުރާނެ ކަމަށް ވިދާޅުވުމަށްފަހު, ރާއްޖޭގެ 33 ރަށެއްގެ ސްޓޭލްކޯގެ ސްޓޭޝަން މެނޭޖަރުން މާލެ ގެނެސް, ހުރިހާ ޚަރަދެއް ދީގެން, 5 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ބޮޑު މަހާސިންތާއެއް ސްޓޭލްކޯއިން ކުރިޔަށް ގެންގޮސްފިއެވެ.

މި މަހާސިންތާއަކީ ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް އަމާޒުކޮށްގެން އެކުންފުނިން ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ.

"ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާސް"ގެ ނަމުގައި ކުރިަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ބައިވެރިވި އެވެ. ސްޓެލްކޯއިން ބުނެފައިވަނީ, މި މަހާސިންތާގައި ލީޑާޝިޕް ސްކިލްސް ދަސްކޮށްދިނުމުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ހަކަތަ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމާއި ގުޅޭގޮތުންނާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައި، އެ ދަތިތައް ހައްލުކޮށް ހިދުމަތް ފުރިހަމަކަމާއިއެކު އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރިކަމަށެވެ. 

އެހެންނަވެސް ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވުމާއެކު ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެފައިވަނީ ރައީސް މުއއިްޒުގެ އެނިންމެވުމަކީ ވަރަށް މުހިންމު ނިންމެވުމެއްކަމަށާއި, އެ މުހިއްމު ނިންމެވުމަށް ފުރިހަމައަށް ތާޢީދުކޮށް މަރުޙަބާ ދަންނަވާ ކަމުގައެވެ.

އަދި ހަމަ މިއާއިއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދަޢުލަތުގެ ކުންފުންޏެއްގެ ޙައިސިއްޔަތުން ސްޓެލްކޯއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަޤީންކަންވެސް އަރުވަން.

ޚަރަދު ކުޑަކުރުމަށް މުއިއްޒު ނިންމެވި ނިންމެވުމަށް ތާއީދުކޮށް ފަހުމީ ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް, ޚަރަދު ކުޑަކުރުމަށް ތާއީދުކޮށް, އެއްބާރުލުން ދޭނެކަމަށް ވިދާޅުވެ, ހަމަ އެހަފްތާގައި ސްޓެލްކޯއިންވަނީ ރާއްޖޭގެ 33 ރަށަކުން އެކުންފުނީގެ މުވައްޒަފުން މާލެގެނެސް, އެމުވައްޒަފުންނަށް އެލަވަންސްއައި, އެކަމަޑޭޝަނާއި, ކެއުމާއި, އިތުރުގަޑިއާއި, އަދި އެނޫނަސް ހުރިހާ ޚަރަދެއް ދައުލަތުގެ މާލިއްތުން ކޮށްގެން މަހާސިންތާއެއް ބާއްވާފައެވެ.

ދައުލަތުގެ ޚަރަދު ބޮޑުވެ, ޚަރަދު ކުޑަކުރުމުގެ ނަމުގައި, އާންމު މުވަޒަފަށް ލިބެންޖެހޭ އިތުރުގަޑީގެ ފައިސާކޮޅުވެސް ނުދީ, ސަރުކާރުން ހިފަހައްޓަމުންދާއިރު, މެނޭޖަރުންގެ ބޮޑު މަހާސިންތާއެއް މިދަނޑިވަޅުގައި ބޭއްވުން ސްޓެކޯއަށް އެހާ މުހިންމު ކަމަކަށް ވެގެން ދިއުމުން, އެކުންފުނީގެ އެމްޑީގެ ބަހާއި އަމަލާއި ދިމާވަމުންދާ މިންވަރާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

"ދިޔަވަރުން އޮންލައިން" މައުލޫމާތު ލިބިފައިވާ ގޮތުގައި, މި މަހާސިންތާއަށް ސްޓެލްކޯއިންވަނީ 5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

މިސަރުކާރުގެ އިސްވެރިން ގެންދަވަނީ, ޚަރަދު ކުޑަކުރުމަށްޓަކާ ފިޔަވަޅު އަޅުއްވަމުން ގެންދަވާކަމަށް ވިދާޅުވެ, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު, އަމިއްލަ ސިޔާސީ މަންފާތައް ހާސިލްކުރުމަށް ދައުލަތުގެ މާލިއްޔަތުން ބޮޑެތި ޚަރަދުތައް ކުރަމުންނެވެ. އަދި ސަރުކާރުގެ ގިނަ އިސްވެރިންނަކީ އަމަލާއި ބަހާއި ދިމާނުވާ, ހަމައެކަނި ސޯޝަލް މީޑީއާގައި, ނުފުއްދޭ ވައުދުތައް ވަމުންދާ ފަރާތްތަކެއްކަން ފާހަގަ ކޮށްލެވެއެވެ.