ޚަބަރު

ޚަރަދު ކުޑަ ކުރަން، މާލެއަށް ދަތުރު ނުކުރަން، ކައުންސިލްތަކަށް އެންގުމަށް ފަހު، ސަރުކާރުން ރ. ކިނޮޅަހު ކައުންސިލަރުން މާލެ ގެނެސް ބޮޑު ޖަލްސާއެއް ބާއްވައިފި! ކައުންސިލްތައް ހިތްހަމަ ނުޖެހިފައި!

ދިޔަވަރު
ޚަރަދު ކުޑަ ކުރަން، މާލެއަށް ދަތުރު ނުކުރަން، ކައުންސިލްތަކަށް އެންގުމަށް ފަހު، ސަރުކާރުން ރ. ކިނޮޅަހު ކައުންސިލަރުން މާލެ ގެނެސް ބޮޑު ޖަލްސާއެއް ބާއްވައިފި! ކައުންސިލްތައް ހިތްހަމަ ނުޖެހިފައި!

ޚަރަދު ކުޑަ ކުރަން، މާލެއަށް ދަތުރު ނުކުރަން، ކައުންސިލްތަކަށް އެންގުމަށް ފަހު، ސަރުކާރުން ރ. ކިނޮޅަހު ކައުންސިލަރުން މާލެ ގެނެސް ބޮޑު ޖަލްސާއެއް ބާއްވައިފިއެވެ. އަދި ރާއްްޖޭގެ ގިނަ ކައުންސިލް ތައް މިކަމާއި ހިތްހަމަ ނުޖެހި ސަރުކާރުގެ ބަހާއި އަމަލާއި ދިމާ ނުވާކަމަށް ބުނެ، ސަރުކާރަށް ދަނީ ފާޑު ކިޔަމުންނެވެ.

މި ޖަލްސާއަކީ، ސަރުކާރުން ކައުންސިލްތައް އުވާލުމަށް ބޭނުންވާތީ، އެކަން ކުރުމަށް ބޭނުންވާ ބަދަލު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާންމުންގެ ތަޢީދު އެކަމަށް ހޯދުމަށް ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާ އަށް ރ. ކިނޮޅަހު ކައުންސިލާއި، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނާއި އެޓޯލް މިނިސްޓަރ އާދަމް ޝަރީފު ބައްދަލުކުރިއެވެ.

އެޓޯލް މިނިސްޓްރީ އަކީ އެއްވެސް ކަމެއް ކުރުމަށް ޤާނޫނީ ދައުރެއް އޮތް ތަނެއް ނޫނެވެ. އެލްޖީއޭ އޮއްވައި، އެޓޯލް މިނިސްޓްރީ އުފެއްދުމަކީ ސަރުކާރަށް މާ ބޮޑަށް ވެސް ޚަރަދު ބޮޑު ވާނެ ކަމެކެވެ. އެހެން ކަމުން ޚަރަދު ކުޑަ ކުރުމަށް މި މިނިސްޓްރީ އުވާލުމަކީ މިއަދު ކުރަން އެންމެ އައުލާކަން ބޮޑު އެއް ކަމެވެ. ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުން ދަނީ، ކައުންސިލްތައް ތަޅު އަޅުވައި، ކައުންސިލްތައް ނައްތާލުމަށް އެކި އެކި މަސައްކަތް ކުރަމުންނެވެ. މިކަމާއި ގިނަ ކައުންސިލްތަކެއް ތިބީ ހިތްހަމަ ނުޖެހިފައެވެ.