ޚަބަރު

އިޤްތިޞާދު ނާޒުކު ފައްތަރެއްގައި: މުއިއްޒުގެ ވައުދެއް ފުއްދުމަށް ކަމަށް ބުނެ، ކުދި ވިޔަފާރިތަކެއް ނައްތާލަށް ވެމްކޯއިން ފަށައިފި! މިއީ މުޅި ދުނިޔޭގައި ވެސް އިމާރާތް ފޮޅާ ސާފުކުރުމުގެ ވިޔަފާރި، ސަރުކާރަކުން އަލަށް ފެށި ފަހަރު!

ދިޔަވަރު
އިޤްތިޞާދު ނާޒުކު ފައްތަރެއްގައި: މުއިއްޒުގެ ވައުދެއް ފުއްދުމަށް ކަމަށް ބުނެ، ކުދި ވިޔަފާރިތަކެއް ނައްތާލަށް ވެމްކޯއިން ފަށައިފި! މިއީ މުޅި ދުނިޔޭގައި ވެސް އިމާރާތް ފޮޅާ ސާފުކުރުމުގެ ވިޔަފާރި، ސަރުކާރަކުން އަލަށް ފެށި ފަހަރު!

ރާއްޖޭގެ އިޤްތިޞާދު ނާޒުކު ފައްތަރެއްގައި އޮއްވައި، ކުދި ވިޔަފާރިތަކެއް ނައްތާލުމުގެ މަސައްކަތް ވެމްކޯއިން ފަށައިފިއެވެ. މި ގޮތުން އިމާރާތް ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ދިނުމަށް ވެމްކޯއިން ފަށާނެ ކަމަށް އެކުންފުނިން އިއްޔެ ވަނީ ޕީއެސްއެމް ޚަބަރުގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ހާމަ ކޮށްފައެވެ.

މިކަން ކުރަމުން ދަނީ މުއިއްޒުގެ ވައުދަކާއި އެއް ގޮތަށް ކަމަށް ވެމްކޯއިން ޕީއެސްއެމް އަށް ދެއްވި އިންޓަރވިއުގައި އެކުންފުނީގެ ޑީއެމްޑީ ރުކުމާ ވަނީ ހާމަ ކޮށްފައެވެ. އެހެންކަމުން، އާންމު ކުދި ވިޔަފާރިތައް ނައްތާލުމަށް މިކަން ވެމްކޯއިން ފަށާފައި މިވަނީ މުއިއްޒު ބޭނުން ވެގެން ކަން ސާފު ވެއެވެ.

އިޤްތިޞާދެއްގެ އެންމެ މުހިންމު އަސާސްތަކަކީ ކުދި ވިޔަފާރިތަކެވެ. ޤައުމެއްގެ ކުދި ވިޔަފާރިތައް ފުޅާ ވަމުންދާ ނުވަތަ އިތުރުވެ ކުރިއަރަމުންދާ ނިސްބަތަކީ އެޤައުމެއްގެ އިޤްތިޞާދު ކުރިއަރާ މިންވަރު ހާމަ ކޮށްދޭ ކަމެވެ. ރާއްޖޭގެ ކުދި ވިޔަފާރިތަކަކީ ކުޑަ އާބާދީއަކަށް ޚިދުމަތް ދޭން ޖެހުމުގެ ސަބަބުން ދުނިޔޭގެ ނިސްބަތުން އެންމެ ފައިދާ ކުޑަ ވިޔަފާރިތަކެވެ. އަދި މިހާރުގެ އިޤްތިޞާދީ ހާލަތު ހުރި ގޮތުން ކުދި ވިޔަފާރިތަކަށް އެތައް ގޮން ޖެހުމެއް ހުރިއިރު، ބީއެމްއެލްއަކީ ކުދި ވިޔަފާރިތަކަށް ޚިދުމަތް ދިނުމާއި ދެކޮޅު، މަހުޖަނުންގެ ކޮންޓްރޯލް އޮންނަ ތަނެއް ކަމުން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަމެއް ރާއްޖޭގައި ނުލިބެއެވެ.

މި ހުރިހާ އުނދަގުލެއްގެ ތެރޭގައި ޤައުމުގެ ކުދި ވިޔަފާރިތައް އޮއްވައި، ސަރުކާރުން އިމާރާތްތަކާއި، އެޕާރޓްމެންޓްތައް ފޮޅާ ސާފު ކުރަން ފެށުމުން، އޭގެ ގެއްލުން އިންތިހާއަށް މި މަސައްކަތުގައި އުޅޭ ކުދި ވިޔަފާރިތަކަށް ކުރާނެއެވެ. އަދި މި ވިޔަފާރިތައް ނެތިގެން ދާނެއެވެ. މި ސަރުކާރުގެ މި އަނިޔާވެރި ކަމާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކުދި ވިޔަފާރިތަކުން ދޭ ޚިދުމަތްތަކުގެ އަގު ކަނޑައަޅާނީ މާކެޓުގައި އޮންނަ ޑިމާންޑް އެންޑް ސަޕްލައިގެ ތެރެއިންނެވެ. އެއީ އިލްމެއް ޤާބިލު ކަމެއް ނެތް، ރުކުމާ މެންފަދަ ނާގާބިލު މީހުންނަށް ފަހުމުވާ ވަރުގެ ކަންކަމަށް ނުވެދާނެއެވެ. ކޮންކްރިޓް އެޅުމުން ޕީއެޗްޑީ ނަގައިގެން، ވެރިކަމަށް އައި މުއިއްޒު ފަދަ އިޤްތިޞާދާއި، ޑިމާންޑް އާއި ސަޕްލައި ނުދަންނަ މީހުންނަށް ފަހުމުވާނެ ކަންކަމެއް ނޫންކަން ރައްޔިތުންނަށް މިއަދު މިދަނީ ފެންނަމުންނެވެ.