ޚަބަރު

އާރުޑީސީގެ ރަސްމީ ޓްވިޓަރ އެކައުންޓުން، އެމްޑީޕީ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ދޮންކޮޅު އަށް އަވަގުރާން ގޮވައިފި

ދިޔަވަރު
އާރުޑީސީގެ ރަސްމީ ޓްވިޓަރ އެކައުންޓުން، އެމްޑީޕީ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ދޮންކޮޅު އަށް އަވަގުރާން ގޮވައިފި

އާރުޑީސީ (ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން) ގެ ރަސްމީ ޓްވިޓަރ އެކައުންޓުން، އެމްޑީޕީ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ދޮންކޮޅު އަށް އަވަގުރާން ގޮވައިފިއެވެ. މި ގޮތަށް އަވަގުރާން ގޮވާފައި ވަނީ އާރުޑީސީގެ އޮފިޝަލް މީޑިޔާ އެކައުންޓެވެ.

ޚަރަދު ކުޑަކުރުމަށް އާދައިގެ އެތައް ސްޓާފުންނެއް ކަނޑާލާފައި، ބޮޑު މުސާރާގައި ކޮންސަލްޓަންޓުން ނަމުގައި ސިޔާސީ މީހުން މަގާމުތަކަށް މުއިއްޒު އަންގައިގެން އާރުޑީސީ އިން ނަގަމުން ދާތީ އެކަމާއި ދޮކޮޅަށް ދޮންކޮޅު ކޮށްފައިވާ ޓްވީޓަކަށް، ސަރުކާރުން ދެއްވި ޖަވާބަކީ "ކަލޭ އާރުޑީސީ އާއި ގުޅޭ ގޮތުން ފޯކޭ ނުކިޔައްޗޭ" އެވެ. އާރުޑީސީ އިން ފަހުން ވަނީ މި ޓްވީޓް ޑިލީޓް ކޮށްފައެވެ.

އަވަގުރާން ގޮވާފައި ކުރި ޓްވީޓް

އާރުޑީސީއިން ވަނީ ސިޔާސީ ނޫން އާންމު މުއައްޒަފުންތަކެއް ވަޒީފާތަކުން ވަކިކޮށް އެތައް އާއިލާއެއް ބިކަ ކޮށްފައެވެ. ހުޅުމާލެގައި ހުންނަ އާރުޑީސީގެ ބައެއް އުވާލާއި، އާންމު 36 ފަރާތެއް ވަޒީފާއިން ވަކި ކޮށްފައި ވަނީ 25 ޖޫން 2024 ގައިއެވެ. އޭގެ ދުވަސް ކޮޅެއް ފަހުން 4 ޖުލައި 2024 ގައި އާރުޑީސީއިން ވަނީ ޚަރަދު ކުޑަ ކުރުމަށް އިންޓަރނަލް މެމޯއެއް ނެރެފައެވެ. މި މެމޯގައި އިތުރު ގަޑި ހަރުކަށިކުރުމާއި މަރާމާތުތައް ހުއްޓާލުމާއި ދަތުރުތައް މަދުކުރުމާއި ހިންގުމުގެ އެހެން ހަރަދުތައް ކުޑަކުރުން ހިމެނޭ ކަމަށް މެމޯގައި ލިޔެފައި ވެއެވެ.

މި މެމޯ ނެރުނު އިރު، އާރުޑީސީއިން ދަނީ މުއިއްޒުގެ ލަފަޔާއި އެއްކޮށް، ސިޔާސީ މުއައްޒަފުންގެ ނަމުގައި މީހުން ނުނަގައި، އޭގެ ބަދަލުގައި ސިޔާސީ މީހުން، ކޮންސަލްޓަންޓުންގެ ގޮތުގައި އައްޔަން ކުރަން ފަށާފައެވެ. މިއިން ކޮންމެ ސިޔާސީ މީހަކަށް 35،000ރ އާއި 50،00ރ އާއި ދެމެދު އަދަދެއް ލިބެއެވެ. މީގެ އިތުރުން އެއްވެސް ކަމެއް ނުކޮށް، ކާޑު ޖަހާލާފައި ދާ ގޮތަށް އާރުޑީސީގައި 60 ސިޔާސީ މުއައްޒަފުން މުއިއްޒު އައްޔަން ކޮށްފައިވެއެވެ. އަދި ދާދި ފަހުން، ޗީފް އޮޕަރޭޓިންގ އޮފިސަރެއްގެ މަގާމަށްވެސް މުއިއްޒު ވަނީ 60،000ރ ލިބޭގޮތަށް ސިޔާސީ މީހަކު އައްޔަން ކޮށްފައެވެ.