ޚަބަރު

ޗައިނާގެ ވީގަރ އެންމެ މުސްލިމަކަށް ވެސް ހައްޖަށް ދިއުމުގެ ފުރުޞަތު ޗައިނާ ސަރުކާރުން މި އަހަރުވެސް ނުދިން! ވީގަރ މުސްލިމުން ހައްޖަށް ދިޔުން، ޗައިނާ ސަރުކާރުން ވަނީ 2016 އިން ފެށިގެން މަނާ ކޮށްފައި!

ދިޔަވަރު
ޗައިނާގެ ވީގަރ އެންމެ މުސްލިމަކަށް ވެސް ހައްޖަށް ދިއުމުގެ ފުރުޞަތު ޗައިނާ ސަރުކާރުން މި އަހަރުވެސް ނުދިން! ވީގަރ މުސްލިމުން ހައްޖަށް ދިޔުން، ޗައިނާ ސަރުކާރުން ވަނީ 2016 އިން ފެށިގެން މަނާ ކޮށްފައި!

ޗައިނާގެ އިސްލާމިކް އެސޯސިއޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރި ޗައިނާގެ މުސްލިމުންގެ ތެރޭގައި ޗައިނާގެ ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ ޝިންޖިއާންގެ އެއްވެސް ވީގަރ މުސްލިމުންނެއް ނުހިމެނެއެވެ.

ކުޅަދާނަ ކަން ލިބިފައިވާ ފަރާތަށް ޙަޔާތުގައި އެއްފަހަރު ވާޖިބުވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޗައިނާގެ މުސްލިމުންނަށް ސަރުކާރުގެ ހުއްދަ ބޭނުންވެއެވެ. އެހެން ޤައުމުތަކަށް ދަތުރު ކުރުމަށް ޗައިނާގެ ސަރުކާރުން މިފަދަ ހުއްދައެއް ބޭނުން ނުވެއެވެ.

ޗައިނާގެ އިސްލާމިކް އެސޯސިއޭޝަންގެ ވެބްސައިޓްގައިވާ ގޮތުން ޖޫން މަހުގެ ކުރީކޮޅު ހައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައިވަނީ ޗައިނާގެ ގަންސޫ ޕްރޮވިންސުން 769 މީހުންނާއި ޔުނާން ޕްރޮވިންސުން 284 މީހުންނެވެ. މި ލިސްޓުގައި ޝިންޖިއާންގެ ވީގަރ އެއްވެސް މުސްލިމަކު ހިމެނިފައެއް ނުވެއެވެ.

https://twitter.com/GlobeEyeNews/status/1808525866692968723
ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ވީގަރ މުސްލިމުން ޗައިނާއިން ވަނީ މަނާ ކޮށްފައި

މިދިޔަ އަހަރުވެސް ހައްޖުގެ އަޅުކަމުގައި ޝިންޖިއާންގެ އެއްވެސް މުސްލިމަކު ބައިވެރިވެފައެއް ނުވެއެވެ. އެންމެ ފަހުން ޝިންޖިއާން އިން މުސްލިމަކު ހައްޖަށް ދިޔުމަށް ޗައިނާ ސަރުކާރުން ހުއްދަ ދީފައި ވަނީ 2016 ގައެވެ.

މިއަހަރު ހައްޖަށް ދިޔަ އަދި އިންޓަނޭޝަނަލް ޔޫނިއަން އޮފް އީސްޓަން ތުރުކީސްތާން އޯގަނައިޒޭޝަންސްގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ތުރުކީގެ ވީގަރ ނަސްލުގެ ރައްޔިތެއް ކަމަށްވާ އަބުދުއްސަލާމް ޓެކްލިމާކަން ހާޖީ ވިދާޅުވީ ޗައިނާގެ ވަފުދުގެ ތެރޭގައި ޝިންޖިއާންގެ ވީގަރ މުސްލިމުން ފެނިފައި ނުވާ ކަމަށާއި ނަމަވެސް ޗައިނާގެ ދިދަ ހިފައިގެން ތިބި ބައެއް ހުއީ މުސްލިމުން ހައްޖުގެ އަޅުކަމަށް ގޮސް ތިބިތަން ފެނިފައިވާ ކަމަށެވެ.

2015 ވަނަ އަހަރުން ފެށިގެން ޗައިނާއިން ވަނީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި މިސްކިތްތަކުގައި ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ރޯދަ ހިފުން ފަދަ ގިނަ ދީނީ އަމަލުތައް ވީގަރ މުސްލިމުންނަށް މަނާކޮށްފައެވެ.

ޚަބަރު: https://www.rfa.org