ޚަބަރު

ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް މުއިއްޒު ބުނުމަށްފަހު، މިފްކޯއިން 39 އާންމު މުއައްޒަފުން ވަކި ކޮށް، ސިޔާސީ މީހުން ވެއްދުމަށް ޖާގަ ހަދައިފި! 39 އާއިލާ މުއިއްޒު މަގުމަތި ކޮށްލައިފި!

ދިޔަވަރު
ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް މުއިއްޒު ބުނުމަށްފަހު، މިފްކޯއިން 39 އާންމު މުއައްޒަފުން ވަކި ކޮށް، ސިޔާސީ މީހުން ވެއްދުމަށް ޖާގަ ހަދައިފި! 39 އާއިލާ މުއިއްޒު މަގުމަތި ކޮށްލައިފި!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން 39 އާންމު މުވައްޒަފުން ވަކިކޮށްފި އެވެ.

މި ނޫހާ ވާހަކަ ދެއްކި މިފްކޯގެ ބައެއް މުވައްޒަފުން ބުނީ ވަކިކުރީ ކޫއްޑޫގައި ވަޒީފާ އަދާކުރާ މުވައްޒަފުން ކަމަށާއި، މިހާތަނަށް ވަކިކުރި މުވައްޒަފުންގެ އަދަދު 39 އަށް ވުރެ ގިނަ ވާނެ ކަމަށެވެ.

"ވަކިކުރަނީ ވަޒީފާއަށް ފަރުވާ ކުޑަކޮށްފިއޭ ކިޔާފައި. ނަމަވެސް ހާޒިރީއަށް ރަނގަޅު ބައެއް ސްޓާފުން ވެސް ވަކިކޮށްފައި އެބަ ހުރި،" އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މާލީ ތާށިކަމުގެ ސަބަބުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ފެށުމަށް، ފިނޭންސް މިނިސްޓްރީން ކެބިނެޓަށް ކަރުދާހެއް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އެ ކަރުދާސް ފާސްކޮށް، ތަންފީޒުކުރާކަން އިއުލާނެއް ނުކުރެ އެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރާއިރު، އިންތިހާއަށް ގިނަވެފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު މަދެއް ނުވެ އެވެ.

ނުހައްޤުން މިގޮތަށް ވަޒީފާ އިން ވަކި ކުރާ ފަރާތްތަކާއި މެދު މީގެ ކުރިން އިނދިކޮޅު ޕާޓީ ތަކުން ވަނީ ކޯޓަށް ދިޔުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.