ޚަބަރު

މިހާރު ހިނގަމުން ދަނީ އެމްއެމްޕީއާރުސީ ގެ ވަގުންގެ ވެރިކަމެއް! މުއިއްޒު އުޅެނީ ކޯޓަށް ރިޝްވަތު ދީގެން ވަގުންގެ މައްސަލަތައް އަވަހަށް ނިންމާލަން! ވައްކަމުން ހުދު ފޮތިކޮޅަކަށް!

ދިޔަވަރު
މިހާރު ހިނގަމުން ދަނީ އެމްއެމްޕީއާރުސީ ގެ ވަގުންގެ ވެރިކަމެއް! މުއިއްޒު އުޅެނީ ކޯޓަށް ރިޝްވަތު ދީގެން ވަގުންގެ މައްސަލަތައް އަވަހަށް ނިންމާލަން! ވައްކަމުން ހުދު ފޮތިކޮޅަކަށް!

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ގެއްލުނު ހުރިހާ ފައިސާއެއް ހޯދައި، އެ ވައްކަމުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އެމީހަކަށް އަދަބު ދެއްވާނެ ކަމަށް މުއިއްޒު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޕީއެންސީ ޖަލްސާގައި ވިދާޅުވީ، އެމީހުންގެ މައްސަލަތައް ކޯޓުތަކުން ބަލައި އަވަހަށް އެމީހުންނަކީ މައުސޫމު ބައެއް ގޮތުގައި ނިންމުމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް މެއި 12، 2021 ގައި މަޖިލީހުން އާންމުކޮށްފައިވާއިރު، އެ ލިސްޓުގައި ތިބި %95 މީހުން ތިބީ މުއިއްޒުގެ ސަރުކާރު ހިފަހަށްޓަން މިސަރުކާރުގައެވެ.

ނަމަވެސް މުއިއްޒު އެ ޖަލްސާގައި ވިދާޅުވީ، "އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެ ތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ކަމަށެވެ.

ރައްޔިތުންނަށްޓަކައި މުއިއްޒު ކަމެއް ކުރަންޏާ ފުރަތަމަ ކަމަކަށް ވަގުންގެ ސަރުކާރެއް އެކުލަވާ ނުލާނެއެވެ. ރައްޔިތުންނަށް ދެންވެސް ކަމެއް ކޮށްދެންޏާ އެމީހުން މަގާމުތަކުން ވަކިކޮށް، ވަގުންނާއި ދުރުވެލާށެވެ. އަދި މަޖިލީހުގައި ތިބި ވަގުން ޕާޓީ އިން ވެސް ވަކި ކޮށްލާށެވެ. ނަމަވެސް ލަނޑަޔާ ވާނީ ލަނޑަޔާއަށް ކަމުން، މުއިއްޒަށް އެކަން ނުކުރެވޭނެއެވެ. ރައްޔިތުންނަށް ކޮންމެ ކަމަކުންވެސް ދޮގު ހެދުން ފިޔަވާ އިތުރު އެއްވެސް ކަމެއް މުއިއްޒު ނުކުރެއެވެ.

"ކޮންމެ މީހަކަށް ވިޔަސް" ކަމަށް ރައީސް އެ ވިދާޅުވާ ލިސްޓުގައި މި ސަރުކާރުގެ %95 ވެރިންނެއް އެބަތިއްބެވެ. ރައީސް އޮފީހުން ފެށިގެން މަޖިލީހާއި ސަރުކާރުގެ ކުންފުނިތަކުގައި ވެސް ތިބީ ހަމަ އެމީހުންނެވެ.

މި ލިޔުމުގައި ހިމަނާނީ މަޖިލީހުން އާންމުކުރި ލިސްޓުގައި ހުރި ނަންތަކާއި ލީކުވި ލިސްޓުގައި ހުރި ފައިސާގެ އަދަދުތަކެވެ.

ނައިބު ރައީސް އާއި ވަޒީރުން

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު - 1،800،000ރ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - 8،308،400ރ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު - ލިބުނު ފައިސާގެ އަދަދު ސާފެއް ނުވޭ.
ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން - 2،500،000ރ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް - 1،000،000ރ.
ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް - 200،000ރ.

މަޖިލީހުގެ ރައީސް، ނައިބު ރައީސް އަދި މެންބަރުން

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ - 1،708،400ރ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް - 1،000،000ރ.
ކޯލިޝަން ޕާޓްނަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް - 5,900,000ރ.
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު - 1،200،000ރ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު - 10,200,000ރ.
އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު - 28،572،980ރ.
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު - 4،700،000ރ.
ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް - 23،100،000ރ.
މާފަންދު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު - 1،200،000ރ.
ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ - 500،000ރ.
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު - 1،608،400ރ.
އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު - 600،000ރ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ - 600،000ރ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ - 600،000ރ.
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު - 600،000ރ.

ރައީސް އޮފީހާއި އެހެން އިސް މަގާމުތައް

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު - 1،500،000ރ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު - 600،000ރ.
ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސެއިން ޝަރީފު - 579،286ރ.
ޕަބްލިކް ސާވިސް ސެކްރެޓަރީ އަބްދުﷲ ނާޒިމް - ލިބުނު ފައިސާގެ އަދަދު ސާފެއް ނުވޭ.
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަފު އިކްރާމް އަބްދުއްލަތީފު - ލިބުނު ފައިސާގެ އަދަދު ސާފެއް ނުވޭ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދު - 200،000ރ.
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލު - 500،000ރ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން - 200،000ރ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު - 16،000،000ރ.

މިވަރަށް ވަގުން ކައިރިކޮށްގެން ހިންގަމުންދަނީ އެމްއެމްޕީއާރުސީގެ ވަގުންގެ ސަރުކާރެކެވެ. އެ ސަރުކާރުގައި ހުރެ އެމީހުންނާއި އެކީ އެތައް ވައްކަމެއްގައި ބައިވެރި ވަމުންދާ ކަމަށް ރައްޔިތުން މުއިއްޒު އަށް ތުހުމަތު ކުރަމުންދާއިރު، އެ ވަގުން ސަލާމަތް ކުރުމަށް، އެމީހުންގެ ވައްކަމުގެ ލައްގަނޑު ފިލުވާލުމަށް ކޯޓަށް ރިޝްވަތު ދީގެން މުއިއްޒު މި މައްސަލަތައް ބަލައި ނިންމައި އެއީ މައުސޫމު ބަޔަކަށް ހަދާތަން އަދި ދިވެހިން ދެކޭނެއެވެ.