ޚަބަރު

ސިޔާސީ މަޤާމުތަކަށް މުސާރަ ދިނުމަށް ދަތި ވާތީ، ހިލޭ ޑިގްރީ ޕްރޮގްރާމް ހުއްޓާލުމަށް މުއިއްޒު ކެބިނެޓްގައި މަޝްވަރާ ކޮށްފި! މަޖިލީހުގައި ޝުޖާއު ހިލޭ ޑިގްރީ ޕްރޮގްރާމް ހުއްޓާލުމަށް ގޮވާލާފައި ވަނީ މުއިއްޒުގެ އިރުޝާދުގެ ދަށުން!

ދިޔަވަރު

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ސްކޭމެއް ކަމަށާއި، ހުއްޓާލަން ޖެހޭ ކަމަށް ބުނެ މަޖިލީހުގައި ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވާހަކަ ފުޅު ދައްކަވައިފިއެވެ. އިއްޒަތްތެރި މެމްބަރު މި ވާހަކަ މަޖިލީހުގައި ދައްކާފައި ވާއިރު، މިއީ ރައީސް ސޯލިހް ފަށާފައިވާ ކަމަކަށް ވާތީއާއި، ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ، ހިލޭ ޑިގްރީ ޕްރޮގްރާމް ހުއްޓާލަން މުއިއްޒު ވަނީ އެންމެ ފަހުން އޮތް ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކޮށްފައެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ގާތްގަނޑަކަށް. 700 މިލިއަން ރުފިޔާ ހިލޭ ޑިގްރީ އަށް ދިވެހި ކިޔަވާ ކުދިން ކިޔެވުމަށް ފާއިތުވި 5 އަހަރު ޚަރަދު ކޮށްފައެވެ. މިއީ އެތައް ހާސް ދަރިވަރުންނަކަށް ލިބިގެން ދިޔަ ތައުލީމް ހާސިލް ކުރުމުގެ ފުރުޞަތެކެވެ.

ސަރުކާރުން ދަނީ، ރައްޔިތުން ވަޒީފާ ތަކުން ވަކިކޮށް، ރައީސް އޮފީހުން ފޮނުވާ ފައިވާ ލިސްޓަކުން ސަރުކާރު ކުންފުނިތަކަށާއި ވުޒާރާ ތަކަށް މީހުން ނަގަމުންނެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމް ހުއްޓާލުމުން، މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުޞަތު އެތައް ހާސް ބަޔަކަށް ގެއްލިގެން ދާނެއެވެ.