ޚަބަރު

ރާއްޖެ ބަނގުރޫޓު ވަމުންދާ އަޑުތައް ގަދަވެފައި ވަނިކޮށް، ސަރުކާރުން މާލީ ހިސާބުތައް އާންމު ކުރުން އަނެއްކާވެސް ހުއްޓާލައިފި

ދިޔަވަރު
ރާއްޖެ ބަނގުރޫޓު ވަމުންދާ އަޑުތައް ގަދަވެފައި ވަނިކޮށް، ސަރުކާރުން މާލީ ހިސާބުތައް އާންމު ކުރުން އަނެއްކާވެސް ހުއްޓާލައިފި

ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ގޮތަށް ކޮންމެ ހަފްތާއަކު ގަވާއިދުން ޝާއިއުކުރާ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އާންމުނުކުރާތާ ތިން ހަފްތާ މާދަމާ ނޫން އަނެއް ދުވަހަށް ވާނެއެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެއް އެންމެފަހުން ޝާއިއުކުރީ ޖޫން 20, ގަ އެވެ. އެ ރިޕޯޓުގައި އޮތީ ޖޫން 20, އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތަކުގެ ތަފްސީލެވެ. އެއަށްފަހު މިއަދާ ހަމައަށް 18 ދުވަސް ފާއިތުވެގެންދިޔައިރު ދައުލަތުގެ އާމްދަނީ އާއި ހަރަދަށް އެ މުއްދަތުގައި އައި ބަދަލުތަކެއް ނޭނގެ އެވެ.

މާލީ ހިސާބުތައް އާންމުނުކުރާތާ ގިނަ ދުވަސްވެފައިވާއިރު ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، މާލީ ހާލަތުވަނީ ހީނަރުވެ، އިޤްތިޞާދު ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައެވެ.

މާލީ ހިސާބުތައް މި ގޮތަށް ސިއްރު ކުރުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ. ޤައުމު ބަނގުރޫޓު ވަމުން ދިޔަ ނަމަވެސް، އެކަން ރައްޔިތުންނަށް ސާފުވާނީ ތެދު މާލީ ހިސާބުތައް ލިބިގެންނެވެ.

މިހެން މާލީ ހިސާބުތައް ހުއްޓާލާފައި އޮތުމަށްފަހު، ކުއްލިއަކަށް ބޭންކު ތަކުގައި ހުރި ފައިސާ ދޫކުރެވޭނީ ކުޑަ މިންވަރެއްކަމަށް ނިންމާ، ކުއްލިއަކަށް ބެންކްރަޕްސީ އިއުލާނު ކޮށްވެސް ފާނެ.

އިޤްތިޞާދީ ގޮތުން ރާއްޖޭގެ ފުންނާބު އުސް ފަރާތަކުން ދިޔަވަރު ނޫހަށް ކިޔައި ދިނެވެ.

އެންމެފަހުން ރިޕޯޓު ނިޔަލަށް އާމްދަނީއަށް 15.8 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުކުރީ 17.8 ބިލިއަން ރުފިޔާ އެވެ. އާމް ދަނީއަށް ވުރެ ބޮޑަށް ސަރުކާރުން ދަނީ ޚަރަދު ކުރަމުންނެވެ. މި ޚަރަދުގެ ގިނަ ބައެއް ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ސިޔާސީ ފަރާތްތަކުގެ މުސާރައަށެވެ.