ޚަބަރު

2.5 މިލިއަން ޑޮލަަރަށް ނުއަގުގައި އެމްޕީއެލްއަށް ގަންނަ, ތިލަފުށީގަ އޮތް ޖާބިރުގެ ބިމުން އެޗްޑީސީއަށް ދައްކަންޖެހޭ 17 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފް ކޮށްފި! ޖުހާއާއި ފަޒުލްގެ ޖީބަށް 5 ލައްކަ ޑޮލަރު!

ދިޔަވަރު
2.5 މިލިއަން ޑޮލަަރަށް ނުއަގުގައި އެމްޕީއެލްއަށް ގަންނަ, ތިލަފުށީގަ އޮތް ޖާބިރުގެ ބިމުން އެޗްޑީސީއަށް ދައްކަންޖެހޭ 17 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފް ކޮށްފި! ޖުހާއާއި ފަޒުލްގެ ޖީބަށް 5 ލައްކަ ޑޮލަރު!

އެމްޕީއެލްއަށް ނުއަގުގައި ގަތުމަށް ނިންމާފައިވާ, ތިލަފުށީގައި އޮތް ޖާބިރުގެ ބިމުން އެޗްޑިސީއަށް ދައްކަންޖެހޭ 17 މިލިއަން ފުރިޔާގެ ޖޫރިމާނާ މާފް ކޮށްފިއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އެމްޕީއެލްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ބިން އެމްޕީއެލްއަށް ގަތުމުމުގެ މުއާމަލާތް ކުރިޔަށް ދަނީ އެކުންފުނީގެ ސީއީއޯ ވަޖީހު (ޖުހާ) އަޑީގައި ހުރެ, އޭނާގެ ޖީބަށް 5 ލައްކަ ޑޮލަރު ލިބޭގޮތަށް ކަމަށާއި, ބިން ޖާބިރު އަތުން އެމްޕީއެލްއިން ގަންނަނީ 2.5 މިލިއަން ޑޮލަރަށް ކަމުގައެވެ. ޖާބިރު ބިމުގެ ލީސް ވިއްކާލަނީ ވަޖީހު (ޖުހާ)އަށް 5 ލައްކަ ޑޮލަރު ލިބޭ ގޮތަށެވެ.

ތިލަފުށީގައި އޮތް ޖާބިރުގެ ބިމަކީ އޭނާ އެޗްޑީސީ (ކުރީގެ ގުޅީފަޅު ކޯޕަރޭޝަން)އަށް އެންމެ ލޯލާރިއެއްވެސް ނުދައްކާތާ 15 އަހަރު ވެފައިވާ ބިމެކެވެ. އެހެންނަމަވެސް, އެމްޕީއެލްއާއި (ޖުހާ އިސްވެހުރެ) ޖާބިރުއާ ދެމެދު ކުރިޔަށްދާ މި ޑީލްގެ ބައެއްގެ ގޮތުން, ޖާބިރު މި ބިމުގެ ޖޫރިމާނާގެ ގޮތުގައި އެޗްޑީސީއަށް ދައްކަންޖެހޭ 17 މިލިއަން ރުފިޔާގެ ޖުރިމާނާ, އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އަޑީގައި ހުރެގެން ވަނީ މާފް ކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި ފަޒުލްގެ ޖީބަށްވެސް މީ ޑީލްއިން ކޮރަޕްޝަންގެ ފައިސާ ވަންނާނެއެވެ.

”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި އެމްޕީއެލްގެ އިސް އޮފިޝަލް ވިދާޅުވީ ‏މި ބިން އޮތީ ތިލަފުށީގައި ހަދަން އުޅޭ ޕޯޓް އާއި ޖެހިގެން ކަމުން މި ބިމުގެ ފައިދާ ނަގަން އުޅެނީ ޖުހާއާއި އަދި އެމްޕީއެލް ހިންގަން އުޅޭ ފިލިޕީންސް ކުންފުނިން ކަމުގައެވެ. އެގޮތުން މިބިން އެމްޕީއެލްއަށް ގަންނަނީ, ތިލަފުށީގައި ހަދަން އުޅޭ ޕޯޓް ހެދުމަށް އެބިން ބޭނުންވާކަމުގެ ހުއްޖަތް ދައްކައިގެން ކަމަށްވެސް އެމްޕީއެލްގެ އޮފިޝަލް ވިދާޅިވިއެވެ.

”ދިޔަވަރު އޮންލައިން“އަށް އެނގިފައިވާ ގޮތުގައި ތިލަފުށީގައިވާ ބިމަކީ ރައީސް މައުމޫންގެ ވެރިކަމުގައި, ބަދަލެއްގެ ގޮތުގައި ޖާބިރަށް ދީފައިވާ 116 ޖާސް އަކަފޫޓުގެ ބިމެކެވެ. މި ބިން ޖާބިރަށް ދީފައިވަނީ ބޯޓް ޔާޑެއް އެޅުމަށެވެ.

‏“ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި އެމްޕީއެލްގެ އޮފިޝަލް ވިދާޅުވީ މިބިން އެމްޕީއެލްއަށް ގަތުމަށް މިހާރު އެމްޕީއެލްގެ ވެރިންގެ ތެރެއިން ފިލިޕީންސް ކުންފުންޏާއެކު ޑީލް ހަދާ ޓީމުން ވަނީ ޖާބިރާއެކު އެ މުއާމަލާތް ކޮށް ނިންމާފައި ކަމުގައެވެ. މި މިއާމަލާތުގައި ޖާބިރުގެ ފަރާތުން މުއާމަލާތު ކުރަމުންދަނީ އަހުމަދު މުހައްމަދު (މަޑޭ)އެވެ.

އެމްޕީއެލްއިން ވަނީ ފިލިޕީންސް ކުންފުންޏަކަށް އެމްޕީއެލްގެ ހިންގުން ދޫކޮށް, އެކުންފުނި ވިއްލާކަން ނިންމާފައެވެ. މިމުއާމަލާތުގައި ރިޝްވަރާއި ކޮރަޕްޝަންގެ އެތައް މުއާމަލާތެއް ހިމެނޭއިރު, މަޖިލިސް ރައީސް އަބުދުއްރަހީމްގެ ދަރިފުޅެއްގެ ބަފާބެ ކަމުގައިވާ, އެޕްމީއެލްގެ ސީއީއޯ ވަޖީހު (ޖުހާ) ރިޝްވަތުގެ މި މުއާމާލާތުތަކުގެ އަޑީގައި ހުރިކަން މިހާރުވަނީ ފަޅާއަރާ, އެމައުލޫމާތު ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ.

އެމްޕީއެލްގައި ހިނގަމުންދާ ބޮޑެތި ކޮރަޕްޝަންތަކުގެ އަޑީގައި ހުރި އަނެއް ފަރާތަކީ މަޖިލިސް ރައީސްކަމުގައި ހުންނެވި އަބުދުއްރަހީމްއެވެ. އެމްޕީއެލްއަކީ, ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ރައީސް މުއިއްޒު އަބުދުއްރަހީމްއަށް ދޫކޮށްފައިވާ ކުންފުންޏެކެވެ.