ރާއްޖޭގެ ރައްޔިތުންގެ މެދުގައި އަވަށްޓެރި ޤައުމުތަކާއި މެދު ނަފްރަތު އުފެއްދުމަށް ޗައިނާއިން އަޒާން އަށް ކޮންމެ މަހަކު އެއްލައްކަ ރުފިޔާ ދީފައިވާކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވެއެވެ. މި މައުލޫމާތު ލިބިފައިވަނީ އަޒާންގެ ގާތް އެކުވެރިއެއްގެ ފަރާތުންނެވެ. މީގެ އިތުރުން ދިޔަރެސް ނޫސް ހިންގުމަށް އިތުރަށް ޗައިނާއިން ފައިސާ ދީފައިވާ ކަމަށް ވެސް އޭނާ ހާމަ ކުރިއެވެ. މި ފައިސާ ތައް ދީފައި ވަނީ ނަގުދު ފައިސާގެ ގޮތުގައި ކަމަށާއި، މި ފައިސާ ލިބެމުން ދިޔައިރު ވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ އެކި ފަރާތުންނާއި ޕީޕީއެމް އަށް ތާޢީދު ކުރާ އެކި ވިޔަފާރިވެރިން އަތުން ދިޔަރެސް ނޫސް ހިންގުމުގެ ނަމުގައި އަޒާން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ކަމަށް އޭނާ މައުލޫމާތު ދެއެވެ.
ރާއްޖެއިން ބޭރަށް އަޒާން ކޮށްފައިވާ އަގު ބޮޑެތި ދަތުރު ތަކަކީ މި ގޮތުން ޗައިނާ އިން ލިބިފައިވާ ފައިސާއިން އޭނާ ކޮށްފައިވާ ދަތުރުތައް ކަމަށާއި، އޭނާ އަށް ފައިސާ ދެނީ ޗައިނާގެ ސީސިޕީ (ޗައިނީސް ކޮމިއުނިސްޓް ޕާޓީ) އިން ކަމަށް މައުލޫމާތު ލިބެއެވެ. ރާއްޖެ ފަދައިން އެހެން ޤައުމުތަކުގައި ވެސް މިފަދަ އިން އެޖެންޓުން ބަހައްޓައިގެން ޗައިނާގެ ސިޔާސީ އެޖެންޑާ އެޤައުމުތަކުގައި ކުރިއެރުވުމަށް މަސައްކަތް ކޮށްފައި އެބަހުއްޓެވެ.
ސީސީޕީއިންނާއި، ޗައިނާގެ އިންޓެލިޖެންސް އެޖެންސީތައް ކަމަށްވާ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީ (އެމްއެސްއެސް) ފަދަ އިދާރާތަކުން މީހުން ރެކްރޫޓް ކުރަނީ އެ ގައުމުގައި އެމީހަކަށް އޮތް ތާޢީދާއި ނުފޫޒުގެ މައްޗަށް ބަލައިގެން ފައިސާ ދީގެންނެވެ. މިސާލަކަށް އެމެރިކާގައި ޗައިނާގެ އިންޓެލިޖެންސަށް ސިއްރު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. މި ގޮތުން ސީއައިއޭގެ ކުރީގެ އޮފިސަރުންނާއި ޗައިނާއަށް އުފަން، އެމެރިކާ ރައްޔިތެއް ކަމަށްވާ ޕްރޮފެސަރެއްގެ މައްޗަށް ޖާސޫސްކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވެއެވެ.
ޤައުމުގެ ހަމަ ނުޖެހުން ނެގުމުގައި އަޒާން ކުޅެފައިވަނީ ވަރަށް ބޮޑު ދައުރެކެވެ. މިއީ ޤައުމު އިޤްތިޞާދީ ގޮތުން ވެއްޓިފައިވާ ވަޅުގަނޑަށް ވެއްޓެން ދިމާވި އެއް ސަބަބުވެސް މެއެވެ. އުތުރު ތިލަފަޅުގައި އެތައް އިންޑިޔާ ހާސް ސިފައިން ތިބި ކަމަށާއި، އެއީ އިންޑިޔާގެ މިލިޓަރީ ބޭހެއް ކަމަށް ބުނެ ތަކުރާރުކޮށް އެކި ޚަބަރުތައް ލިޔެ އެ ދޮގު ފަތުރާފައިވެއެވެ. މިހާރު އޭރު އެބުނި މިލިޓަރީ ބޭސް ކޮބާތޯއެވެ. ހަޤީގަތަކީ އެއްވެސް އިރެއްގައި އެފަދަ މިލިޓަރީ ބޭހެއް ނެތް ކަމެވެ.
މަޖިލީހަށް ހޮވުމަށްވެސް ޗައިނާގެ އެމްއެސްއެސް އިން އަޒާން އަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްފައިވާކަން ދިޔަވަރު ނޫހަށް ވަނީ އެނގިފައެވެ.
އެތައްހާސް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނި އިރު ތިބީ ޕައިލެޓުން ކޮޅެކެވެ. ޕައިލެޓުން ހެލިކޮޕްޓަރ ދުއްވަނީ އެމްއެންޑީއެގް އިން އެންގުމުންނެވެ. ނަމަވެސް އެމީހުން އަމިއްލަ އަށް ހެލިކޮޕްޓަރ އޮޕަރޭޓް ކުރާ ކަމަށް ބުނެ ދޮގު ހެދިއެވެ. އަދި ހަނިމާދޫގައި މީހަކަށް ފިޔަވަޅު ނޭޅޭ ވަރަށް އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ ދޮގު ހަދައި ދެގައުމުގެ ގުޅުން ހީނަރު ކުރިއެވެ. މި ހުރިހާ ކަމެއް ކުރީ ޗައިނާއިން ދޭ އެއްލައްކަ ރުފިޔާގެ ދަހިވެތި ކަމުގައެވެ.
މަޖިލީހުން އަޒާނަށް 80،000ރ ލިބޭއިރު، މުއިއްޒުގެ ފަރާތުން 100،000ރ ލިބޭ މީހުންގެ ތެރޭގައި އަޒާން ހިމެނެއެވެ. މީގެ އިތުރުން އަޒާނަށް އެޖެންޓް ކަމުގެ މުސާރަ އަށް 100،000ރ މަހަކު ޗައިނާ އިން ދެއެވެ.
އަޒާން އަކީ ޤައުމަށް ހާއިނު ވެފައިވާ ޤައްދާއް ގޮތުގައި ބެލެވޭ މީހެކެވެ. ޗައިނާގެ ސީސީޕީއިން ދިނިއްޔާ ކައިގެން ބޮއެގެން އުޅޭ ކޮމިއުނިސްޓް ސީސީޕީގެ އެޖެންޓެކެވެ. މިއަދު އޭނާ ދަނީ މަޖިލީހުގައި އިނދެ ރައްޔިތުންގެ ހައްޤުތަކުގައި އަތް އަޅައި، ރައްޔިތުންގެ ކަރަށް ފިތަމުންނެވެ. ޗައިނާގެ ހައްޤުގައި ނޫނީ އޭނާ ޗުޕްވެސް ބުނެ ނުލާނެއެވެ.