ޚަބަރު

ސިޔާސީ ފިކުރަކަށް ބަލައިގެން ވަޒީފާއިން މީހަކު ވަކި ނުކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް، އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާއިދު ކުރާތީ، ބިލެތްދޫ ފެނަކަ ސްޓޭޝަން މެނޭޖަރު ސަސްޕެންޑްކޮށްފި!

ދިޔަވަރު
ސިޔާސީ ފިކުރަކަށް ބަލައިގެން ވަޒީފާއިން މީހަކު ވަކި ނުކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް، އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާއިދު ކުރާތީ، ބިލެތްދޫ ފެނަކަ ސްޓޭޝަން މެނޭޖަރު ސަސްޕެންޑްކޮށްފި!

އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާއިދުކުރުމުން ބިލެތްދޫ ފެނަކަ ސްޓޭޝަން މެނޭޖަރު ސަސްޕެންޑްކޮށްފިއެވެ.

‏ފ. ބިލެތްދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ޝާއިލް މާހިރު އަށް ތާއީދު ކުރާތީ އެރަށު ފެނަކައިގެ ސްޓޭޝަން މެނޭޖަރ އަހުސަން ހުސައިން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ކަމަށް ބުނެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އޭނާ ސަސްޕެންޑްކުރިކަން އަންގާ ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާއާއި ގުޅުންހުރި މައްސަލައެއް ތަހުގީގުކުރަމުންދާތީ، އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އެ ކުންފުނީގެ މުވައްޒަފުން ގަވާއިދު 2022 ގެ 4 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް 4 ޖުލައިން ފެށިގެން 14 ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭގޮތަށް ވަގުތީގޮތުން އޮފީހުގެ މަސައްކަތަށް ނުކުތުން މަނާ ކުރެވިފައިވާ ކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި މި މައްސަލައާ ގުޅޭގޮތުން ކުންފުނިން މައުލޫމާތެއް ހޯދަން އެދިއްޖެނަމަ އެކަމަށް އެއްބާރުލުން ދިނުމަށް އަންގާފައިވެއެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ބިލެތްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރުމަށް 30 ވަޒީފާ ދީފައިވެއެވެ. އަދި އެއިން އެއްވެސް މީހެއް މިހާތަނަށް އައި އިރުވެސް ދާއިމީކޮށްފައިނުވެއެވެ. އަދި ދެވަނަ ފަހަރަށް އެމީހުންގެ ވަޒީފާގެ ކޮންޓްރެކްޓު ވަނީ އައުކޮށްފައެވެ.

މީގެ އިތުރުން ބައި އިލެކްޝަން ކާމިޔާބުކުރުމަށް އަނެއްކާވެސް ވަނީ އިތުރަށް ވަޒީފާތަކެއް ދިނުމަށް ނިންމާފައެވެ.

މީގެ އިތުރުން މަޖިލިސް އިންތިހާބާއި ދިމާކޮށް ވަޒީފާދޭން ބުނި ގިނަބަޔަކަށް ވަޒީފާ ނުދީ ހުރިކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ. އަދި ޕީއެންސީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓް ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ފޯނުން ގުޅައި އޭނާއަށް ތާއިދުނުކުރާނަމަ ވަޒީފާއިން ވަކިކުރާނެކަމަށް އަންގަމުންދާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.