ދިމްޔާތު އަޅާފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލު ހެދުމުގެ ނަމުގައި ގެނައި ދައުލަތުގެ މުދަލުން ކަން ދިޔަވަރު ނޫހަށް އެނގިއްޖެއެވެ. އަދި އެކަމަށް ބޭނުންވާ މުދާ ގެނެސްފައިވަނީ ދަރުމަވަންތަ ކޮންސައިނީގައި ޑިޔުޓީ ފުރީކޮށް ކަށް ވެސް އެމްޕީއެލްއިން ލިބިފައިވާ ޑޮކިޔުމެންޓްތަކުން ދިޔަވަރު ނޫހަށް ވަނީ ސާފުވެފައެވެ. އެންމެ ގިނަވެގެން 40 މިލިއަން ޑޮލަރަށް އެޅޭ ހޮސްޕިޓަލެއް 143 މިލިއަން ޑޮލަރު ދީގެން އަޅަން ޖެހުނު ސަބަބު ތެރޭގައި ދިމްޔާތަށް ވާވަރަށް މުދާ ގެނައުމަށް ބީއޯކިޔު ދަރުމަވަންތައިގެ ބީއޯކިއުގެ އަގު ބޮޑު ކުރުން ހިމެނެއެވެ.
ދިމްޔާތު އެޅުމަށް ދަރުމަވަންތަ ހޮސްޕިޓަލު ހެދުމުގެ ނަމުގައި މުދާ ގެނެސްފައިވާ ކަށް، ކަސްޓަމަށާއި، އެމްޕީއެލްއަށް އޭރު އެނގި މި މައްސަލަ އެ ދެތަނުން އޭރު ބެލިއެވެ. އަދި މުދާ ގެނެސްފައިވާ ސައިޓަށް ގޮސް، އެ މުދާ ބޭރު ކުރުމާއި ހަވާލުވެ ތިބި، ޗައިނާ ބައެއް ކައިރީ މިއީ ކޮން ޕްރޮޖެކްޓެއްގެ މުދާތޯ އެހުމުން، މިއީ ދަރުމަވަންތަ އާއި ދިމްޔާތުގެ މުދާ ކަމުގައި ޗައިނާގެ މަސައްކަތު މީހުން ބުނެފައިވާ ކަމަށް، ކަސްޓަމްސް އާއި އެމްޕީއެލްގެ ރިކޯޑްތަކުގައި މިހާރުވެސް ލިޔެ ކިޔުމުން އެބަ ހުއްޓެވެ. ޗައިނާގެ މަސައްކަތު މީހުންނަށް ދިމްޔާތަކީ ސަރުކާރު ޕްރޮޖެކްޓެއް ކަމެއް، ނޫން ކަމެއް ވެސް ނޭނގޭ ކަމަށް އެމްޕީއެލްއިން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ. ނަމަވެސް މުއިއްޒު ވަނީ ވަގުތުން މި މައްސަލަ އޭނާގެ ބާރާއި، ނުފޫޒު ބޭނުންކޮށްގެން ހިންދާ ލާފައެވެ.
ނަމަވެވެސް، މި މައްސަލަ ރައީސް ޔާމީނާއި ހަމައަށް ދިޔަ ކަމަށާއި، މިކަމާއި ގުޅިގެން ޔާމީން މުއިއްޒާއި މެދު ހިތްހަމަ ނުޖެހިގެން މައްސަލަ ޖެހުނު ކަމަށް ވެއެވެ. ނަމަވެސް އޭރު މުއިއްޒު ވަނީ ޑިޔުޓީ ފްރީކޮށް ދިމްޔާތު އެޅުމަށް، ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނީގެ ފައިސާގައި ގެންނަން ބޭނުންވާހާ މުދަލެއް ގެނެސް ނިންމާފައެވެ.