ޚަބަރު

މުއިއްޒު މީޑިއާތަކާ ބައްދަލު ނުކުރާތާ 6 މަސް! ވައްކަމާއި ރިޝްވަތު އާންމުވެ, ޚަރަދު ކުޑަ ކުރާނެކަމަށް ވިދާޅުވެ ދޮގު ހެއްދެވުމަށްފަހު, މާލިއްޔަތުން ކުރާ ބޮޑެތި އިސްރާފުތަކަށް މުއިއްޒުއަށް ޖަވާބުދާރީއެއް ނުވެވެވޭ!

ދިޔަވަރު
މުއިއްޒު މީޑިއާތަކާ ބައްދަލު ނުކުރާތާ 6 މަސް! ވައްކަމާއި ރިޝްވަތު އާންމުވެ, ޚަރަދު ކުޑަ ކުރާނެކަމަށް ވިދާޅުވެ ދޮގު ހެއްދެވުމަށްފަހު, މާލިއްޔަތުން ކުރާ ބޮޑެތި އިސްރާފުތަކަށް މުއިއްޒުއަށް ޖަވާބުދާރީއެއް ނުވެވެވޭ!

ވެރިކަމަށް ވަޑައިގެންނެވިތާ 8 މަސް ފާއިތުވެގެން ގޮސްފައިވާއިރު, މުއިއްޒު މީޑިއާތަކާ ބައްދަލު ނުކުރާތާ 6 މަސްދުވަސް ފާއިތުވެގެން ހިގައްޖެއެވެ.

މިއީ ރާއްޖޭގެ ރައީސަކު މީޑިއާތަކާއި ބައްދަލުނުކޮށް, މައުލޫމާތު ހާމަނުކޮށް, މީޑިއާތަކަށް ފިއްލަވައިގެން އުޅުއްވާފައިވާ އެންމެ ދިގު މުއްދަތެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް މީޑިއާތަކާއި ބައްދަލު ނުކުރައްވާ ސަބަބެއް އެނގިފައެއް ނުވެއެވެ. އަދި މީޑިއާތަކާއި ބައްދަލު ކުރެވުމަށް ވަކި ދުވަހެއް އަދި ހަމަޖައްސާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު އެންމެ ފަހުން މީޑިއާތަކާއި ބައްދަލު ކޮށްފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން, ފާއިތުވި ޖެނުއަރީމަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ އެއަރޕޯޓުގައެވެ.

މުއިއްޒު މީޑިއާތަކާއި ބައްދަލު ކޮށްފައި ނުވާރުއިރު, މިސަރުކާރުގެ ކޮރަޕްޝަންވަނީ އިންތިހާއަށް މަތިވެގެން ގޮސްފައެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން, މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާއި ޕްރޮމޯޝަންއާއި, އެހެނިހެން އިނާޔަތްތައްވެސް ހިފަހައްޓާފައިވިނަމަވެސް, މިސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ. އަދި މި ސަރުކާރުގެ އިސް އޮފިޝަލުން ފަސްޓު ކުލާހުގައި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް މަދު ކޮށްފައެއް ނުވެއެވެ.

އަދި މި ސަރުކަރުންވަނީ ސިޔާސީ މަގާމްތަކުގެ އަދަދު ސިއްރު ކޮށްފައެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މުއިއްޒު ވިދާޅުވެފައިވަނީ, ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށާއި, ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގައެވެ.

މުއިއްޒު ފާހަގަ ވެފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި ވާހަތަކާއި އަމަލާ ދިމާނުވާ, މުޡުލަގަށް ދޮގު ހައްދަވާ ބޭފުޅެއްގެ ގޮތުގައެވެ.