ރާއްޖެ ބަނގުރޫޓު ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނީ، އިނގިރޭސިން ވާހަކަ ދައްކަން ނުދަންނަ، ފައިނޭންޝިއަލް ރިޕޯޓެއް ބަލަން ނޭނގޭ، ނުކިޔަވާ ހުރި އަދުރޭގެ ދަރިއެވެ. އޭނާއަށް މަޤާމު ލިބިފައި ވަނީ އޭނާގެ ބައްޕަ މުއިއްޒަށް ވެރިކަން ހޯދުމަށް، ޕީޕީއެމް އަށާއި، ރައީސް ޔާމީނަށް ވި ހިޔާނާތުގެ ބަދަލުގައެވެ.
ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ދަރަނި ދެއްކުމަށް ބޭނުންވާ ފައިސާ ގެންނާނެ ކަމަށް ހަރުއަޑުން އަދުރޭގެ ދަރި އިބްރާހިމް ފައިސަލް ބުނެފައި ވަނީ ރޭގައި ބޭއްވި ޕީއެންސީ ޖަލްސާގައެވެ. މަދު ބަޔަކު ދިޔަ މި ޖަލްސާ ގައި އޭނާ މިހެން ހާމަ ކުރި އިރު، ރާއްޖޭގެ މާލީ ހާލަތު ކަންބޮޑުވާ ދަރަޖައަކަށް ދަށަށް ދިޔުމާ ގުޅިގެން، މާލީ އިދާރާތަކުން ވަނީ ހަރަދު ކުޑަ ނުކޮށްފިނަމަ ރާއްޖެ ދަރަނިވެރިވާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިއާއެކު ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެ ދޮގު ހަދާފައެވެ.
"ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީމަ ނިކުމެ މިއަދު އެ ވިދާޅުވާ މޮޅު އިކޮނޮމިސްޓް މި ވިދާޅުވަނީ މި ގައުމު ބަނގުރޫޓުވަނީއޭ. ނޫން. މި ގައުމު ބަނގުރޫޓެއް ވެސް ނުވާނެ،" ނޭވާ ނުލެވޭ ވަރަށް ކަރުގޮށް އަޅުވައިގެން ހުރެ، ރޭގެ ޖަލްސާއަށް އަރާހުރެ، އޭނާ ގޮވަމުން ދިޔައެވެ.
ތަންދޮރު ނުދަންނަ މީހަކު ހަޅޭކެއް ލަވައިގެން ރާއްޖޭގެ ފައިނޭންޝިއަލް ހާލަތު ރަނގަޅުވާނެ ނަމަ ރޭގައި އޮންނާނީ ގަތަރަށް ވުރެ ބޮޑަށް ރޭގައި ރާއްޖެ ތަރައްޤީވެފައެވެ.
ނަމަވެސް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ވަނީ ދަކޮށްފަ އެވެ.
ފާއިތުވި ދެ އަހަރު ރާއްޖޭގެ ރޭޓިންއެއްގެ ގޮތުގައި ފިޗުން ކަނޑައެޅީ "ބީ ނެގެޓިވް" އެވެ. މި އަހަރުގެ ރޭޓިންއާއެކު ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ބޭރުގެ މާލީ އިދާރާތަކުން ދިން ލަފަޔާއެކު ހަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން ނާޅާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ސަރުކާރުން ސިޔާސީ މަގާމުތައް މީހުން އައްޔަނުކޮށް، ދަށް ވަޒީފާގައި ތިބި މީހުންގެ ވަކިކުރާތީ ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖެ ބަނގުރޫޓުވިއަސް ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށްގެން ލިބިފައިވާ ތަނަވަސް ކަމުން އަބްދުއްރަހީމާއި އޭނާގެ އާއިލާ ތަނަވަސް ކަމާއި އެކު ކުރިއަށް އޮތް 50 ވަރަކަށް އަހަރު އަދި އުޅެލެވޭނެއެވެ.