9 މިލިއަން ރުފިޔާއަށް، މުއިއްޒުގެ ކޮއްކޮ ސައުދާ ހުޅުމާލެއިން ބިމެއް ގަނެފިއެވެ. މިކަން ދިޔަވަރު ނޫހަށް ވަނީ މުއުތަބަރު ފަރާތަކުން ޔަގީން ކޮށްދީފައެވެ. 9 މިލިއަން ރުފިޔާއަށް ސައުދާ ގަތް ގޯއްޗަކީ ހުޅުމާލޭގެ ބީޗް ފްރޮންޓުން އެޗްޑީސީ އެމްޑީ ފަޒުލްގެ އަންހެނުންނަށް އުސޫލާއި ޚިލާފަށް ދީފައިވާ ގޯއްޗާއި އިން ވެގެން އޮތް ބިމެވެ.
9 މިލިއަން ރުފިޔާއަށް ސައުދާ ބިމެއް ގަނެފައިވާއިރު، ދުވާލުގެ 2 ތަނަކަށް ވަޒީފާއަށް ގޮސް، ދެއިރު ނުކައި ހުރެގެން، ލިބުނު ހުރިހާ އާމްދަނީއެއް މުޅިއުމުރު ރައްކާ ކުރިއަސް 9 މިލިއަން ރުފިޔާ ލިބޭނެ ފަރާތެއް ނޫނެއެވެ. މިއީ ސީދާ ދައުލަތުން މުއިއްޒު ކޮށްފައިވާ ވައްކަމުން ހޯދާފައިވާ ފައިސާއެވެ. ނަމަވެސް މިކަންކަން ބަލާނެ ދައުލަތުގެ އެއްވެސް އިދާރާއެއް ނެތުމުން، ވައްކަން ކުރަން މުއިއްޒު ނުހުޅުވާ ދޮރެއް މިއަދު ސަރުކާރުގައި ނެތެވެ.
އެމްއެމްއޭއާޢި، ބޭރުގެ ފައިނޭންޝިއަލް އިންސްޓިޓިއުޝަން ތަކުން ދައްކަނީ ރާއްޖޭގެ އިޤްތިޞާދު ބޮޑުތަނުން ގޯސްވެފައިވާ މަންޒަރެވެ. ރާއްޖެ ބަނގުރޫޓުވަމުން ދާ މި ދަނޑިވަޅުގައި، މުއިއްޒު އާއި އޭނާގެ އާއިލާގެ މުއްސަނދިކަން އެތައް ގުނައަކަށް ވަނީ ނަހަމަ ގޮތުގައި އިތުރު ކޮށްފައެވެ.
9 މިލިއަން ރުފިޔާ އަށް ބިމެއް ގަންނަން ކެރޭ އިރު، އަތުގައި ކިތައް 9 މިލިއަން ރުފިޔާއެއް ހުންނާނެތޯއެވެ.